Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕުގައި ބޫޓާން ވާދަނުކުރާނެ

17 އޯގަސްޓު 2021 | އަންގާރަ 08:03

ފަސް ގައުމުގެ މެދުގައި މުބާރާތް ބާއްވާނީ ލީގު އުސޫލުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 އޯގަސްޓު 2021 | އަންގާރަ 08:03
ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ އާއި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން

ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ އާއި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން

އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަނުކުރަން ބޫޓާނުން ނިންމައިފިއެވެ.

ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައެވެ. އެކަމަކު ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމާ ގުޅިގެން މުބާރާތް މި އަހަރަށށް ސެޕްޓެމްބަރަށް ފުރަތަމަ ފަސްކުރިއިރު، އެ ފަހަރުވެސް ބޫޓާނުން ވަނީ ކޮވިޑާ ގުޅިގެން މުބާރާތުގައި ވާދަނުކުރަން ނިންމާފައެވެ.

ބަންގްލަދޭޝްއިން މުބާރާތް ބޭއްވުމުގެ ވިސްނުން ދޫކޮށްލުމާއެކު ރާއްޖެ އާއި ނޭޕާލުން ސާފް ޗެމްޕިއަންޝިޕް ބާއްވަން ބިޑުކުރިއިރު، މި މަހުގެ ނުވަވަނަ ދުވަހު އޮންލައިންކޮށް ބޭއްވި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ބައްދަލުވުމުގައި ވަނީ މި އަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވަން ފާސްކޮށްފައެވެ. އަދި މި ބައްދަލުވުމުގައި ވަނީ މުބާރާތުގައި ވާދަކުރުމާ މެދު އަލުން ގޮތެއް ނިންމަން ބޫޓާނަށް މުހުލަތެއް ދީފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބޫޓާނުން މިހާރު ވަނީ މުބާރާތުގައި ވާދަނުކުރާނެކަން ސާފަށް އަންގާފައެވެ. އަދި އެގޮތަށް ނިންމީ ކޮވިޑުގެ ސަބަބުން ޒަރޫރީ ނޫން ކަންކަމުގައި ބޫޓާންގެ މީހުންނަށް މި ވަގުތު ދަތުރުކުރުމުގެ ހުއްދަ ނެތުމުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މި އަހަރުގެ މުބާރާތުގައި ބޫޓާން ވާދަނުކުރާއިރު، 2003 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި ހުރިހާ މުބާރާތެއްގައިވެސް އެ ގައުމު ވަނީ ވާދަކޮށްފައެވެ.

ސާފް ސަރަހައްދުގައި ހަތް ގައުމެއް ހިމެނޭއިރު، ބޫޓާނުގެ އިތުރުން ދެން މި މުބާރާތުގައި ވާދަނުކުރެވޭނީ ޕާކިސްތާނަށެވެ. ޕާކިސްތާނަށް މުބާރާތުގައި ވާދަނުކުރެވެނީ ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުންނެވެ. އެހެންކަމުން މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށް ކަމަށް މައުލޫމާތުލިބެއެވެ.

އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. އެގޮތުން 2008 ވަނަ އަހަރުގެ މުބާރާތް ރާއްޖެ އާއި ސްރީ ލަންކާގައި ބޭއްވިއިރު، ރާއްޖެއިން ވަނީ އެ ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މި މުބާރާތް އެންމެ ފަހުން ބަންގްލަދޭޝްގައި ބޭއްވިއިރު، ރާއްޖެއިން ވަނީ ޑާކާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

ސާފް ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
30 ޖޫން 2023

ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!

30 ޖޫން 2023
ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!
28 ޖޫން 2023

ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް

28 ޖޫން 2023
ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް
28 ޖޫން 2023

ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!

28 ޖޫން 2023
ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް