Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތައިލެންޑް

ދެ އަހަރު ތެރޭ ތައިލެންޑްގެ ތިންވަނަ ބޮޑުވަޒީރު އިއުލާނު ކޮށްފި

ބޮޑުވަޒީރުކަމަށް އަނުޓިން ވަޑައިގަތުމާއެކު ތައިލެންޑްގެ ސިޔާސީ މަސްރަހު ވަނީ ބަދަލުވެފައެވެ. އެހެން ނަމަވެސް ސިޔާސީ މަސްރަހަށް މާ ބޮޑު ފިނި ކަމެއް މިކަމުން އަންނާނެ ކަމަކަށް ތަޖުރިބާކާރުން ނުދެކެއެވެ.

ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2025 | ހުކުރު 12:03
އަނުޓިން އަކީ ދެ އަހަރު ތެރޭގައި ތައިލެންޑްގައި ވެރިކަން ކުރައްވާ ތިން ވަނަ ބޮޑުވަޒީރު

އަނުޓިން އަކީ ދެ އަހަރު ތެރޭގައި ތައިލެންޑްގައި ވެރިކަން ކުރައްވާ ތިން ވަނަ ބޮޑުވަޒީރު

ތައިލެންޑްގެ ޕާލިމަންޓުން ވިޔަފާރިވެރިޔާ އަނުޓިން ޗާންވިރަކުލް އެ ގައުމުގެ ބޮޑުވަޒީރު ކަމަށް އިންތިޚާބު ކޮށްފިއެވެ. މިއީ ދެ އަހަރު ތެރޭގައި ހޮވި އެ ގައުމުގެ ތިންވަނަ ބޮޑުވަޒީރެވެ.

މީގެ ކުރިން ހުންނެވި ބޮޑުވަޒީރު މަގާމުން ވަނީ ވަކި ކޮށްފައެވެ.

އެންމެ ފަހުން ހުންނެވި ތައިލެންޑްގެ އެންމެ ބާރުގަދަ ސިޔާސީ ޢާއިލާ އަށް ނިސްބަތްވާ ޕެޓޮންގްޓާން ޝިނަވަޓްރާ މަގާމުން ވަކި ކުރީ ކެމްބޯޑިއާއާ އެކު އޮތް ބޯޑަރު މައްސަލަ އާ ގުޅޭ ގޮތުން އޭނާ ދައްކަވާފައިވާ ވާހަކަ އަކާ ގުޅިގެން އެ ގައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ނެވެ.

ކޮންސްޓިއުޝަނަލް ކޯޓުން ބޮޑު ވަޒީރު މަގާމުން ވަކި ކުރި އިރު އަނުޓިން ގެ ބުމްޖައިތައި ޕާޓީ ވަނީ ޝިނަވަޓްރާގެ ފިއު ތައި އިސްކޮށް އޮތް ކޯލިޝަނުން ވަކިވެ، ޕާލިމަންޓުގައި ބޮޑުވަޒީރުކަން ހޯދުމަށް ބޭނުންވާ މިންވަރަށް ތާއީދު ހޯދާފައެވެ.

ނަމަވެސް، ފަހުގެ ތާރީޚުގައި ގިނަ ސަރުކާރުތަކެއް ކޯޓު އަމުރާއި އަސްކަރީ ބަޣާވާތްތަކުން ވައްޓާލާފައިވާ ތައިލެންޑަށް މި ހާލަތުގައިވެސް ހަމަޖެހުން ލިބިދާނެކަމާ މެދު ޝައްކު އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

2001 ގައި ޕެޓޮންގްޓާންގެ ބައްޕަ ތަކްސިން ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ފަހުން ތައިލެންޑްގެ ސިޔާސީ މަސްރަހް ގައި އިސްދައުރެއް އަދާކުރަމުން އައި ޝިނަވަޓްރާ ޢާއިލާއަށް އަނުޓިންގެ ބޮޑުވަޒީރުކަން ވެގެންދާނީ ގޮންޖެހުމެއް ކަމަށް ވެސް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ތަކްސިން އަމިއްލަ ޖެޓެއްގައި ކުއްލި އަކަށް ގައުމުން ބޭރަށް ވަޑައިގެންނެވި މައްސަލަ އަށް ތައިލެންޑްގައި ވަނީ ބޮޑަށް ސަމާލުކަން ލިބިފައެވެ.

ހުކުރު ދުވަހު އޭނާ ވަނީ ސޯޝަލް މީޑިއާގައި، ބޭސްފަރުވާއަށް ދުބާއީ އަށް ދަތުރު ކުރެއްވި ކަމަށާއި، މިހާރު ހިނގަމުންދާ، އޭނާ އަށް ޖަލު ހުކުމެއް އަތުވެދާނެ މައްސަލައިގެ އަޑުއެހުމަށް ސެޕްޓެމްބަރު 9 ގައި އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ކުރީގައި ޝިނަވަޓްރާ އާއިލާ އިން ހިންގަމުން އައި ސަރުކާރު ތަކުގައި ގެންގުޅެފައިވާ ރައްޔިތުންނަށް ފައިދާހުރި ސިޔާސަތުތަކުގެ ސަބަބުން މަދުން އާމްދަނީ ލިބޭ ތައިލެންޑުގެ ރައްޔިތުންގެ ތާއީދު އެ އާއިލާ އަށް ލިބުނު ނަމަވެސް، ބެންކޮކްގެ ކޮންޒަވެޓިވް-ރޯޔަލިސްޓް އެލީޓުން މި ސިޔާސަތުތަކަށް ތާއީދެެއް ނުކުރެއެވެ. ތަކްސިން އާއި އޭނާގެ ދައްތަ ޔިންގްލަކް، ދެ ބޭފުޅުންވެސް ބޮޑުވަޒީރުކަމުގައި ތިއްބަވަނިކޮށް، 2006 އަދި 2014 ގައި އަސްކަރީ ބަޣާވާތެއް ގެނެސް ވެރިކަމުން ވައްޓާލެވުނެވެ.

އެންމެ ފަހުން މަގާމު ގެއްލުނު ޕެޓޮންގްޓާން އަކީ ކޮންސްޓިޓިއުޝަނަލް ކޯޓުން މަގާމުން ވަކިކުރި ފަސްވަނަ ބޮޑުވަޒީރެވެ. މި ފަސް ފަރާތަކީ ވެސް ތަކްސިންގެ ތާއީދު އޮތް ސަރުކާރުތަކުގެ ބޮޑުވަޒީރުންނެވެ.

މަގާމުން ވަކި ކުރި ބޮޑު ވަޒީރުގެ ފިއު ތައި އިސްކޮށް އޮތް ކޯލިޝަނުން ސަރުކާރު އުފެއްދީ އިންތިޚާބު ކާމިޔާބުކުރި ރިފޯމް ޕާޓީއަށް ސަރުކާރު އުފެއްދުން މަނާކުރުމާ ގުޅިގެންނެވެ. އޭގެ ފަހުން އެ ޕާޓީ އުވާލައި، އޭގެ ބައެއް ލީޑަރުން 10 އަހަރަށް ސިޔާސީ މަސްރަހުން ދުރުކުރެވުނެވެ. އޭގެ ބަދަލުގައި އުފެއްދި ޕީޕަލްސް ޕާޓީ މިހާރު ހިމެނެނީ އަލަށް ހޮވި ބޮޑު ވަޒީރު އަނުޓިން އަށް ތާއީދުކުރާ ފަރާތްތަކުގެ ތެރޭގައެވެ. އެއީ ޕާލިމަންޓުގައި އެންމެ ގިނަ ގޮނޑި އޮތް ޕާޓީ ނަމަވެސް، އަދިވެސް ސަރުކާރު އުފެއްދުން އެ ޕާޓީ އަށް ވަނީ މަނާ ކޮށްފައެވެ.

58 އަހަރުގެ އަނުޓިން އަކީ ތަޖުރިބާކާރު ސިޔާސީ ފަރާތެއް ނަމަވެސް އޭނާގެ ބުމްޖައިތައި (ޕްރައުޑް ޓު ބީ ތައި) ޕާޓީ އަށް ޕާލިމަންޓުގެ 500 ގޮނޑިން ލިބިފައިވަނީ 69 ގޮނޑިއެވެ. އެހެންކަމުން އޭނާ އަށް ވެރިކަން ކުރެއްވޭނީ އެންމެ ބޮޑު ދެ ޕާޓީގެ ތެރެއިން އެއް ޕާޓީގެ ތާއީދާ އެކުގައެވެ.

އެ ގޮތުން އޭނާ އަށް ތާއީދު ކުރި ޕީޕަލްސް ޕާޓީން ވަނީ އަނުޓިންގެ ބޮޑުވަޒީރުކަމަށް ހަރުކަށި ޝަރުތުތަކެއް ކޮށްފައެވެ. އެ ޕާޓީން ވަނީ ހަތަރު މަސް ތެރޭގައި އިންތިޚާބަކަށް ދިއުމަށާއި، އަސްކަރިއްޔާ އިން ހެދި ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ފެށުމަށް އަނުޓިންގެ އެއްބަސްވުން ހޯދާފައެވެ. އެ ޕާޓީން ތާއީދު ކުރަނީ އިންތިޚާބާ ހަމައަށް އައު ސަރުކާރު ދެމެހެއްޓުމަށް އެކަންޏެވެ. އެހެން ކަމުން އަނުޓިން ބޮޑުވަޒީރު ކަމަށް ވަޑައިގަތީ އަތްފައި ބަނދެވިފައި ހުރި ފަރާތެއްގެ ގޮތުގައި ހަމައެކަނި ހަތަރު މަސް ދުވަހުގެ މުއްދަތެއްގައި މަގާމު ގައި ހުންނެވުމަށެވެ.

އަނުޓިން އަކީ މުއްސަނދި ސިޔާސީ ޢާއިލާ އަކަށް ނިސްބަތްވާ ފަރާތެކެވެ. އޭނާގެ ބައްޕަ އަކީ ވަޒީރުކަން އެކި ފަހަރު މަތިން ކުރައްވާފައިވާ ފަރާތެކެވެ. އޭނާގެ އާއިލާ އަކީ އިމާރާތް ކުރުމުގެ ސިނާއަތުގައި ފާހަގަ ކުރެވޭ އާއިލާއެކެވެ. ބޮޑުވަޒީރު ކަމަށް އޭނާ އަށް ވޯޓުލި އައު ޕާލިމަންޓު އިމާރާތް އަޅާފައި ވަނީ ވެސް އޭނާގެ އާއިލާގެ ކުންފުނިންނެވެ. އޭނާއަކީ އަމިއްލަ ތިން މަތިންދާބޯޓު އޮންނަ، ޝައުގުވެރި ކަމާއެކު ޕައިލެޓްކަން ކުރާ ފަރާތެކެވެ. މިހާރު އޭނާ އަށް އޮތް ޗެލެންޖަކީ ވަރަށް ކުރު މުއްދަތެއްގައި އޭނާގެ ގައުމަށް ކުރިމަތިވެފައިވާ ސިޔާސީ ހަމަނުޖެހުމުން އަރައިގަތުމަށް ގައުމުގެ ހުންގާނު ހިފުމެވެ.

މަސްދަރު: ބީބީސީ

އަނުޓިން ޗާންވިރަކުލްޕެޓޮންގްޓާން ޝިނަވަތުރާބުމްޖައިތައި ޕާޓީފިއު ތައި ޕާޓީތައި ސިޔާސީ ހަމަނުޖެހުންތައިލެންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025
އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ

އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ

25 އޮކްޓޯބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި

ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި

09 ސެޕްޓެމްބަރު 2025
މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި

މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި

16 ޖުލައި 2025
ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑު ކުރުމަށް ކޯޓުން ނިންމައިފި

ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑު ކުރުމަށް ކޯޓުން ނިންމައިފި

01 ޖުލައި 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު