Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަންގްރިއްލާ ރިސޯޓު

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

ކޮވިޑް-19 އާ ގުޅިގެން 2020 ގައި ބަންދުކުރެވުނު އައްޑޫ ސިޓީގެ ޝަންގްރި-ލާ ވިލިނގިލީ ރިސޯޓް މިއަހަރުގެ ޑިސެންބަރު 31 ގެ ކުރިން އަލުން ހުޅުވުމަށް ނިންމާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2025 | އަންގާރަ 10:33
އައްޑޫ ސިޓީގެ ޝަންގްރިލާ ރިސޯޓު

އައްޑޫ ސިޓީގެ ޝަންގްރިލާ ރިސޯޓު

އޮކްޓޯބަރު 3 ގައި ސަރުކާރުގެ ގޯސް ކަންތަކާއި ދެކޮޅަށް އަޑު އުފުލުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުމުގެ ކުރިން، އައްޑޫ ސިޓީގެ ޝަންގްރިއްލާ ރިސޯޓު މިއަހަރުގެ ނިޔަލަށް އަލުން ހުޅުވަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ވެރިކަން ބަދަލުވި އިރު ޝަންގްރިއްލާ އޮތީ ހުޅުވަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް ގާނޫނީ ގޮތުން އެތަން އަލުން އޮޕަރޭޝަނަށް ގެނެވޭ ވަރަށް އިސްލާހުތައް ގެނެސްފަ އެވެ. ސަރުކާރުން ބުނީ ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ވަގުތީ ގޮތުން ބަންދުކުރި އައްޑޫ ސިޓީގެ ޝަންގްރިއްލާ ވިލިނގިލީ ރިސޯޓް އެންޑް ސްޕާ މިއަހަރުގެ ޑިސެންބަރު 31 ގެ ކުރިން އަލުން ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރިސޯޓު އަލުން ހުޅުވުމާ ގުޅޭގޮތުން ސަރުކާރުން އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއެކު ކުރި މަޝްވަރާތައް ކުރި ކަމަށް ބުނި ނަމަވެސް މިދިޔަ ވެރިކަމުގައި، ސަރުކާރުގައި އޮތް ޝަންގްރިއްލާ ރިސޯޓުގެ 30 އިންސައްތަ ހިއްސާ ދޫކޮށް ދިވެހިރާއްޖޭގެ ޓުއަރިޒަމާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޖުލައި 1، 2022 ގައެވެ.

ޝަންގްރިއްލާ ހިއްސާ ދޫކުރުމުގެ އެއްބަސްވުމުގައި ކުރީ ސަރުކާރުން ސޮއިކުރީ 28 އޮގަސްޓް 2023 ގައެވެ. ޝަންގްރިލާގެ 30 ޕަސެންޓް ހިއްސާ ސަރުކާރުގައި އޮތް އިރު ބާކީ ހިއްސާ އޮތީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގައެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ. އަދި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް އެފެއާޒް ޑިރެކްޓަރު ސައުދު އަބްދުﷲއެވެ.

ޝަންގްރިއްލާ ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ރިޔާސީ ވަޢުދެކެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭ ބަންދުކުރި ޝަންގްރިއްލާ ވިލިނގިލި ރިސޯޓު، ވެރިކަމުގެ ފުރަތަމަ އަހަރު ހުޅުވައި، އައްޑޫގެ ޓޫރިޒަމް ފުޅާ ކުރުމުގެ ސިޔާސަތެއްގެ ދަށުން، އިތުރު މަންޒިލްތަކަށް އުދުހޭ ގޮތަށް އައްޑޫ ބައިނަލްއަގުވާމީ އެއާޕޯޓު ތަރައްގީކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ޝަންގްރިއްލާ ރިސޯޓު ވަރަށް ސަމާލުކަން ދީގެން، ސަރުކާރުގެ ފުރަތަމަ އަހަރު، 2024ގެ ކުރީކޮޅު އެ ރިސޯޓު އޮޕަރޭޝަނަށް ގެނެސްދެއްވާނެ ކަމަށް ރައީސް އިންތިހާބުގެ ތެރޭގައި ވިދާޅުވެފައިވެއެވެ.

ނަމަވެސް މިހާތަނަށް އައި އިރުވެސް މި މަސައްކަތް ކުރެވިފައި ނުވެއެވެ.

ޝަންގްރި-ލާ ރިސޯޓުއައްްޑޫ ސިޓީއެކްސްޕޯ އިންވެސްޓްމަންޓްސްގަން އިންޓަރނޭޝަނަލް އެއަރޕޯޓްކޮވިޑް-19ފަތުރުވެރިކަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

07 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު