Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހެރިޓޭޖް މިނިސްޓްރީ

ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު

ސުވާލަށް ޖަވާބު ދެއްވުމުގައި އިހުމާލުތަކެއް އެބަހުރި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 އެޕްރީލު 2025 | ބުދަ 08:34
ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ

ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ

ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފުނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރައްޔިތުން މަޖިލީހުގައި މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރާ ވަނީ މެންބަރުން ސުވާލު ކުރައްވާފައެވެ. މިނިސްޓަރު ނަސީރާ ކުރެއްވި ބައެއް ސުވާލުތަކާ ދެއްވި ޖަވާބުތަކަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ސުވާލަށް ޖަވާބު ދެއްވުމުގައި އިހުމާލުތަކެއް އެބަހުރި ކަމަށާއި، އެމިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަށް ފަހުމްނުވާ ކަމަށެވެ.

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ މެންބަރުން ވެސް ޒިންމާދާރު ކަމާއެކު ސުވާލުކުރަންޖެހޭ ކަމަށާއި ޒިންމާާދާރު ކަމާއެކު ސުވާލު ކޮށްފިނަމަ، އެ ސުވާލަށް ސީދާ ޖަވާބު ދޭން މިނިސްޓަރަށް މަޖުބޫރުވާނެ ކަމަށެވެ.

މިއަދު ވެސް ވަޒީރަކު ވަޑައިގެންނެވި. ދިވެހިބަހުން ވާހަކަ ދެއްކިއިރު ވެސް އަޅުގަނޑަށް ފަހުމެއް ނުވި އެ މިނިސްޓްރީން ކުރެވެނީ ކޮންކަމެއްތޯ. އެހެންވީމަ މިދެންނަވަނީ އެ ޒިންމާ އަދާކުރަން މިތިބެނީ. އަޅުގަނޑުމެންނަށް ވަޒީރަށް ރީތިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ރީތިވާ ގޮތަށް މި މަޖިލިސް މެންބަރުން ސުވާލުކުރީމަ ދެން ވަޒީރު އަނެއްކާ ނުލާހިކު ދިވެހި ބަހުން ވާހަކަ ދައްކަވާ ބޭފުޅެއް. އެހެންނަމަވެސް ސުވާލުތަކަށް ޖަވާބު ދިނުމުގައި އެބަހުރި އިހުމާލުވުންތަކެއް. އެ ޖަވާބު ނުދެވެނީ އަޅުގަނޑުމެން އެ ޒިންމާ އަދާނުކުރާތީ. ޒިންމާާދާރު ސުވާލު ކޮށްފިއްޔާ އެއަށް ޖަވާބު ދޭން ވަޒީރަށް މަޖުބޫރުވާނެ.
ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު

ބުދަ ދުވަހުގެ ރައްޔިތުން މަޖިލީހުގައި، މިނިސްޓަރާއި ވަނީ މާލޭގެ ހުކުރު މިސްކިތާއި، ކަޅުވަކަރު މިސްކިތާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ފުރަތަމަ ސުވާލަކީ މާލެ ހުކުރު މިސްކިތް އާބާތުރަ ފިލުވައި ގިނަ ދުވަހަށް ރައްކާތެރިކުރުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް މި ސަރުކާރުން އައުމާއިއެކު ހުއްޓިފައިވުމާއި، މިސްކިތުގެ އަސްލަށް ބަދަލު އަންނަ ގޮތަށް އެތެރޭގައި ތަނބުތަކެއް ޖަހާފައިވުމާއި، މިސްކިތް މިހާރު ހުރީ ނުރައްކާތެރި ހާލަތެއްގައިކަމަށްވާއިރު، މި ދެންނެވި ކަންކަމަށް ހައްލެއް ލިބޭގޮތަށް މިސްކިތުގެ މަސައްކަތް އަލުން ފަށައި ނިންމޭނީ ކޮން އިރަކުންތޯއެވެ.

މިސުވާލާ ގުޅިގެން މިނިސްޓަރު އާދަމް ނަސީރު ވަނީ މިދިޔަ ސަރުކާރުގައި މާލޭގެ ހުކުރު މިސްކިތް މަރާމާތު ކުރުމަށް ކަންތައް ކޮށްފައިވާ ގޮތުން އެ މިސްކިތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް ތުހުމަތު ކުރައްވާފައެވެ.

ދެވަނަ އަށް ކުރެއްވި ސުވާލަކީ ކަޅުވަކަރު މިސްކިތް ރާވައި އެ ސަރަހައްދު ޕާކެއްގެ ގޮތުގައި ތަރައްގީކުރުމަށް 6 މަސް ދުވަސް ހޭދަވެފައިވީ ނަމަވެސް އެ ސަރަހައްދަށް ކަޅުއޮށްފުންމީގެ ނަމޫނާ ގެނެސް މިސްކިތާއި ޕާކުގެ މަރާމާތެއް ކުރަނީކަމަށް ބުނެ އެ ސަރަހައްދު ބަންދުކޮށްފައި އޮންނަތާ 1 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ އަދި ކަޅުއޮށްފުންމީގެ ނަމޫނާއަކީ އަސްލު މިންތަކާ އެއްގޮތަށް ބަނދެވިފައިވާ އުުޅަނދެއްކަން ރަސްމީކޮށް އަންގައިދެއްވާފައި ނުވާތީ އެ މައުލޫމާތު ހާމަކުރުމާއެކު އެ ޕާކާއި މިސްކިތް ހުޅުވޭނީ ކޮން ތާރީޚެއްގައިތޯ އެވެ.

ޖަވާބުގައި މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ ކަޅުވަކަރު މިސްކިތް ހުންނަ ސަރަހައްދުގައި ކުރިޔަށް ގެންދަނީ ޕާކެއް މަރާމާތް ކުރުމުގެ މަސައްކަތް ނޫން ކަމަށާއި އެ ސަރަހައްދުގައި ކުރިޔަށް ދަނީ ޒަމާނީ ޑިޖިޓަލައިޒްޑް މިއުޒިޔަމެއް ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެތަނުގައި ޑިޖިޓަލް މިއުޒިޔަމެއް ގާއިމުކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާ ކަމަށް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވިއެވެ.

ހުސެއިން ޒިޔާދުހެރިޓޭޖް މިނިސްޓްރީރައްޔިތުންގެ މަޖިލިސްއާދަމް ނަސީރު އިބްރާހިމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު