Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތައިލެންޑްގެ ކޮވިޑް ހާލަތު

ތައިލެންޑްގައި ދުވާލެއްގެ މައްޗަށް ރިޕޯޓުކުރާ ކޮވިޑް ކޭސްތަކުގެ އަދަދު 20 ހާހުން މަތީގައި

ކޮވިޑަށް ފަރުވާދިނުމަށް ބެންކޮކް އެއަރޕޯޓުގައި މިހާރު ވަނީ ހޮސްޕިޓަލެއް ވެސް ގާއިމްކޮށްފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2021 | ބުދަ 06:00
ތައިލެންޑުގެ ވެކްސިން ސެންޓަރެއްގެ ބޭރުގައި ހަދާފައިވާ ކިއު

ތައިލެންޑުގެ ވެކްސިން ސެންޓަރެއްގެ ބޭރުގައި ހަދާފައިވާ ކިއު

ތައިލެންޑުގައި ދުވާލެއްގެ މައްޗަށް ރިޕޯޓުކުރާ ކޮވިޑް ކޭސްތަކުގެ އަދަދު 20 ހާހުން މައްޗަށް އަރައިފިއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން 20،200 މީހުންނަށް ކޮވިޑް ޖެހިގެން ބުދަ ދުވަހު ވަނީ ރިޕޯޓު ކޮށްފައެވެ. މިއީ ތައިލެންޑްގައި ކޮވިޑް ކޭސްތައް އިތުރުވާން ފެށި ފަހުން އެންމެ ގިނަ އަދަދަކަށް ދުވާލެއްގެ މައްޗަށް ރިޕޯޓު ކުރި އަދަދެވެ. މި ބަލީގައި އަންގާރަ ދުވަހު 188 މީހުން ވަނީ މަރުވެފައެވެ. އަދި މިއީ އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓުކުރި ދުވަހެވެ.

އެ ގައުމުގައި މިހާރު އެކްޓިވް ކޭސްގެ ގޮތުގައި 672،385 މީހުން އެބަތިއްބެވެ. ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 5،503ށް އަރާފައި ކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ބަލިން ރައްކާތެރިވުމަށް އެގައުމުގައި ވެސް ވެކްސިން ޕްރޮގްރާމް ފަށައިގެން މިހާރު ކުރިއަށްދެއެވެ.

ތައިލެންޑްގެ ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 50 މިލިޔަން މީހުންނަށް ވެކްސިން ދިނުމަށެވެ. ނަމަވެސް އެ ޤައުމުގެ 66 މިލިޔަން މީހުންގެ އާބާދީން ވެކްސިންގެ ޑޯޒުތައް މިހާތަނަށް ފުރިހަމަކޮށްފައިވަނީ 5.6 އިންސައްތަ މީހުންނެވެ. ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ އާބާދީގެ 19.2 އިންސައްތައެވެ.

ސިއްޙީ އިދާރާތަކުން ބުނެފައިވަނީ، މިހާރު އެ ގައުމަށް ފައިޒާ ވެކްސިންގެ 20 މިލިއަން ޑޯޒް ލިބިފައިވާ ކަަމަށެވެ. އިތުރު 50 މިލިއަން ޑޯޒަށް މި ހަފުތާގައި އޯޑަރު ކުރާނެ ކަމަށެވެ.

ކޮވިޑަށް ފަރުވާދިނުމަށް ބެންކޮކް އެއަރޕޯޓުގައި މިހާރުވަނީ ހޮސްޕިޓަލެއް ވެސް ގާއިމްކޮށްފައެވެ.

ބެންކޮކްގެ ބައިނަލްއަގުވާމީ އެއަރޕޯޓުގައި މި ހޮސްޕިޓަލް އަޅާފައިވަނީ، ކާގޯ ގުދަނެއް ހުސްކުރުމަށްފަހުގައެވެ. ފަރުވާދިނުމަށް ޚާއްސަކޮށްގެ 1800 އެނދާއެކު އެ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް ވެސް ވަނީ ހަަމަޖައްސާފައެވެ.

ތައިލެންޑަކީ ކޮވިޑްގެ ކޭސްތައް އެންމެ ފުރަތަމަ ފެނުނު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ތައިލެންޑްގައި ބަލި ފެތުރުން އިތުރުވަމުން އަންނާތީ ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން 29 ޕްރޮވިންސެއްގައި ޚާއްސަ ފިޔަވަޅުތައް އަޅާފައިވެއެވެ. ޗަންބުރި، އަޔުޓިއާ އަދި ޗަޗޮންގްސައޯ ޕްރޮވިންސްގައި ވަނީ ރޭގަނޑު 9:00ން ފެށިގެ ފަތިހު 4:00ށް ކާރފިއު އިއުލާން ކޮށްފައެވެ. ބެންކޮކް ލޮކްޑައުންކޮށް، ޕްރޮވިންސްތަކުން ބެންކޮކަށް ކުރާ ވައިގެ ދަތުރުތައް ވެސް އަންގާރަ ދުވަހުން ފެށިގެން ވަނީ މެދުކަނޑާލާފައެވެ.

ތައިލެންޑްބެންކޮކްކޮވިޑް-19ފައިޒަރ ވެކްސިންކޮވިޑް-19 ވެކްސިން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ

އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ

25 އޮކްޓޯބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު