Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮލިމްޕަހުގެ ޚިދުމަތް ދިނުން

އެންމެ ލަސްވެގެން ޖުލައި މަހުގެ ކުރީކޮޅު އޮލިމްޕަހުގެ ޚިދުމަތް ދޭންފަށާނެ

އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށާފައިވަނީ 2021 ޖުލައި 6 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 އެޕްރީލު 2022 | ބުރާސްފަތި 09:55
އޮލިމްޕަސް- އޮލިމްޕަހުގެ ހޯލާއި ހޯލުގައި ހުރި ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް ވަނީ 2022 މާރިޗް 8ގައި ފެށިފައި

އޮލިމްޕަސް- އޮލިމްޕަހުގެ ހޯލާއި ހޯލުގައި ހުރި ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް ވަނީ 2022 މާރިޗް 8ގައި ފެށިފައި

އެންމެ ލަސްވެގެން ޖުލައި މަހުގެ ކުރީކޮޅު އޮލިމްޕަހުގެ ޚިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުންދާކަމަށް, ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސެންޓަރ ފޯރ ދި އާރްޓްސްއިން ބުނެފިއެވެ.

ކޮވިޑް19އާ ގުޅިގެން އޮލިމްޕަސް ބަންދުކުރުމަށްފަހު، މަސައްކަތް ފަށަން ފުރުސަތު ލިބުމާއެކު އޮލިމްޕަހުގެ ހޯލާއި އެ އިމާރާތް މަރާމާތުކޮށް، އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2021 ޖުލައި 6 ވަނަ ދުވަހުއެވެ. ބުރާސްފަތި ދުވަހު މިނިސްޓްރީން ވަނީ އޮލިމްޕަސް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތާއި، އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި އޮލިމްޕަހުގެ ޓެރަހުން އިމާރާތުގެ ތެރެއަށް ފެން ލީކުވުން ހުއްޓުވުމަށްޓަކައި ޓެރަސް މަރާމާތުކޮށް، އޮލިމްޕަހުގެ އެކި ހިސާބުތަކުގެ ޝީޓު ކަނޑައިގެންދިއުމާއި، ރެނދުލުމުގެ ސަބަބުން, ކޮންކްރީޓަށާއި ފާރުތަކަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރެވިފައިވާކަމަށް, ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސްއިން ވަނީ ބުނެފައެވެ.

އޮލިމްޕަހުގައި އާންމުން ބޭނުންކުރުމަށް ކުރިން ހުރި ފާޚާނާތަކަކީ އެކަށޭނަ ތަންތަނަށް ނުވާތީ، އަންހެނުންނާއި ފިރިހެނުންނަށް، އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކިން ފާޚާނާބަރިއެއް ވަނީ އިމާރާތްކުރެވިފައެވެ. ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އޮލިމްޕަހުގެ ޚިދުމަތް ހޯދުމަށް ފަހިކުރުމުގެގޮތުން, އޮލިމްޕަހުގެ ހޯލަށާއި ގޯތިތެރެއަށް ފުރޮޅުލީ ގޮނޑީގައި ވަދެނުކުމެވޭނެ ގޮތަށް، އިމާރާތުގެ އެތެރޭގައި މިހާރު ވަނީ ރޭމްޕް އެކްސެސް ގާއިމްކުރެވިފައެވެ.

އޮލިމްޕަހުގައި ޓިކެޓު ވިއްކުމުގެ ނިޒާމު ޒަމާނާ އެއްގޮތަށް ހަރުދަނާ ކުރުމަށް، އައު ޓިކެޓު ކައުންޓަރެއް ގާއިމްކޮށް, އެކަމާގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންކަން ދަނީ ކުރަމުންނެވެ. ހަމަ މިއާއެކު އޮލިމްޕަހުގެ ތެރޭގައި ފިލްމުތަކުގެ ޓްރެއިލަރ ދެއްކުމަށާއި، ފިލްމު ޝެޑިއުލް އަދި އެހެނިހެން މައުލޫމާތާއި އިޝްތިހާރު ދެއްކުމަށް ސްކްރީންތަކެއް ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

އޮލިމްޕަސް މަރާމާތުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މައިގަނޑު މަސައްކަތްތައް ނިމުމާގުޅިގެން, 2021 ނޮވެމްބަރ 19 ވަނަ ދުވަހުގެރޭ ދާއިރާގެ ފަންނުވެރިންނާއިއެކު މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މުހައްމަދު ތޯރިގު އޮލިމްޕަހުގައި ބޭއްވެވި ބައްދަލުވުމެއްގައި، އެ މަސައްކަތާއި ގުޅޭ މައުލޫމާތު ފަންނުވެރިންނާއި ހިއްސާކުރައްވައި، ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާފައިވާކަމަށް އެ ސެންޓަރުން ބުނެއެވެ.

އިންޑިއާ ސަރުކާރުގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް"ގެ ގްރާންޓުގެ ދަށުން, އޮލިމްޕަސް ހޯލާއި ހޯލުގައި ހުރި ވަސީލަތްތައް ތަރައްގީކުރުމުގެ ފުރުސަތު އޭރު ލިބިފައި އޮތުމުން، ފަންނުވެރިންގެ ލަފައާއެކު އޭރު ނިންމާފައިވަނީ މި ގްރާންޓްގެ އެހީގައި އޮލިމްޕަސް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހި ކުރިއަށްގެންގޮސް، މަސައްކަތްތައް އެއްކޮށް ނިމުމުން އޮލިމްޕަސް ހުޅުވުމަށެވެ.

އެ ސެންޓަރުން ބުނާ ގޮތުގައި މި އަހަރު ގްރާންޓްގެ ކަންކަން ހަމަޖެހި، މަސައްކަތް ފެށޭވަރުވުމާއެކު, މިހާރު ހޯލާއި ހޯލުގައި ހުރި ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް ވަނީ 2022 މާރިޗް 8ގައި ފެށިފައެވެ. މި ފިޔަވަހީގައި އޮލިމްޕަހުގައި ފިލްމު ދެއްކުމަށް ޒަމާނީ ފެންވަރުގެ ޕްރޮޖެކްޓަރެއް ގާއިމްކޮށް، އައު ސްކްރީނެއް ބަހައްޓައި، ހޯލުގެ އެކޯސްޓިކް ޓްރީޓްމަންޓް ހަދައި، ޒަމާނީ ސައުންޑް އަދި ލައިޓިންގ ގާއިމުކުރުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ.

މި މަސައްކަތަށް ބޭނުންވާ ގިނަ ތަކެއްޗަކީ ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެއްޗަށް ވުމާއެކު, ވަގުތު ނެގިނަމަވެސް، ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ،

އެން.ސީ.އޭގެ އަމާޒަކީ އޮލިމްޕަސް ތަރައްގީކުރުމުގެ މަސައްކަތް ނިންމައި، ފަންނާނުން ހިތްހަމަޖެހޭފަދަ ޚިދުމަތްތަކަކާއެކު މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅު, ނުވަތަ އެންމެ ލަސްވެގެން ޖުލައި މަހުގެ ކުރީކޮޅު އޮލިމްޕަހުގެ ޚިދުމަތް ދޭން ފެށުންކަމަށް ސެންޓަރުން ވަނީ ފާހަގަކޮށްފައެވެ.

އޮލިމްޕަސްހެރިޓޭޖް މިނިސްޓްރީނެޝެނަލް ސެންޓަރ ފޮ ދި އާޓްސް

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
20 އޮކްޓޯބަރު 2025

ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު

20 އޮކްޓޯބަރު 2025
ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު
10 ސެޕްޓެމްބަރު 2025

މި ހަފްތާ ބަންދުތެރޭ ހުރިހާ އަތޮޅެއްގައި "ކަނބުލޮ" ގެ 56 ޝޯ ސްކްރީން ކުރަނީ!

10 ސެޕްޓެމްބަރު 2025
މި ހަފްތާ ބަންދުތެރޭ ހުރިހާ އަތޮޅެއްގައި "ކަނބުލޮ" ގެ 56 ޝޯ ސްކްރީން ކުރަނީ!
30 އެޕްރީލު 2025

ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި

30 އެޕްރީލު 2025
ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި
16 އެޕްރީލު 2025

ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު

16 އެޕްރީލު 2025
ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު