Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިލެންޑް

އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ

ތައި ރޯޔަލް ހައުސްހޯލްޑް ބިއުރޯ އިން ބުނެފައިވާ ގޮތުގައި، ރާނީ ސިރްކިތު އަވަހާރަވެފައި ވަނީ ހުކުރު ދުވަހުގެ ރޭ ބެންކޮކްގެ ހޮސްޕިޓަލެއްގައި ކަމަށެވެ. އުމުރުން 93 އަހަރުގައި ރާނީ އަވަހާރަވެފައިވާއިރު، 2019 ވަނަ އަހަރުން ފެށިގެން ރާނީ އަންނަނީ ހޮސްޕިޓަލްގައި އެނދުމަތިވެ ފަރުވާ ހޯއްދަވަމުންނެވެ.

ތައިލެންޑްގެ މިހާރުގެ ރަސްގެފާނު ވަޖިރަލޮންގްކޯންގެ މަންމާފުޅު، ކުރީގެ ރާނީ ސިރިކިތް 93 އަހަރުގެ އުމުރުފުޅުގައި އަވަހާރަވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އޮކްޓޯބަރު 2025 | ހޮނިހިރު 05:48
ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު

ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު

ތައިލެންޑުގެ މިހާރުގެ ރަސްގެފާނު ވިޖިރަލޮންގްކޯންގެ މަންމާފުޅު، ކުރީގެ ރާނީ ސިރިކިތު އަވަހާރަވެއްޖެ އެވެ.

ތައި ރޯޔަލް ހައުސްހޯލްޑް ބިއުރޯ އިން ބުނެފައިވާ ގޮތުގައި، ރާނީ ސިރްކިތު އަވަހާރަވެފައި ވަނީ ހުކުރު ދުވަހުގެ ރޭ ބެންކޮކްގެ ހޮސްޕިޓަލެއްގައި ކަމަށެވެ. އުމުރުން 93 އަހަރުގައި ރާނީ އަވަހާރަވެފައިވާއިރު، 2019 ވަނަ އަހަރުން ފެށިގެން ރާނީ ގެންދަވަނީ ހޮސްޕިޓަލްގައި އެނދުމަތިވެ ފަރުވާ ހޯއްދަވަމުންނެވެ. އޭގެ ފަހުން މި މަހުގެ ތެރޭގައި ރާނީ އަށް ވަނީ ލޭގެ އިންފެކްޝަނެއް ވެސް ޖެހިވަޑައިގެންފަ އެވެ.

ތައިލެންޑުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ރަސްގެފާނު ބުމިބޯލް އަދުލްޔަދޭޖާ އެކު 60 އަހަރަށް ވުރެ ގިނަ ދުވަހު ކައިވެނިފުޅު ކުރައްވައިގެން ހުންނެވި ރާނީ ސިރިކިތުގެ ހަށިކޮޅު ބެންކޮކްގެ ގްރޭންޑް ޕެލަސްގެ ދުސިތު ތްރޯން ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި ރާނީގެ އާއިލާ އިން އެއް އަހަރު ދުވަސް ވަންދެން ހިތާމަ ފާޅު ކުރައްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާނީ ސިރްކިތު އާއި ރަސްގެފާނު ބުމިބޯލް ބައްދަލުވެ ވަޑައިގަތީ ފްރާންސްގެ ޕެރިހުގައި މިޔުޒިކް ކިޔަވާ ވިދާޅުވަމުން ގެންދެވި ދުވަސްވަރު އެވެ. އޭރު ރާނީގެ ބައްޕާފުޅަކީ ފްރާންސްގައި ހުންނެވި ތައިލެންޑުގެ ސަފީރެވެ. 1980 ވަނަ އަހަރު ބީބީސީ އަށް ދެއްވި އިންޓަވިޔުއެއްގައި ރާނީ ވިދާޅުވެފައި ވަނީ، ފުރަތަމަ ބައްދަލުވުމުގައި ރަސްގެފާނު ލަސްވެ ވަޑައިގެންނެވުމުން އެކަމާމެދު އެކަމަނާ ކޯފާވެ ވަޑައިގެންނެވި ކަމަށެވެ.

ދެ ބޭފުޅުން ކައިވެނި ކުރެއްވީ 1950 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަަނަ ދުވަހު އެވެ. އެއީ ރަސްގެފާނު ބުމިބޯލް ތާޖު އެޅުއްވި ދުވަހުގެ ހަފުތާއެއް ކުރިންނެވެ. 1960ގެ އަހަރު ތަކުގައި ދެ ބޭފުޅުން ދުނިޔޭގެ އެކި ހިސާބު ތަކަށް ދަތުރުފުޅު ކުރައްވައި، އެމެރިކާގެ ރައީސް ޑްވައިޓް އައިޒެންހަވާ އާއި، އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނަ އަދި އެލްވިސް ޕްރެސްލީއާ ވެސް ބައްދަލު ކުރެއްވި އެވެ.

ރާނީ ސިރިކިތު އާންމު ތަންތަނުގައި މަދުން ފެނިވަޑައިގަންނަވަން ފެށީ، 2012 ވަނަ އަހަރު ސްޓްރޯކެއް ޖެހުނު ފަހުންނެވެ. ރާނީ ސިރިކިތުގެ އުފަން ދުވަަހަކީ އޯގަސްޓު މަހުގެ 12 ވަނަ ދުވަސް ކަމަށްވާއިރު، 1976 ވަނަ އަހަރުން ފެށިގެން އެ ދުވަހަކީ ތައިލެންޑުގައި މަންމައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެވެ.

ރާނީ ސިރިކިތު އަވަހާރަވުމާ ގުޅިގެން ތައިލެންޑުގެ ބޮޑު ވަޒީރު އަނުޓިން ޗާންވިރަކުލް ވަނީ މެލޭޝިޔާ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އާސިއާން ސަމިޓަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ވެސް ކެންސަލް ކުރައްވައިފަ އެވެ.

މަސްދަރު: ބީބީސީ

ރާނީ ސިރިކިތްތައިލެންޑްގްރޭންޑް ޕެލަސް

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025
މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި
09 ސެޕްޓެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި

09 ސެޕްޓެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި
05 ސެޕްޓެމްބަރު 2025

ދެ އަހަރު ތެރޭ ތައިލެންޑްގެ ތިންވަނަ ބޮޑުވަޒީރު އިއުލާނު ކޮށްފި

05 ސެޕްޓެމްބަރު 2025
ދެ އަހަރު ތެރޭ ތައިލެންޑްގެ ތިންވަނަ ބޮޑުވަޒީރު އިއުލާނު ކޮށްފި
16 ޖުލައި 2025

މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި

16 ޖުލައި 2025
މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި
01 ޖުލައި 2025

ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑު ކުރުމަށް ކޯޓުން ނިންމައިފި

01 ޖުލައި 2025
ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑު ކުރުމަށް ކޯޓުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު