Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޅެމުން ފަރުވާ ދިނުން

ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި

30 އެޕްރީލު 2025 | ބުދަ 08:07

ނަފުސާނީ ދާއިރާ އިން ދެ އިދާރާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 30 އެޕްރީލު 2025 | ބުދަ 08:07
ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފިއެވެ.

ބުދަ ދުވަހު ފުލުހުން ބުނީ ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ ވުޒާރާއާއެކު ވިކްޓިމް ސަޕޯޓް ޑިޕާޓުމަންޓުގެ ފަރާތުން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި އެޕްރީލް މަހުގެ 29 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު އާއި އެ ވުޒާރާގެ އިސް ބައެއް ވެރިންނާއި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނައީމް އަދި ޑިޕާޓްމަންޓުގެ ކަމާ ގުޅުންހުރި މުވައްޒަފުން ބައިވެރިވެލެއްވި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ބައްދަލުވުމުގައި ނަފުސާނީ ދާއިރާ އިން ދެ އިދާރާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި، ރައްޔިތުންނާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ޕޮއެޓްރީ ބޭނުންކޮށްގެން ނަފުސާނީ ބައްޔަށް ފަރުވާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ދެ އިދާރާ ގުޅިގެން އެކިކަހަލަ ދިރާސާތައް ހެދުމުގައި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުންކުރާ މަސައްކަތްތަކުގައި އެއްބާރުލުން ލިބޭނެ ކަމަށް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ގާތުން އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށް އެކި އިދާރާތަކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެއް ކަމަށް ފުލުހުން ބުނެއެވެ.

ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުނަފުސާނީ ފަރުވާޕޮއެޓްރީ ބޭނުންކުރުންހެރިޓޭޖް މިނިސްޓްރީއާދަމް ނަސީރު އިބްރާހިމް ގައުމިއްޔަތު މިނިސްޓްރީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
20 އޮކްޓޯބަރު 2025

ދާރުލް އާސާރުން އުކާލި ކުނި: މިނިސްޓަރު ވިދާޅުވަނީ ކުނި ނައްތާލީ މާލިއްޔަތު ޤާނޫނާއި އެއްގޮތަށް ކަމަށް

20 އޮކްޓޯބަރު 2025
ދާރުލް އާސާރުން އުކާލި ކުނި: މިނިސްޓަރު ވިދާޅުވަނީ ކުނި ނައްތާލީ މާލިއްޔަތު ޤާނޫނާއި އެއްގޮތަށް ކަމަށް
20 އޮކްޓޯބަރު 2025

ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު

20 އޮކްޓޯބަރު 2025
ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު
12 ޖުލައި 2025

އަހަރުތަކެއް ފަހުން ޒަމާނީ އިސްލާމީ ކުތުބުޚާނާ ހުޅުވައިފި

12 ޖުލައި 2025
އަހަރުތަކެއް ފަހުން ޒަމާނީ އިސްލާމީ ކުތުބުޚާނާ ހުޅުވައިފި
01 މެއި 2025

އާސާރީ ބިނާތައް ދަނީ ވީރާނާވަމުން، ޕްރެޒެންޓޭޝަނަކުން ގައުމިއްޔަތު ދިރުވައި އާލާ ނުކުރެވޭނެ: ޔުމްނާ

01 މެއި 2025
އާސާރީ ބިނާތައް ދަނީ ވީރާނާވަމުން، ޕްރެޒެންޓޭޝަނަކުން ގައުމިއްޔަތު ދިރުވައި އާލާ ނުކުރެވޭނެ: ޔުމްނާ
16 އެޕްރީލު 2025

ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު

16 އެޕްރީލު 2025
ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު
02 އޮކްޓޯބަރު 2024

ޤައުމިއްޔަތު މިނިސްޓްރީގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައީސާ ބައްދަލު ކުރަން އެ މުވައްޒަފުން އެދިއްޖެ، ނަމަވެސް އަދި ޖަވާބެއް ނެތް

02 އޮކްޓޯބަރު 2024
ޤައުމިއްޔަތު މިނިސްޓްރީގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައީސާ ބައްދަލު ކުރަން އެ މުވައްޒަފުން އެދިއްޖެ، ނަމަވެސް އަދި ޖަވާބެއް ނެތް
01 އޮކްޓޯބަރު 2024

ގައުމިއްޔަތަކީ ތަރައްގީގެ މަސައްކަތް ނުހިނގާތީ އެ ވާހަކަ 'އޮއްބާލަން' މި ސަރުކާރުން އަޑުގަދަކޮށް ދައްކާ ވާހަކައެއް - ތޯރިގު

01 އޮކްޓޯބަރު 2024
ގައުމިއްޔަތަކީ ތަރައްގީގެ މަސައްކަތް ނުހިނގާތީ އެ ވާހަކަ 'އޮއްބާލަން' މި ސަރުކާރުން އަޑުގަދަކޮށް ދައްކާ ވާހަކައެއް - ތޯރިގު
25 ޖުލައި 2024

މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގެ މަތިން ގައުމިއްޔަތު މިނިސްޓްރީ ހަނދާން ނެތިއްޖެ

25 ޖުލައި 2024
މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގެ މަތިން ގައުމިއްޔަތު މިނިސްޓްރީ ހަނދާން ނެތިއްޖެ
25 އެޕްރީލު 2024

އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރަނީ ތިން ރަށެއްގައި، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

25 އެޕްރީލު 2024
އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރަނީ ތިން ރަށެއްގައި، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް