Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ކޮވިޑް-19 ވެކްސިން

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

އެމެރިކާ ސަރުކާރުން ވަނީ ވެކްސިންގެ ދިރާސާތަކަށް ދޭ ފައިސާ ބޮޑުތަން ދަށްކޮށްފައެވެ. އެމެރިކާ ސަރުކާރުން ވަނީ ދުޅަހެޔޮ ކުޑަކުދިންނާއި ޓީންއޭޖަރުންނަށް ކޮވިޑް ވެކްސިން ޖެހުމުގެ އިރުޝާދު އުވާލާފައެވެ. އެހެން ނަމަވެސް ސިއްހަތާ ބެހޭ ޖަމްއިއްޔާ ތަކުން އެމެރިކާ ސަރުކާރުގެ މި ސިޔާސަތުތަކަށް ފާޅުގައި ގެންދަނީ ދެކޮޅު ހަދަމުންނެވެ.

ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2025 | ހޮނިހިރު 02:08
ކޮވިޑް ވެކްސިން

ކޮވިޑް ވެކްސިން

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަމުންދާ ކަމަށާއި، އަދި ވެކްސިން ޖެހުން މަދުކުރުމަށް ބާރު އެޅުމަށް އެމެރިކާ ސަރުކަރުން ވިސްނަމުންދާކަމަށް ވޮޝިންގްޓަން ޕޯސްޓުން ހުކުރު ދުވަހު ރިޕޯޓު ކޮށްފައިވެއެވެ.

މި ހޯދުންތައް ބިނާވެފައި ވަނީ ފެޑެރަލް ވެކްސިން އެޑްވާރސް އިވެންޓް ރިޕޯޓިންގ ސިސްޓަމް (ވެއަރސް) އަށް ހުށަހެޅިފައިވާ މައުލޫމާތުތަކުގެ މައްޗަށް ކަމަށާއި، މި ސިސްޓަމުގައި ހިމެނެނީ ވެކްސިންގެ ސައިޑް އިފެކްޓްތަކާއި ނޭދެވޭ ތަޖުރިބާތަކުގެ ޔަގީން ކުރެވިފައިނުވާ ރިޕޯޓުތަކެވެ.

ޔޫއެސް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އަދި ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ މުވައްޒަފުން އާންމު ގޮތެއްގައި ވެއަރސް އަދި އެހެނިހެން ސަލާމަތީ މޮނިޓަރިންގ ޑޭޓާ ދިރާސާ ކުރާ ކަމަށް ޔޫއެސް ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސަރވިސަސް އިން ބުނެފައިވެއެވެ.

ވެކްސިން ގެ ރައްކައުތެރި ކަމާ ބެހޭ ފުރިހަމަ މައުލޫމާތު އާންމުކޮށް ހިއްސާ ކުރެވެންދެން، މިއީ "ހަމައެކަނި ލަފާކުރުމެއް" ކަމުގައި ބެލުމަށް އެ ބަޔާނުގައި އިތުރުކޮށްފައިވެއެވެ.

ވެކްސިން އުފައްދާ ކުންފުނިތަކުގެ ތެރެއިން މޮޑަރނާގެ ހިއްސާ 8 އިންސައްތަ ދަށަށް ގޮސްފައި ވާއިރު، ފައިޒަރގެ ހިއްސާ 3 އިންސައްތަ އަށް ވުރެ ބޮޑަށް ދަށަށް ގޮސްފައިވެއެވެ. ބަޔޯއެންޓެކްގެ އެމެރިކާ ގައި ލިސްޓުކުރެވިފައިވާ ހިއްސާ 9 އިންސައްތަ އަށް ވުރެ ބޮޑަށް ދަށަށް ގޮސްފައިވެއެވެ.

ޓްރަމްޕްގެ ސިއްހީ އޮފިޝަލުން، ކުޑަކުދިންގެ މި މަރުތަކާ ކޮވިޑް ވެކްސިން އާ ހުރި ގުޅުމުގެ ވާހަކަ ހިމަނަން ގަސްތު ކުރަނީ އަންނަ ހަފްތާގައި ސީޑީސީގެ މާހިރުންގެ ޕެނަލް އަށް ހުށަހަޅާ ޕްރެޒެންޓޭޝަނެއްގައި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

90 އަށްވުރެ ގިނަ ގައުމުތަކުގެ ރެގިއުލޭޓަރުން ކުޑަކުދިންނާއި މާބަނޑު އަންހެނުންނަށް މޮޑަރނާގެ ކޮވިޑް-19 ވެކްސިން ދިނުމާ ގުޅިގެން އައު ނުވަތަ ހާމަނުކުރެވި ހުރި ކަންބޮޑުވުންތަކެއް ފާހަގަކޮށްފައި ނުވާ ކަމަށް ކުންފުނިން ރޮއިޓާރސް އަށް ފޮނުވި އީމެއިލް ޖަވާބެއްގައި ބުނެފައިވެއެވެ.

ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި އެފްޑީއޭގެ ކޮމިޝަނަރ މާޓީ މަކާރީ ބުނެފައި ވަނީ "ކޮވިޑް ވެކްސިންގެ ސަބަބުން ކުޑަކުދިން މަރުވެފައިވާ" ކަމަށެވެ. އޭނާ މި ވާހަކަ ދެއްކީ ވެއަރސް ޑޭޓާބޭސް އަށް ހަވާލާދީއެވެ.

"އަޅުގަނޑުމެން ރަނގަޅު ތަހުގީގެއް ކުރަމުން މިދަނީ،" އޭނާ އެ އިންޓަވިއުގައި ބުނެފައިވެއެވެ. އެފްޑީއޭ އިން އަންނަ ހަފްތާތަކުގައި ރިޕޯޓެއް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ވެކްސިންތަކާ މެދު ދިގު މުއްދަތެއްގައި ފާޑުވިދާޅުވެފައިވާ އެމެރިކާގެ ހެލްތު ސެކްރެޓަރީ ރޮބަޓް އެފް. ކެނެޑީ ޖޫނިއަރ ވަނީ ކޮވިޑް-19 ވެކްސިން ޖެހުމުގެ ސިޔާސަތައް ބޮޑު ބަދަލެއް ގެނެސްފައެވެ. އެމެރިކާ ސަރުކާރުން ވަނީ ދުޅަހެޔޮ ކުޑަކުދިންނާއި، ޓީންއޭޖަރުންނާއި މާބަނޑު އަންހެނުންނަށް އާންމުކޮށް ވެކްސިން ޖެހުމުގެ ލަފާ އުވާލައި، އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކެއް ހުންނަ މީހުންނަށް އެކަނި ވެކްސިން ދިނުމަށް އިރުޝާދު ދީފައެވެ.

މި ސިޔާސަތު ބަދަލުވުމާ ގުޅިގެން އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސް ހިމެނޭގޮތަށް މެޑިކަލް އަދި ޕަބްލިކް ހެލްތު ޖަމްއިއްޔާތަކުން ދެކޮޅުހަދާފައިވެއެވެ. އެމެރިކާގެ ސަރުކާރުގެ ސިޔާސަތު ތަކާ ޚިލާފަށް މި ފަރާތްތަކުން ގެންދަނީ ކުޑަކުދިންނާއި މާބަނޑު އަންހެނުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާދެމުންނެވެ.

ކޮންގްރެސްގެ ޕްރެޝަރާއި، އާންމު ސިއްހަތާ ގުޅޭ ކަންބޮޑުވުންތަކާއި، ގައުމީ ފެންވަރުގައި ވެކްސިންގެ ސިޔާސަތުތައް ބަދަލުކުރުމުގެ ސިޔާސީ ނުރައްކާތައް ހުރި ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކެނެޑީއަށް ތާއީދު ކުރައްވާފައެވެ.

ކެނެޑީ ވަނީ ވެކްސިން ދިރާސާތަކަށް ދޭ ފައިސާ ބޮޑުތަން މަދުކޮށް، އެމެރިކާގެ ވެކްސިން އާ ބެހޭ ލަފާ ދޭ ސީޑީސީގެ އިސްވެރިޔާ ވަޒީފާއިން ވަކިކޮށް، ވެކްސިންގެ މާހިރުންގެ ޕެނަލްގެ 17 މެންބަރުން ވަކިކޮށް، އޭނާ އަމިއްލައަށް ހޮވާ ލަފާދޭ ބަޔަކު އައްޔަންކޮށްފައެވެ.

މަސްދަރު: ރޮއިޓާރސް

ކޮވިޑް-19 ވެކްސިންއެމްއެފްޑީއޭރޮބަޓް ކެނެޑީ ޖޫނިއަރމޮޑާނާ

ކޮމެންޓް

އިތުރަށް ކިޔާލަން

މިންގަނޑަށް ނުފެތޭ 25 ކެފޭ އަދި ރެސްޓޯރަންޓް ބަންދުކޮށްފި

މިންގަނޑަށް ނުފެތޭ 25 ކެފޭ އަދި ރެސްޓޯރަންޓް ބަންދުކޮށްފި

23 ސެޕްޓެމްބަރު 2025
އެމެރިކާގެ މެޑިކަލް ޖަމިއްޔާ ތަކުން، ހެލްތު ސެކްރެޓަރީ ކެނެޑީގެ އިސްތިއުފާ އަށް ގޮވާލައިފި

އެމެރިކާގެ މެޑިކަލް ޖަމިއްޔާ ތަކުން، ހެލްތު ސެކްރެޓަރީ ކެނެޑީގެ އިސްތިއުފާ އަށް ގޮވާލައިފި

05 ސެޕްޓެމްބަރު 2025
ކުޑަކުދިންގެ ކެއްސުމުގެ ބޭހެއްގެ ގޮތުގައި ބޭނުންކުރާ 'ކޮފްސީ ސިރަޕް' ވިއްކުމާއި އެތެރެކުރުން މަނާކޮށްފި

ކުޑަކުދިންގެ ކެއްސުމުގެ ބޭހެއްގެ ގޮތުގައި ބޭނުންކުރާ 'ކޮފްސީ ސިރަޕް' ވިއްކުމާއި އެތެރެކުރުން މަނާކޮށްފި

20 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ބޭސް ނުލިބޭ މައްސަލައަށް ހައްލު ލިބޭނެ ދުވަހެއް ދަންނަވަން ދަތި، އެސްޓީއޯއަށް ގެނެވެނީ ބޭނުންވާ ބޭހުގެ %30 : ޝިމާދު

ބޭސް ނުލިބޭ މައްސަލައަށް ހައްލު ލިބޭނެ ދުވަހެއް ދަންނަވަން ދަތި، އެސްޓީއޯއަށް ގެނެވެނީ ބޭނުންވާ ބޭހުގެ %30 : ޝިމާދު

02 ޖުލައި 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު