Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން

ހުރަސްތަކުން އަރައިގަތީ ކިހިނެއްތޯ މިއީ ދިވެހި ރައްޔިތެއްގެ ގޮތުން އަޅުގަނޑުމެން ވިސްނާލަންޖެހޭނެ ކަންކަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 އެޕްރީލު 2022 | ހޮނިހިރު 14:09
ކޮވިޑްގައި ރާއްޖެ އަމާން ބަނދަރަކަށް ގެންދެވުނީ ރައީސް ސޯލިހުގެ ދުރު ވިސްނުންފުޅުގެ ސަބަބުން

ކޮވިޑްގައި ރާއްޖެ އަމާން ބަނދަރަކަށް ގެންދެވުނީ ރައީސް ސޯލިހުގެ ދުރު ވިސްނުންފުޅުގެ ސަބަބުން

ކޮވިޑްގެ ނުރައްކާތެރި އާލަމީ ވަބާއިން ދުނިޔޭގެ ބޮޑެތި އިގްތިސާދުތައް ފުނޑިއްޖެއެވެ. ބޮޑެތި ގައުމުތަކުގެ ރައްޔިތުން ދެއިރު ކާނެ އެއްޗެއް ނެތި އުޅޭތާ އެތަކެއް އަހަރު ވެއްޖެއެވެ. ނަމަވެސް މިއީ އިގްތިސާދު އެއަށްބަރޯސާ ވެފައިވާ އަދި ނާޒުކު އިގްތިސާދެއް އޮތް ރާއްޖެއިން މިސާލު ދެއްކި ވަގުތެކެވެ. އަޅުގަނޑުމެން ދެކެމުން މި ދިޔައީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހުގައި ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު އިމްތިހާނެވެ. ކޮވިޑުގެ ހާދިސާގެ ދެ އަހަރު ދިވެހި ތާރީޚުގައި ލިޔެވިގެންދާނީ އަޅުގަނޑުމެންނަށް ނާއުއްމީދާއި، ނުތަނަވަސްކަމާއި، ބިރުވެރިކަން ގެނެސްދިން ދެ އަހަރުގެ ގޮތުގައެވެ.

އެ ހާދިސާ އަދި މުޅިން ފިލައިގެންނެއް ނުދެއެވެ. އެއާއެކީގައި އަޅުގަނޑުމެންނަށް ދެން މި ކުރިމަތިވީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ހާދިސާއެވެ. އަޅުގަނޑުމެން ތަޖުރިބާ މި ކުރީ، ތަޖުރިބާކުރަންޖެހިދާނެ ކަމަށް ތަޖުރިބާކާރުންނަށް ވެސް ވަޒަންކުރެވިފައި ނުވާނެ ފަދަ ހާލަތެކެވެ. އަޅުގަނޑުމެންގެ މައި އެއަރޕޯޓް ބަންދުކުރަންޖެހިދާނެ ކަމަކަށް އަޅުގަނޑުމެންގެ ހިތަށް ގެނެވިފައެއް ނޯންނާނެއެވެ. ފަތުރުވެރިން ނިންދަވަން އަޅުގަނޑުމެން ތައްޔާރުކުރި އެނދުތަކުގައި ބަލިމީހުން ބައިތިއްބަންޖެހިދާނެ ކަމަކަށް އަޅުގަނޑުމެންގެ ހިތަށް ތަސައްވުރުކުރެވިފައެއް ނޯންނާނެއެވެ.

އެހެންނަމަވެސް، މިއީ އަޅުގަނޑުމެން ކުރިމަތިލި ޙަޤީޤަތްތަކެވެ. ރައީސް ސާލިހް ފަދަ ކުޅަދާނަ، އިޚްލާޞްތެރި، ވަފާތެރި ކައްޕިތާނެއް ދިވެހި ދައުލަތުގެ ހުންގާނުގައި މިއަދު ނެތް ނަމަ، އަޅުގަނޑުމެންގެ އޮޑި ފަރަށް އެރީހެވެ. އެކަން އެނގޭ ގޮތަކީ، ދުނިޔެ ދައްކާ މަންޒަރުތަކުން، އަޅުގަނޑުމެމްގެ ވަށައިގެން މިވާ ޤައުމުތަކުން އަޅުގަނޑުމެންނަށް މި ކުރެވޭ ތަޖުރިބާތަކުންނެވެ. އަވައްޓެރި ސްރީލަންކާގައި ކަރަންޓެއް ނެތެވެ. ކާބޯތަކެއްޗެއް ނެތެވެ. ބޭހެއް ނެތެވެ. ތެލެއް ނެތެވެ. ގޭހެއް ނެތެވެ. މުދަލެއް ނެތެވެ. ބޭރު ފައިސާއެއް ނެތެވެ. ދަރަނި ދެއްކޭނެ ގޮތެއް ނެތެވެ. އަދި ކީއްކުރަންތޯ؟ މަދަރުސާ ކުދިންނަށް އިމްތިހާނުތަކަށް ދެވޭނެ ގޮތެއް ވެސް ނެތެވެ. އިމްތިހާނު ބާއްވާނެ ކަރުދާހެއް ވެސް ނެތެވެ. މިއީ އަޅުގަނޑުމެންނަށް ވުރެ މާ ތަނަވަހުގައި، އަޅުގަނޑުމެންނަށް ވުރެ މާ ފުރިހަމަ ވަސީލަތްތަކުގައި އުޅެމުންދިޔަ ރައްޔިތެއްގެ މިއަދުގެ ހާލަތެވެ.

އެ މީހުން އެ ތިބީ މަގުމަތިވެފައި، ބިކަވެފައި، ގޮތްހުސްވެފައެވެ. ޙަޤީޤަތަކީ ކޮވިޑުގެ ހާލަތު ފެށުނުއިރުގައި އަޅުގަނޑުމެންނާއި ލަންކާޔާ އޮތީ ގާތްގަނޑަކަށް އެއް ހާލަތެއްގައެވެ. އަޅުގަނޑުމެންނަށް ތަޖުރިބާކުރަންޖެހިފައި އޮތީ ހަމަ ގާތްގަނޑަކަށް އެއްކަހަލަ ކަންތައްތަކެކެވެ. އެއީ ޗައިނާގެ ދަރަންޏާއި ކޮވިޑުގެ ސަބަބުން ހުއްޓުނު އިޤުތިޞާދެވެ. އަޅުގަނޑުމެން ހުރަސްތަކުން އަރައިގަތީ ކިހިނެއްތޯ މިއީ ދިވެހި ރައްޔިތެއްގެ ގޮތުން އަޅުގަނޑުމެން ވިސްނާލަންޖެހޭނެ ކަމެކެވެ. އޭގެ ކުރު ޖަވާބަކީ، ﷲގެ ރަޙްމަތާއި ވެރިއެއްގެ ޙިކުމަތެވެ.

އެޕްރީލް 13 ވަނަ ދުވަހު ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ގޮންޖެހުންތަކުގެ ތެރެއިން ދިވެހިރާއްޖެ ވަރުގަދައަށް އެބަ އަރައިގަންނަ ކަމަށެވެ. ރަނގަޅު ފިޔަވަޅުތަކާއި ހަރުދަނާ ވެކްސިން ޕްރޮގްރާމުގެ ވާހަކަ އެއޮތީ އެ ރިޕޯޓުގައި ފާހަގަކޮށްފައެވެ. ކޮވިޑް މެނޭޖުކުރަން އަޅުގަނޑުމެން ފެށިއިރުގައި ސާމްޕަލްތައް އަޅުގަނޑުމެން ފުރަތަމަ ފޮނުވީ އިންޑިއާއަށްކަން ހަނދާން ހުރި މީހުން ވަރަށް މަދުވާނެއެވެ.  އެއީ އަޅުގަނޑުމެންގެ ޞިއްޙީ ހާލަތު އޮތް ގޮތެވެ. މިއަދު ވޯލްޑް ބޭންކުން މި ބުނަނީ، މުޅި ސަރަޙައްދުގެ އިޤުތިޞާދީ ދުވެއްޔަށް ވުރެ ރާއްޖޭގެ އިޤުތިޞާދީ ދުވެލި ބާރުވެއްޖެ ކަމަށެވެ.

ވަކިވަކި ޤައުމުތަކަށް ބަލާއިރުގައި މުޅި އޭޝިއާއިން ޗައިނާ، އިންޑިއާ ނަގާފައި އިޤުތިޞާދު އެންމެ ބާރަށް ދުވާ ޤައުމެއްގެ ގޮތުގައި މި އޮތީ ދިވެހިރާއްޖެއެވެ. ވޯލްޑް ބޭންކުން ބުނަނީ، އަންނަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖޭގެ އިޤުތިޞާދީ ދުވެލި ކޮވިޑުގެ ހާލަތުގެ ކުރިން އޮތް މިންވަރަށް ރުޖޫޢާވާނެއެވެ. މިކަންކަން މިހެން އޮތްއިރުގައި އަޅުގަނޑުމެން ކޮވިޑުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤުތިޞާދުގެ %33.5 ދަށަށް ދިޔަކަން ހަނދާން ނައްތާލައިގެންނުވާނެއެވެ. އަޅުގަނޑުމެންގެ ބޮލުގައި އަޅުވާފައި އޮތް ދަރަނީގެ ވިލާގަނޑުގެ ހިޔަނިން އަޅުގަނޑުމެން އަދި ސަލާމަތެއް ނުވެއެވެ. އެކަން ރިޕޯޓުގައި ވެސް ފާހަގަކޮށްފައި އެބައޮތެވެ.

އަޅުގަނޑު ގަބޫލުކުރަން އެއީ ރާއްޖެއަށް އޮތް ވަރަށް ބޮޑު ރިސްކެއް ކަމާއި، މިކަން މިހެން އޮތްއިރު، އަނެއްކާވެސް ލިބޭ ހިތްހަމަޖެހުމަކީ، ހަމަ ވޯލްޑް ބޭންކުން ނެރުނު އެހެން ރިޕޯޓެކެވެ. މޯލްޑިވްސް ޑިވެލޮޕްމަންޓް ރިޕޯޓު އެ އޮތީ އިންޓަރނެޓްގައި ޝާއިޢުކޮށްފައެވެ. އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް ބަލައިލެވޭނެއެވެ. ރިޕޯޓުގައި ބުނަނީ، ރާއްޖޭގެ ފޮރިން ކަރަންސީ ރިޒާވް 800 މިލިއަން ޑޮލަރަށް ވުރެ މައްޗަށް ގެންގޮސްފި ކަމަށެވެ. ޖީ.ޑީ.ޕީގެ ނިސްބަތުން ދަރަނީގެ ހާލަތު ކުރިއަށް ވުރެ މާ ބޮޑު ތަނުން ރަނގަޅުކޮށްފި ވާހަކައެވެ. ދިވެހިރާއްޖޭގެ އާމްދަނީ އިތުރުކުރި ކަމާއި، ފަގީރުކަމުގެ ނިސްބަތް ރަނގަޅުވަމުންދާ ވާހަކައެވެ.

އަޅުގަނޑުމެންނަށް ޔަގީން މި ވަނީ މި ދިވެހިރާއްޖެ ދަރަނީގެ ދަންތުރައިގައި ޖެހުނަކު މި ސަރުކާރަކުން ނުދޭނެ ކަމެވެ. އަމާން އައްސޭރިޔަކަށް ރާއްޖެ ގެންގޮސްދޭނެ ކަމަވެ. ދަރަނި ދެއްކުމަށް ބޭނުންވާ ފައިސާ ރިޒާވްގައި ހުރިކަން މި ރިޕޯޓުން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަ އެނގެއެވެ. ރާއްޖެއަށް މިއަދު މި ފެންނަނީ، މިއަދު މި ދެކޭ މި ކާމިޔާބު ވާހަކައިގެ އަސްލަކީ ފަތުރުވެރިކަމުގެ އިންޑަސްޓްރީއާއި ދިވެހި ސަރުކާރާ ގުޅިގެން ކުރި މިންނެތް ބުރަ މަސައްކަތެވެ. ބޭނުންވި ހާލަތުގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދީގެން، ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެވެ. އިންޑަސްޓްރީއަށް އެންމެ ބޮޑު ގޮންޖެހުން ދިމާވި ވަގުތު އެއަށް އެޑްރެސްކޮށް ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރިތަނެވެ.

ސަރުކާރުން ލުއިތައް ދީ ލޯނުތައް ފަސްކޮށްދިނެވެ. ދަރަނި ދެއްކުން ފަސްކޮށްދީ އިންޑަސްޓްރީ ސަލާމަތްކުރުމަށް ވުރެ މުހިންމު އެހެން ކަމެއް ނެތް ކަމަށް ދެކުނެވެ. އެއީ މިއަދު އަޅުގަނޑުމެން މި ދެކޭ ކާމިޔާބުގެ އަސްލެވެ. ސަރުކާރުގެ މަގުސަދަކީ ވިޔަފާރީގެ ތެރެއަށް ނުވަނުމާއި، ލުއިދިނުމާއި، ފަސޭހަ ގޮތްތަކާއި ގަވާއިދުތަކުގައި ހުރި ހުރަސްތައް ނައްތާލުމެވެ. ލާމަރުކަޒީ އުސޫލުން ޓޫރިޒަމް ސެކްޓަރ ބައްޓަންކުރަން ބޭނުންވާކަން އެބަ އެނގެއެވެ. މިއީ ހައްތާހާވެސް ދުރުވިސްނޭ ވެރިއެއްގެ ހިކުމަތްތެރިކަމާއި މޮޅުކަމެވެ. އެއީ މިހާރު ގައުމުގެ ހުންގާނުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކޮވިޑް-19ހެލްތު ޕްރޮޓެކްޝަން އެޖެންސީހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު