Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑް

ޗުމްޕު، އިއްބެ އަދި ލިލީ ގައުމީ ސްކޮޑަށް

ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާނީ ބުރާސްފަތި ދުވަހުގެރޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2021 | ބުރާސްފަތި 10:16
ގައުމީ ސްކޮޑަށް ނެގި ލިލީ، އިއްބެ އަދި ޗުމްޕު

ގައުމީ ސްކޮޑަށް ނެގި ލިލީ، އިއްބެ އަދި ޗުމްޕު

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ފޯވާޑް އަލީ ހައިޝަމް (ޗުމްޕު) އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ) އަދި އެ ޓީމުގެ ޑިފެންޑަރު އަޙްމަދު އަބްދުﷲ (ލިލީ) ހިމަނައިފިއެވެ.

 އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން މި މަހުގެ 23 ވަނަ ދުވަހު އެކުލަވާލީ 31 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެކެވެ. އެ ސްކޮޑުން މި ތިން ކުޅުންތެރިންނަށް ފުރުސަތުދީފައި ނުވާއިރު، މިހާރު ވަނީ ޕްރިލިމިނަރީ ސްކޮޑް 34 ކުޅުންތެރިންނަށް އިތުރުކޮށް، އެ ކުޅުންތެރިންނަށް ފުރުސަތުދީފައެވެ.

ގައުމީ ޓީމުގެ ސްކޮޑުގައި ޗުމްޕު ހިމެނުނުއިރު، އޭނާ އެންމެ ފުރަތަމަ ގައުމީ ސްކޮޑަށް ނަގާފައިވަނީ މިދިޔަ ޖޫން މަހު އޮތް ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނަށެވެ. އަދި ގައުމީ ޖާޒީގައި ޗުމްޕު ކުޅުނު ފުރަތަމަ މެޗަކީ ކޮލިފައިންގައި ޗައިނާ އަތުން ރާއްޖެ ބަލިވި މެޗެވެ. އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ޗުމްޕު ކުޅުނުއިރު، ފިލިޕީންސާ އެއްވަރުކުރި މެޗުގައިވެސް އޭނާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

ދެން ސްކޮޑުގައި ހިމެނުނު އިއްބެވެސް ވަނީ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނަށް ނެގި ސްކޮޑުގައި ހިމަނާފައެވެ. އެކަމަކު އަމިއްލަ ސަބަބަކާ ހުރެ އިއްބެ ވަނީ އެ ފަހަރު ގައުމީ ސްކޮޑުން ވަކިވެފައެވެ. މީގެ އިތުރުން ގައުމީ ސްކޮޑުން ލިލީއަށް ފުރުސަތު ލިބުނުއިރު، އޭނާއަށް އެންމެ ފަހުން ގައުމީ ޓީމުން ފުރުސަތު ލިބުނީ ކޯޗުގެ މަގާމުގައި ޑަރެން ސްޓެވާޓް ހުރިއިރުއެވެ. އެގޮތުން އޭނާ ވަނީ 2017 ވަނަ އަހަރު ފަހުކޮޅާ ހަމައަށް ގައުމީ ޓީމަށް ކުޅެފައެވެ. 

ބުރާސްފަތި ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ ފުރަތަމަ ނެގީ 30 ކުޅުންތެރިންގެ ސްކޮޑެއް ކަމަށާއި، އެކަމަކު މާޒިޔާ ސަމޫހް އަލީ (ސަމުއްޓެ) އަނިޔާގައި އުޅޭތީ މުޙައްމަދު އަޖުފާން ލައިގެން 31 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލީ ކަމަށެވެ. ނަމަވެސް އައު ތިން ކުޅުންތެރިން ސްކޮޑުގައި ހިމެނުމަށް ނިންމީ ކުލަބުތަކުގެ ހުރިހާ ކޯޗުންނާ މަޝްވަރާކުރުމަށްފަހު ކަމަށްވެސް ސުޒޭން ބުންޏެވެ.

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލިއިރު، މި ފަހަރުގެ މުބާރާތާ ރާއްޖެ ކުރިމަތިލާނީ މުޅިން ދިވެހި ކޯޗުންގެ ޓީމަކާއެކުއެވެ. މި ފަހަރުގެ މުބާރާތް އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބާއްވާއިރު، އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ގައުމީ ޓީމު ގަތަރުގައި ކޭމްޕުކުރާނެއެވެ.

މާޒިޔާ: ހުސެއިން ޝަރީފް (ހުސެން)، މޫސާ ޔާމީން (ޔާމްބެ)، އިބްރާހިމް އައިސަމް، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، މުޙައްމަދު އިރުފާން (އިރޭ)، ސަމޫހު އަލީ (ސަމުއްޓެ)، މުޙައްމަދު އުމެއިރު، އަސަދުﷲ އަބްދުﷲ (އަސަކޮ)، ހުސެއިން ނިހާން (ނިހާޓް)، ހަމްޒާ މުޙައްމަދު (ހަމްޕު)، ނާއިޒު ހަސަން (ދާދު)، އިބްރާހީމް ވަހީދު ހަސަން (އިއްބެ)، އަޙްމަދު އަބްދުﷲ (ލިލީ)

އީގަލްސް: ހަސަން ރާއިފް އަޙްމަދު (ހަންނަ)، އިމްރާން ނަޝީދު (އިންމަ)، އަޙްމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، މުޙައްމަދު ނާއިމް، ހައިޝަމް ހަސަން (ބިޑި)، އަސްހަދު އަލީ (އަޑުބަރޭ)

ވެލެންސިއާ: މުޙައްމަދު ޝަފީއު (ޗެކް)، މުޙައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، އަލީ އަޝްފާގު (ދަގަނޑޭ)، އަކުރަމް އަބްދުލް ޣަނީ (އަކޫ)

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ): އަލީ ނާޖިހު، މުޙައްމަދު އާރިފް (ބަކާ)، އިސްމާޢީލް އީސަ (މެސީ)، އަލީ ހައިޝަމް (ޗުމްޕު)

ގްރީން ސްޓްރީޓްސް: މުޙައްމަދު ސާއިފް، ހަސަން ނަޒީމް (ޗޯޓު)

ޓީސީ: މުޙައްމަދު އަޖުފާން، އަލީ ޝާމިސް (ތޮއްޕޭ)

ދަ ގްރާންޑޭ: ޔަސްފާދު ހަބީބު (މުލަކޭ)

ގައުމީ ފުޓްބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

28 މެއި 2023
ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!

ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!

22 މެއި 2023

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު