Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްޕީއޭގެ ޚިދުމަތްތައް

ޚިދުމަތްތަކަށް ބަދަލުތަކެއް، ކޮވިޑްގެ ތަފާސްހިސާބުތައް އާއްމުކުރަމުންދާނީ ހަފްތާއަކު އެއްފަހަރު

ސްޓްރެޓަޖިކް އެކްޝަން ޕްލޭނެއް އެކުލަވާލާއި، އެ ޕްލޭން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 މާރިޗު 2022 | ހުކުރު 08:04
ކޮމިއުނިކަބަލް ޑިޒީޒް ޑިވިޝަންގެ ހެޑް ޑރ.ފާތުމަތު ނަޒްލާ ރަފީގު

ކޮމިއުނިކަބަލް ޑިޒީޒް ޑިވިޝަންގެ ހެޑް ޑރ.ފާތުމަތު ނަޒްލާ ރަފީގު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮންމެ ރެއަކު އާއްމުކުރަމުންދިޔަ ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބުތައް އާއްމުކުރަމުންދާނީ ހަފްތާއަކު އެއްފަހަރު ކަމަށް ކޮމިއުނިކަބަލް ޑިޒީޒް ޑިވިޝަންގެ ހެޑް ޑރ.ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭއިން ދަނީ ކޮންމެ ރެއަކު 10:00 ގައި ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބުތަކާއި، ވެކްސިން ޖަހަމުންދާ މީހުންގެ ތަފާސްހިސާބުތައް އާއްމު ކުރަމުންނެވެ. ނަމަވެސް 13 މާޗް 2022 ވީ އާދިއްތަ ދުވަހު ކޮވިޑް-19 އާއި ގުޅިގެން އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އުވާލެއްވުމާއި ގުޅިގެން މިހާރު ވަނީ އެޗްޕީއޭގެ އުސޫލުތަކަށް ބަދަލު ގެނެސްފައެވެ.

Advertisement - newsAdvertisement

ޑރ.ނަޒްލާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެޗްޕީއޭއިން މަސައްކަތް ކުރާނެ ސްޓްރެޓަޖިކް އެކްޝަން ޕްލޭނެއް އެކުލަވާލާއި، އެ ޕްލޭން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުކުރާނެ ކަމަށެވެ. މި ޕްލޭންގައި ވަކި ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ކޮވިޑްގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި، ސިއްހީ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދޭނެ ކަމަށެވެ. އަދި ނާޒުކު ގިންތިތަކުގައި ހިމެނޭ މީހުން ބަލިން ރައްކާތެރިކުރުމަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރާނެ ކަމަށާއި، ކޮވިޑްގެ ސަބަބުން ދިމާވާ އިޖްތިމާއީ އެކިއެކި އިގްތިސާދީ ގެއްލުން ކުޑަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްދާނެކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އުވާލި ނަމަވެސް ކޮވިޑާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ވެސް ކުރާނެ ކަމަށެވެ. ޑރ.ނަޒްލާ ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ބައެއް ބަދަލުތައް ގެންނަމުންދާއިރު، ކޮންމެ ރެއަކު އާއްމު ކުރަމުންދިޔަ ކޮވިޑް-19ގެ ތަފާސްހިސާބާއި، ވެކްސިންގެ ތަފާސްހިސާބު އާއްމު ނުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ތަފާސްހިސާބުތައް އާއްމުކުރަމުންދާނީ ހަފްތާއަކު އެއްފަހަރު ކަމަށެވެ. ހަފްތާއަކު އާއްމުކުރާ ތަފާސްހިސާބުގައި ވެސް ފުރިހަމަ މައުލޫމާތު ހިމެނޭނެކަމުގެ ޔަގީންކަން ޑރ.ނަޒްލާ ދެއްވިއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ދަނީ ޚިދުމަތް ދެމުންދާ ގަޑިތަކަށް ބަދަލު ގެންނަމުންނެވެ. އެގޮތުން މިމަހުގެ 17 ވީ ބުރާސްފަތި ދުވަހުން ފެށިގެން ސެނެހިޔާ ފުލޫ ކްލިނިކުން ޚިދުމަތް ދެމުންދާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 10:00ން ރޭގަނޑު 10:00ށެވެ. ހުކުރު ދުވަހު ޚިދުމަތް ދެމުންދާނީ ހަވީރު 4:00ން ރޭގަނޑު 10:00ށެވެ. ވިލިމާލެ ފުލޫ ކްލިނިކުން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން މެންދުރު 1:30ށް ޚިދުމަތް ދެމުންދާނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުން ޚިދުމަތް ދެމުންދާނީ ކޮންމެ ދުވަހެއްގެ 8:00ން ރޭގަނޑު 9:00ށެވެ.

ސާމްޕަލް ނަގާ ސެންޓަރުތަކުގެ ގަޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ސިނަމާލެ ބުރިޖް ސަރަހައްދު ކައިރީގައި ހުންނަ ޕާޒިން ޒޯން، ވިލިމާލެ ފުލޫ ކްލިނިކް އަދި ހުޅުމާލެ ރުއްގަނޑު ސަރަހައްދުން ސާމްޕަލް ނަގަމުންދާނީ ހޮނިހިރު ދުވަހުގެ މެންދުރު 2:00ން އިރުއޮއްސި 6:00 ށެވެ. އެފްއޭއެމް ބިލްޑިންގައި ގާއިމްކޮށްފައިވާ ޕޮޒިޓިވް ކްލިނިކުން ޚިދުމަތް ދެމުންދަނީ ކޮންމެ ހޮނިހިރު ދުވަހެއްގެ މެންދުރުފަހު 1:00ން ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00ށެވެ. އަދި ހުކުރު ދުވަހުގެ މެންދުރުފަހު 2:00ން ހަވީރު 4:00ށެވެ.

ކޮވިޑް-19ށް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ މިދަނޑިވަޅުގައި ވެސް ބައްޔަށް ފަރުވާ ކުޑަ ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކުން ވެކްސިން ޖެހުމަށް އެދިފައިވެއެވެ. އަދި މިހާރު ބޫސްޓަރ ޑޯޒު ޖަހައިދެމުންދާއިރު، ކުރިއަށް އޮތް ރޯދަމަހު ވެސް ޚިދުމަތް ދެމުންދާނެ ކަމަށް އެޗްޕޭއިން ބުނެއެވެ.

ރޯދަ މަހުގެ ކުރިން ޝަރުތު ހަމަވާ މީހުން ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް އިލްތިމާސްކޮށް އެޗްޕީއޭއިން ބުނެފައިވަނީ ރޯދަ މަހު ދަރުމަވަންތަ ހޮސްޕިޓަލުން ރޭގަނޑު 9:00ން 11:00ށް ވެކްސިން ޖަހައިދެމުންދާނެ ކަމަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުން ރޭގަނޑު 9:00ން 11:00ށް ވެކްސިން ޖަހައިދެމުންދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުދާ އުފުލުމަށް ގެނައި ބަދަލާ އެކު އެމްޕީއެލްގެ ކާގޯ ކްލިއަރެންސްއަށް ވެސް ބަދަލުތަކެއް!

މުދާ އުފުލުމަށް ގެނައި ބަދަލާ އެކު އެމްޕީއެލްގެ ކާގޯ ކްލިއަރެންސްއަށް ވެސް ބަދަލުތަކެއް!

31 މާރިޗު 2018
މުހައްމާގެ މައްޗަށް ތުހްމަތުކުރީ ދައުލަތުގެ ހިންގުމަށް ބަދަލުތަކެއް ގެނައުމަށް ރިޝްވަތު ހުށަހެޅުން

މުހައްމާގެ މައްޗަށް ތުހްމަތުކުރީ ދައުލަތުގެ ހިންގުމަށް ބަދަލުތަކެއް ގެނައުމަށް ރިޝްވަތު ހުށަހެޅުން

11 މާރިޗު 2018
ރައްޔިތުން އުއްމީދުކުރާ ހެޔޮ ބަދަލުތަކެއް ކައިރި މުސްތަޤުބަލުގައި ފެނިގެންދާނެ: ފާރިސް

ރައްޔިތުން އުއްމީދުކުރާ ހެޔޮ ބަދަލުތަކެއް ކައިރި މުސްތަޤުބަލުގައި ފެނިގެންދާނެ: ފާރިސް

01 ޖެނުއަރީ 2018
ޑޮކްޓަރުންނަށް ލައިސެންސް ދިނުމުގައި އަމަލުކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފި

ޑޮކްޓަރުންނަށް ލައިސެންސް ދިނުމުގައި އަމަލުކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފި

12 ނޮވެމްބަރު 2017
ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި

ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި

17 މެއި 2017

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު