Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތައިލެންޑް

ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި

ތައިލެންޑްގެ އެންމެ މަތީ ކޯޓުން ކޮރަޕްޝަންގެ ތުހުމަތުގައި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން އެއް އަހަރަށް ޖަލަށްލާން ހުކުމް ކުރީ ކުރިން މި މައްސަލައިގައި ކުރި ހުކުމުގެ ތެރެއިން 6 މަސް ދުވަސް ހޮސްޕިޓަލުގައި ހުންނެވި ހުންނެވުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ކަނޑައެޅުމަށް ފަހުގައެވެ.

ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2025 | އަންގާރަ 16:05
ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާ އޭނާގެ އަންހެން ދަރިފުޅު ތައިލެންޑްގެ ދާދި ފަހުން މަގާމުން ވަކިކުރި ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނާވަތުރާ އާއެކު ބެންކޮކްގެ ސުޕްރީމް ކޯޓަށް އަންގާރަ ދުވަހު ވަޑައިގަންނަނަވަނީ

ތައިލެންޑްގެ އެންމެ މަތީ ކޯޓުން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާ އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

މި ހުކުމް ގުޅިފައި ވަނީ ކުރީގެ މައްސަލައަކާއެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ އަހަރުތަކަކަށް ޖަލަށްލުމަށް ޙުކުމް ކުރެވުނެވެ. ނަމަވެސް އޭނާ ޖަލުގައި ހޭދަކުރީ އެންމެ ދުވަހަކަށްވުރެ މަދު ވަގުތު ކޮޅަކަށެވެ. ޖަލަށް ގެންދެވުނު ތަނުން އޭނާގެ ބަލި ހާލަތު ހުރި ގޮތުން ކަމަށް ބުނެ އޭނާ ހޮސްޕިޓަލަށް ބަދަލު ކުރެވުނެވެ.

އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ނިންމީ މި ބަދަލު ކުރުން ޤާނޫނާ ޚިލާފު ކަމަށެވެ. އަދި އުމުރުން 76 އަހަރުގެ ތަކްސިން ޖަލުގައި ޙުކުމް ތަންފީޒު ކުރަންޖެހޭނެ ކަމަށެވެ.

2001 ވަނަ އަހަރު އޭނާ ފުރަތަމަ ބޮޑުވަޒީރު ކަމަށް އިންތިޚާބުވީ ހިސާބުން ފެށިގެން ތަކްސިން އާއި އޭނާގެ ޢާއިލާ އިން ތައިލެންޑްގެ ސިޔާސީ މަސްރަހުގައި އިސް ދައުރެއް އަންނަނީ އަދާކުރަމުންނެވެ. އޭނާގެ ދަރިކަނބަލުން ޕެޓޮންގްޓާން ވެސް ވަނީ ބޮޑު ވަޒީރުކަން ކުރައްވާފައެވެ. ނަމަވެސް ލީކުވި ފޯނުކޯލެއްގެ މައްސަލަ އާ ގުޅިގެން ފާއިތުވި މަހު އޭނާ މަޤާމުން ވަކިކުރެވުނެވެ.

"14 ވަނަ ފަންގިފިލާގެ މައްސަލަ" އިގެ ނަމުން ތައިލޭންޑް މީހުން ކިޔާ ތަކްސިންގެ މި މައްސަލަ އަކީ ފާއިތުވި މަސްތަކުގައި ތަކްސިން ކުރިމަތިލާން ޖެހުނު ހަމައެކަނި މައްސަލައެއް ނޫނެވެ.

އޭނާއާ ދެކޮޅަށް ތައިލެންޑްގެ ރަސްގެފާނަށް ފުރައްސާރަ ކުރުމުގެ ދަޢުވާ ވެސް އުފުލުނެވެ. ނަމަވެސް ފާއިތުވި މަހު ކޯޓަކުން ވަނީ ލޭސް-މަޖެސްޓޭގެ ކުށް ސާބިތު ނުވާކަމަށް ނިންމާފައެވެ.

"14 ވަނަ ފަންގިފިލާގެ މައްސަލަ" ގެ ނަމުން މި މައްސަލަ މަޝްހޫރުވީ ހޮސްޕިޓަލުގައި އޭނާ ހުންނެވީ 14 ވަނަ ފަންގިފިލާގައި ކަމުގައި ވާތީއެވެ. އެ ފަންގިފިލާ އަކީ ސެކިއުރިޓީ ވަރުގަދަ ޚިދުމަތް ފުރިހަމަ ތަނެއްކަމަށް އޮންނަނީ މަޝްހޫރު ވެފައެވެ.

މިހެން މިކަން ވުމުން ގިނަ ތައި ރައްޔިތުން ފާޑުކިޔަމުން ބުނެފައިވަނީ މުއްސަނދިންނާއި ބާރުގަދަ މީހުންނަށް އަބަދުވެސް ޚާއްޞަ އިމްތިޔާޒުތަކެއް ލިބޭ ކަމުގައެވެ.

އަންގާރަ ދުވަހުގެ ޙުކުމުގެ ކުރިން ގިނަ ބަޔަކު ތަކްސިންގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުން ގެންދިޔައެވެ.

ކޯޓަށް ކިޔާފައި ވަނިކޮށް ފާއިތުވި ހަފްތާގައި އޭނާ ޕްރައިވެޓް ޖެޓެއްގައި ތައިލެންޑުން ދުބާއި އަށް ދަތުރުކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ބޭސްފަރުވާ އަށް ކުރެއްވި ދަތުރެކެވެ. އަދި ކޯޓުގެ އަޑުއެހުމަށް އަނބުރާ އަންނަން ގަސްދުކުރާ ކަމަށް އޭނާ ސޯޝަލް މީޑިއާގައި ވިދާޅުވިއެވެ.

މި މައްސަލައިގައި ތަކްސިންގެ މައްޗަށް ކުރި ފުރަތަމަ ކުރި ހުކުމު ލުއިކޮށް ދިނުމަށް ރަސްގެފާނަށް ހުށަހެޅުމުން އޭނާގެ ހުކުމް އެއް އަހަރަށް ކުޑަކޮށްދެއްވިއެވެ.

ތަކްސިން ހޮސްޕިޓަލުގައި 6 މަސް ދުވަހު ހުންނެވުމަށްފަހު، ޕެރޯލް ލިބި ބެންކޮކްގައި ހުރި އޭނާގެ ގެއަށް ބަދަލުވިއެވެ.

އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރި ފަނޑިޔާރަކު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ތަކްސިން ހޮސްޕިޓަލުގައި ހުންނެވި އިރު އޭނާގެ ޙާލަތަކީ ނާޒުކު ނުވަތަ ކުއްލި ޙާލަތެއް ނޫންކަން އޭނާ އަށް އެނގޭ ކަމުގައެވެ.

އެހެން ކަމުން ހޮސްޕިޓަލުގައި އޭނާ ހުންނެވީ ޤާނޫނާ ޚިލާފަށް ކަމަށާއި ޖަލުގައި ހުކުމް ތަންފީޒު ކުރަން ޖެހޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ތަކްސިން ޝިނަވަޓްރާތައިލެންޑްޕޭތޯންތާންތައިލެންޑްގެ ސުޕްރީމް ކޯޓުކޮރަޕްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު