Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެސްޓިން ކެޕޭސިޓީ އިތުރުކުރުން

ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: އެޗްއީއޯސީ

ބައެއް ރަށްރަށަށް ޓެސްޓިން ކިޓްތައް ވަނީ ފޮނުވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޯގަސްޓު 2021 | ހޮނިހިރު 07:54
ކޮވިޑް-19ށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ

ކޮވިޑް-19ށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ

ކޮވިޑް-19ގެ ޓެސްޓިން ކެޕޭސިޓީ އިތުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) ބުނެފިއެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ހަތަރު ތަނެއްގައި ޕީސީއާރް ޓެސްޓު ލެބޯޓްރީ ގާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް ތަފްސީލެއް ނުދެއްވައެވެ.

މިހާރު ޓެސްޓު ހެދޭ ލެބޯޓްރީތަކަށް އަލިއަޅުއްވާލައްވާ ޑރ.ނަޒްލާ ވިދާޅުވީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ޓެސްޓު ހެދޭނެ ކަމަށެވެ. އަދި ދަރަވަންދޫ ސިއްހީ މަރުކަޒުންނާއި ކުޑަހުވަދޫ ހޮސްޕިޓަލުން ޓެސްޓު ހެދޭނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވީ ކޮވިޑް-19ގެ ކޭސްތަކުގެ އައުޓްބްރޭކް އައިސްފައިވާ އަތޮޅުތެރޭގެ ރަށްރަށުން އެންޓިޖެން ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަަމަށެވެ. އަދި ބައެއް ރަށްރަށަށް ޓެސްޓިން ކިޓްތައް ފޮނުވާފައިވާކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ސާމްޕަލްތައް މާލެ ސަރަހައްދުންނާއި އަތޮޅުތެރޭގެ ރަށްތަކުން ދަނީ ނަގަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް 5198 ސާމްޕަލެއް ނަގާފައިވެއެވެ. މީގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 131 މީހުންނެވެ.

ޑރ.ނަޒްލާ ރަފީގުހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

އިތުރަށް ކިޔާލަން

23 އެޕްރީލު 2022

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން

23 އެޕްރީލު 2022
ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން
13 މާރިޗު 2022

މާސްކު އެޅުން މަޖުބޫރުނުވާގޮތަށް ގިނަ ފިޔަވަޅުތަކެއް އުވާލައިފި

13 މާރިޗު 2022
މާސްކު އެޅުން މަޖުބޫރުނުވާގޮތަށް ގިނަ ފިޔަވަޅުތަކެއް އުވާލައިފި
23 ފެބުރުއަރީ 2022

މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި

23 ފެބުރުއަރީ 2022
މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި
23 ފެބުރުއަރީ 2022

އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ

23 ފެބުރުއަރީ 2022
އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ
23 ފެބުރުއަރީ 2022

ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި

23 ފެބުރުއަރީ 2022
ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު