Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަޚްލޫފުގެ ސަސްޕެންޝަން

މަޚްލޫފް ނެތުމުން ކުޅިވަރު އާއިލާއަށް ފަޅުކަން

26 އޯގަސްޓު 2021 | ބުރާސްފަތި 13:00

ކުޅިވަރުގެ ތަރައްގީއަށް މަޚްލޫފް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށްލެވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 26 އޯގަސްޓު 2021 | ބުރާސްފަތި 13:00
އައިއޯއައިޖީގައި ރާއްޖޭގެ އެތުލީޓުންނަށް ތަރުހީބުދިނުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް

އައިއޯއައިޖީގައި ރާއްޖޭގެ އެތުލީޓުންނަށް ތަރުހީބުދިނުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް

މި ސަރުކާރުގެ އެންމެ ހިންގުންތެރި ވަޒީރަކީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓުގެ ވަޒީރުކަމަށް މަޚްލޫފް އައްޔަނުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މަޚްލޫފުގެ މަސައްކަތްތަކާ މެދު ދެބަސްވެވެން ނެތްކަން ކަށަވަރެވެ. އެކަން އެންމެ ބޮޑަށް ފާހަގަކުރަނީ ކުޅިވަރު އާއިލާއިންނެވެ. ކުޅިވަރުގެ ތަރައްގީއަށް މި ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މަޚްލޫފް ކޮށްދެއްވި ޚިދުމަތްތަކަކީ އަގުވަޒަން ކުރެވޭނެ ޚިދުމަތްތަކެއް ނޫނެވެ.

އެހެންނަމަވެސް ކުޅިވަރާ ބެހޭ ވުޒާރާގެ ހިންގުމާ މަޚްލޫފް މިއަދު ދުރުގައި ހުންނަން ޖެހިފައިވާއިރު، ކުޅިވަރު އާއިލާއިން މަޚްލޫފް ނެތްކަމުގެ ފަޅުކަން އިހުސާސްކުރަން މިއަދު ވަނީ ޖެހިފައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ރަނޭޝް ވިދާޅުވީ މަޚްލޫފުގެ ވަޒީރުކަމުގައި ވޮލީބޯޅަ އާއިލާއަށް އުފާވެރިކަން ގެނަސްދީފައިވާ ކަމަށާއި، އެގޮތުން ބައިނަލްއަގުވާމީ ވޮލީބޯޅަ ކޯޓެއް އަޅައިދިނުމަށް މަޚްލޫފް ނިންމެވި ކަމަށެވެ. އަދި ވިދާޅުވީ ވޮލީބޯޅަ ކުޅޭތަނެއް މިވަގުތު ނެތްކަމުގައިވީ ނަމަވެސް އުއްމީދު ގެއްލުވާ ނުލައްވާނެ ކަމަށާއި، ވަޒީރާއެކު އިތުރު މަސައްކަތްތަކެއްކޮށް، ވޮލީގެ ކުރިމަގު އުޖާލާ ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ރަނޭ ވިދާޅުވީ މަޚްލޫފަކީ ޖެހިލުންކުޑަ ކެރޭ ބޭފުޅެއް ކަމަށެވެ. އަދި މަޚްލޫފް ވަޒީރުކަމާ ހަވާލުވުމުން އެކަމާ އުފާކުރި ކަމަށާއި، މަޚްލޫފަކީ ނަތީޖާ ނެރޭނެ ވަޒީރެއްކަން އެނގުނު ކަމަށެވެ. އަދި މަޚްލޫފަކީ ކުޅިވަރަށް ލިބުނު ވެކްސިނެއް ކަމަށާއި، މަޚްލޫފް ބަދަލިކޮށްލެވޭނެ ފެންވަރުގެ ވަޒީރަކު ފެންނަން ނެތް ކަމަށްވެސް ރަނޭ ވިދާޅުވިއެވެ.

ރަނޭގެ އިތުރުން މަޚްލޫފް ނެތުމުން އެކަމުގެ ފަޅުކަން ކުޅިވަރަށް ކުރަމުން އަންނަ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސުޒޭން ބުނީ މަޚްލޫފުގެ ވާހަކައަކީ ސިޔާސީ ވާހަކައެއް ކަމަށާއި، އެކަމަކު މިއީ ދައްކަން ޖެހޭ ވާހަކައެއް ކަމަށެވެ. ސުޒޭން ބުނީ ކުޅިވަރަށް ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވަމުން އަންނަނިކޮށް މަޚްލޫފް ދެވަނަ ފަހަރަކަށް ގޭގައި މަޑުކުރަން ޖެހުމަކީ މުޅި ކުޅިވަރު އާއިލާ އެކަމާ ހިތާމަކުރަން ޖެހުނު ކަމެއް ކަމުގައެވެ.

ސުޒޭން ބުނީ ރާއްޖޭގެ ކުޅިވަރުގެ ހަޔާތުގައި މަޚްލޫފަކީ ކުޅިވަރުގެ އިންފްރާސްޓްރަކްޗާއަށް އެންމެ ބޮޑު ބަދަލެއް ގެނަސްދިން ވަޒީރު ކަމަށެވެ. އަދި އެފަދަ ވަޒީރަކު މަގާމުން ދުރުކޮށްފައި ބެހެއްޓުމަކީ މުޅި ކުޅިވަރަށް ލިބުނު ދެރައެއް ކަމަށްވެސް ސުޒޭން ބުންޏެވެ.

ވަޒީރުކަމުގައި މަޚްލޫފް ފާހަގަވެގެން ގޮސްފައިވަނީ ޖެހިލުން ކުޑަ ވަޒީރެއްގެ ގޮތުގައެވެ. ކުޅިވަރަށް ޚިދުމަތް ކުރެއްވުމުގައި ޚާއްސަކޮށް ކުޅިވަރުގެ އިންފްރާސްޓަކްޗާ ގާއިމުކުރުމުގައި ވަކި ކުޅިވަރަކަށް ބެލުމެއް ނެތި މަޚްލޫފް މަސައްކަތްކުރެއްވިކަން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މަޚްލޫފުގެ ވަޒީރުކަމުގެ ދަށުން ރައީސް ޞާލިޙުގެ ވައުދުފުޅުތައް ފުއްދެވުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖެއިން އިންޑިއަން އޯޝަން އައިލޭންޑްސް ގޭމްސް (އައިއޯއައިޖީ) ބިޑް ކާމިޔާބުކުރުމުގައި މަޚްލޫފުގެ ދައުރު ބޮޑެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެ ފެންވަރަށް ކުޅިވަރު ދަނޑުތައް ހެއްދެވުމަށް ކުޅިވަރާ ބެހޭ ވަޒީރުގެ ހައިސިއްޔަތުން މަޚްލޫފް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

ކުޅިވަރު އާއިލާއިން ފާހަގަކުރާ ގޮތުގައި މަޚްލޫފް ވަރުގެ ކުޅަދާނަ، އެސޯސިއޭޝަންތަކާ ގުޅުން ބަދަހި ވަޒީރަކު ނެތެވެ. އަދި ކުޅިވަރު އާއިލާގެ އެދުމަކީ މަޚްލޫފްގެ ސަސްޕެންޝަން ވީ އެންމެ އަވަހަކަށް ފިލައި، އަލުން ކުޅިވަރަށް ޚިދުމަތްކުރެއްވުމަށް ނުކުތެވޭނެ ދުވަހެއް ފެނުމެއެވެ.

އަހުމަދު މަޚްލޫފް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
28 ޑިސެމްބަރު 2023

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި
04 ޑިސެމްބަރު 2023

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި
22 ޖޫން 2023

ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި

22 ޖޫން 2023
ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި
01 މާރިޗު 2023

ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް

01 މާރިޗު 2023
ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް
28 ފެބުރުއަރީ 2023

ފޯ ނޭޝަންސް ކަޕާއެކު ވޮލީ އިން ފެނުނު ފޯރި، މިނިސްޓަރުގެ އުންމީދަކީ އެހެން މުބާރާތެއް ވެސް ބޭއްވުން

28 ފެބުރުއަރީ 2023
ފޯ ނޭޝަންސް ކަޕާއެކު ވޮލީ އިން ފެނުނު ފޯރި، މިނިސްޓަރުގެ އުންމީދަކީ އެހެން މުބާރާތެއް ވެސް ބޭއްވުން
11 އޮކްޓޯބަރު 2022

އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި

11 އޮކްޓޯބަރު 2022
އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި
05 އޮކްޓޯބަރު 2022

އަޅުގަނޑަކީ ކެސިނޯ އަޅަން ތާއިދުކުރާ މީހެއް ނޫން، ވާހަކައިން އޮޅުން އަރާފައިވާތީ މަޢާފަށް އެދެން: މިނިސްޓަރު މަޚްލޫފް

05 އޮކްޓޯބަރު 2022
އަޅުގަނޑަކީ ކެސިނޯ އަޅަން ތާއިދުކުރާ މީހެއް ނޫން، ވާހަކައިން އޮޅުން އަރާފައިވާތީ މަޢާފަށް އެދެން: މިނިސްޓަރު މަޚްލޫފް
04 އޮކްޓޯބަރު 2022

ރާއްޖޭގެ ފުޓުބޯޅަ އޮތް ޙާލަތާމެދު ކަންބޮޑުވޭ: މިނިސްޓަރު މަޚްލޫފް

04 އޮކްޓޯބަރު 2022
ރާއްޖޭގެ ފުޓުބޯޅަ އޮތް ޙާލަތާމެދު ކަންބޮޑުވޭ: މިނިސްޓަރު މަޚްލޫފް
03 އޮކްޓޯބަރު 2022

ބޮޑާކަމާއި ކިބުރުވެރިކަމަކީ އަޅުގަނޑުގެ ގައިގަ ހުންނަ ސިފައެއް ނޫން: މިނިސްޓަރު މަޚްލޫފް

03 އޮކްޓޯބަރު 2022
ބޮޑާކަމާއި ކިބުރުވެރިކަމަކީ އަޅުގަނޑުގެ ގައިގަ ހުންނަ ސިފައެއް ނޫން: މިނިސްޓަރު މަޚްލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް