Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑްގެ ކޭސްތައް އިތުރުވުން

މުޖްތަމައުގެ ތެރޭގައި ކޮވިޑްގެ ކޭސްތައް ގިނަވަނީ، ސަމާލުވޭ!

ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހުން ޕޮޒިޓިވްވާ މިންވަރު ވަނީ އިތުރުވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ޖޫން 2022 | އާދީއްތަ 18:20
ކޮވިޑަށް ޓެސްޓުކުރުން

ކޮވިޑަށް ޓެސްޓުކުރުން

އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ފަރާތުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި، މިއީ ކޮމިއުނިޓީ ތެރޭގައި ކޭސްތައް އިތުރުވެފައިވާ ކަމުގެ ހެއްކެއް ކަމަށް އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޓްވިޓާގައި ހިއްސާކުރެއްވި މެސެޖެއްގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުން ޕޮޒިޓިވްވަމުން އަންނަ ކަމަށެވެ. މީގެ މާނައަކީ ކޮމިއުނިޓީ ތެރޭގައި ކޮވިޑްގެ ކޭސްތައް ހުރީ ވަރަށް މަތީގައި ކަމަށެވެ.

ޑރ. މުހައްމަދު އަލީ ވަނީ ބަލި މީހުން ކައިރިއަށް ޒިޔާރާތް ކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިލައްވާފައެވެ. އަދި ބަލިމީހުން ކައިރިއަށް ޒިޔާރާތްކުރާ މީހުންގެ އަދަދު ވެސް މަދުކުރުމަށް ވަނީ އެދިފައެވެ. އަދި މިއީ ދިފާއީ ގޮތުން އިތުރު ފިޔަވަޅު އަޅަންވީ ވަގުތުކަމަށް ޑރ. މުހައްމަދު އަލި ވަނީ ވިދާޅުވެފައެވެ.

ފާއިތުވި މަސްތަކުގައި ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް މަދުވެފައި އޮތުމަށްފަހު އަނެއްކާ ވެސް އިތުރުވާންފަށާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވެސް ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ފާއިތުވި ހަފުތާގައި ރާއްޖޭން 142 ކޭސް ފެނިފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ ހަފުތާއާއި އަޅާބަލާއިރު 69 އިންސައްތައިގެ އިތުރުވުމެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑުގެ ކޭސްތައް އިތުރުވުމާއެކު ސާމްޕަލް ޕޮޒިޓިވިޓީއާއި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން މެއި މަހު ކޮވިޑު ޖެހިގެން 15 މީހުން އެޑްމިޓްކުރިއިރު ޖޫންމަހުގެ 12 ވަނަ ދުވަހާ ހަމައަށް އެކަނިވެސް 11 މީހުން އެޑްމިޓްކޮށްފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

އެޗްޕީއޭއިން ވަނީ ރާއްޖޭގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވިޔަނުދިނުމަށް ސަމާލުކަންދޭންވީ ކަންކަން ވެސް ފާހަގަކޮށްފައެވެ.

އެޗްޕީއޭއިން ބުނީ ދުނިޔޭގައި އަދިވެސް ކޮވިޑުގެ ހާލަތު ދެމިއޮތުމާއެކު ބައެއް ގައުމުތަކުގައި މިހާރުވެސް ހާލަތު ގޯސްވަމުންދާކަމަށެވެ. ނަމަވެސް ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަނުދިނުމަށް ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ

03 މާރިޗު 2017
އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ
20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު