Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިބްރާހިމް އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ޚަރަދުތައް އިތުރުކޮށް 700 މީހުންގެ ބަދަލުގައި 3000 އަށްވުރެ ގިނަ މީހުން ސިޔާސީ މަޤާމުތަކުގައި ބަހައްޓާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2025 | ބުރާސްފަތި 11:14
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ - ފައިލް

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ - ފައިލް

މިހާރުގެ ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެންނަ ކަމަށާއި، ސިޔާސީ މަގާމުތަކުގައި އެކަނިވެސް 3000 މީހުން އެބަތިބި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ކޮވިޑާ އަދި އޭގެ ފަހުން ޔޫކްރޭން ހަނގުރާމައަށް އެއްކޮށްވެސް ރާއްޖޭގެ އިޤްތިޞާދު ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށެވެ. އަދި ބަޔަކު ގަބޫލު ނުކުރިޔަސް މިއީ ހަގީގަތް ކަމަށާއި، ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުން ގާތްގަނޑަކަށް 32 ޕަސެންޓް ވަރު ގެއްލިގެންދިޔަ ކަމަށެވެ. އަދި އޭރު ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 60 ވަރަކަށް ޕަސެންޓް ދަށަށް ދިޔަ ކަމަށެވެ. އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމަށާއި، އަމިއްލަ ފަރުދުންގެ ދިރިއުޅުން ހިފެހެއްޓުމަށާއި، ވިޔަފާރިތައް ބަނގުރޫޓްނުވެ ހިފެހެއްޓުމަށް އޭރު ކުރަން ޖެހުނު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަމީރު ވިދާޅުވީ އެއިރު ޚަރަދުވެސް ކުޑަކުރި ކަމަށާއި، ސަރުކާރުގެ ޚަރަދުތައް ކުޑަކޮށްގެން، ދެން ކުރަން ޖެހުނު ކަންތައް ކޮށްގެން މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ. އަމީރު ވިދާޅުވީ ދަރަންޏަށް ފައިސާ ވެސް ނެގި ކަމަށާއި ދަރަންޏަށް ފައިސާ ނަގަން ޖެހުނީ އޭރު ކޮންމެހެން ބޭނުންޖެހިގެން ކަމަށެވެ.

އެއީ އަޅުގަނޑުމެންނަށް ކުއްލިއަކަށް ދިމާވި ބޮޑު އާލަމީ ވަބާއަކުން މުޅި ޤައުމު ސަލާމަތްކުރުމަށްޓަކައި. އެ ކަންތައް އަޅުގަނޑުމެން ކުރީ. ކޮށްގެން އައިސް ހަމަ ދެހާސް ބާވީސް ވަނަ އަހަރު ކުރީކޮޅަށް ދިޔައިރު ހަމަ ރާއްޖޭގެ އިޤްތިޞާދު، އޭރު ދެހާސް ނަވާރަގައި އިޤްތިޞާދަށްވުރެ ބޮޑު ފުޅާ އިޤްތިޞާދަކަށް ވެފައި އޮތީ. ދެން އަނެއްކާ ހަމަ ރިހޭ ފައިމައްޗަށް ފޮއިގޮތަށް އަޅުގަނޑުމެންނަށް ޔުކްރެއިން ހަނގުރާމައަށް ދިމާވޭ. އެއާއެއްކޮށް ތެލުގެ އަގު ހަމަ އިންތިހާއަށް ބޮޑުވެގެންދިޔައީ. އާއްމުކޮށް އަޅުގަނޑުމެން މަހަކު ފަންސަވީސް މިލިއަން ޑޮލަރު ތެލަށް ޚަރަދުކުރަންޏާ ގާތްގަނޑަށް ފަސްދޮޅަސްފަހެއް މިލިއަން ޑޮލަރަށް އިތުރުވެގެންދިޔައީ. އެހެންވީމާ، އަޅުގަނޑުމެން ނެތިން އެ ވާހަކަތައް ދޮގުކުރ މިހާރު ސަރުކާރުގައި ތިބި ބޭފުޅުންނަށް އެނގެންޖެހޭނެ. އޭރު އެ ކަންތައްތައް ހިނގާދިޔައީ ކީއްވެކަން ހަމަ ރަނގަޅަށް ބަލާފައި، ދެން މިހާރު ވާހަކަ ދައްކަންޖެހޭނެ. އެހެންވީމާ، މިހާރު ވީގޮތަކީ، އޭރު އަޅުގަނޑުމެން އެ އޭރު ބޭނުންވާ ސިޔާސަތުތައް، އިޖުތިމާޢީ، އިޤްތިޞާދީ އަދި މާލީ ސިޔާސަތުތައް ގެނެސްގެން ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުން.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ދެއަމީރު ވިދާޅުވީ އެމްޑީޕީ ސަރުކާރު ބަދަލުވެގެން މިހާރު ކަންކަން ކުރަން ތިބީ އެހެން ބައެއް ކަމަށާއި، މި ސަރުކާރުން ހަރަދު ކުޑަކޮށްގެން މާލީ ރިފޯމުތައް ގެންނަން ޖެހޭ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނުކުރާ ކަމަށާއި، ޚަރަދުތައް ކުޑައެއް ނުކުރެވޭ އިރު އެމްޑީޕީ ސަރުކާރަށްވުރެ މިހާރު އޮތް ޕީއެންސީ ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑު ކަމަށް އަމީރު ވިދާޅުވިއެވެ.

މިސާލަކަށް ބަލާ. އަޅުގަނޑުމެންގެ ސަރުކާރުގައި ހުރި މިންވަރުގެ ހިފެހެއްޓުން ނަމަވެސް އެންމެ ރަނގަޅު ހަތް ސަތޭކަ މީހުން ސިޔާސީ ވަޒީފާގެ ހިފަހައްޓާނަމޭ ބުނެ އައި މީހުން މިހާރު ގައިނަށް ތިން ހާހަށް ގައާއެކު ވަރަށް ސިޔާސީ އަދަދު މީހުން އެބަތިބި. ކުންފުނިތައް ކުރިއަށް ވުރެވެސް ހަމަ އިތުރަށް ގޯސްވެގެންދިޔައީ. ހަމަ ކުންފުނިތަކުގެ ޕޭރޯލު، ސެލެރީ ދޭ މިންވަރު އިތުރުވެގެންދިޔަ އިންތިހާއަށް ހަމަ ކުންފުނިތައް، އަޅުގަނޑު އަތުގައި އެބަހުރި ހަމަ ތަފާސްހިސާބުތައް. އިތުރުވެގެންދިޔަ މުވައްޒަފުންގެ އަދަދުތައް. އެހެންވީމަ ކުރިއަށް ވުރެ ގޯސްވީ. ދެން އެއާއެއްކޮށް ހަމަ ތި ވިދާޅުވިހެން މިސާލަކަށް މިހާރު އެކްސްޗޭންޖް ރޭޓް ގަވާއިދަށް ގެނެވުނު ބަދަލުތަކާ އެއްކޮށް މި މާކެޓްގެ އެހާ ފޯސްފްލީ އިނގޭތޯ ހަމަ ސަރުކާރުން މި ގެނެވުނު ބަދަލުތަކާ އެއްކޮށް ރައްޔިތުން އަދި އިޤްތިޞާދު، ވިޔަފާރިތަކުން ސަރުކާރަށް އޮންނަ އިތުބާރު ގެއްލިގެންދޭ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އަމީރު ވިދާޅުވީ ފެނިގެންދަނީ ހިފެހެއްޓުމެއް ނެތް ގޮތުގައި ޕެރެލެލް މާކެޓުގައި ޑޮލަރުގެ އަގު ބޮޑުވަމުންދާތަން ކަމަށެވެ. ދަރަނީގެ ގޮތުގައި އެމްޑީޕީ ސަރުކާރު އޮތް އިރު ފަސް އަހަރު ތެރޭގައި ގާތްގަނޑަކަށް 60 ބިލިއަނެއްހާ ރުފިޔާ އިތުރުވި ކަމަށާއި، އޭގެއިން 19 ބިލިއަން ރުފިޔާއަކީ އެއީ ކޮވިޑު ނައިނަމަ އިތުރުވެނުވާނެ އަދަދެއް ކަމަށެވެ. އަދި ކޮވިޑަށް ކަނޑާލާފައި ގާތްގަނޑަކަށް 37 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ހިމެނޭ ކަމަށާއި، އެ ރުފިޔާގެ ތެރެއިންގެ 9 ވަރަކަށް ބިލިއަން ރުފިޔާއަކީ އެއީ، ކުރީގައި ރައީސް ޔާމީން ސަރުކާރުން ނަގާފައި ހުރި ދަރަނިތައް ކަމަށް އަމީރު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ފަސް އަހަރުގެ ތިރީސް ބިލިއަން ރުފިޔާ. މި ބޭފުޅުން މިހާރު ދެ އަހަރު ނުވަނީސް، ތިރީސްއަށެއް ބިލިއަން ރުފިޔާ ޚަރަދުކޮށް، ކޮންކަމެއްތޯ ކުރެވުނީ؟ ރާއްޖޭގެ ހުރިހާ ރަށެއްގައި އަޅުގަނޑުމެން ފަށާފައި ހުރި ހުރިހާ ޕްރޮޖެކްޓްސްތަކެއްހެން ހުއްޓިފައި ހުރީ. އާ އެއްވެސް މަސައްކަތެއް ނުކުރެވޭ. ރާއްޖޭގެ އިޤްތިޞާދު މި ދަނީ ދުވަހެއް ދުވަހަކަށް ދަށަށް. މާލީ ކަންކަން މި ދަނީ ދުވަހެއް ދުވަހަކަށް ގޯހުން ގޯހަށް. އެހެންވީމާ، އެއްވެސް ކަމެއް ރަނގަޅެއް ނުވޭ. އެހެންވީމާ، މިހާރު ދެ އަހަރު ފަހުން ހަމަ ކުރީ ސަރުކާރުން، ކުރީ ސަރުކާރޭ ކިޔާފައި ދެ އަހަރު ފަހުން އެ ބޭފުޅުންނަށް އެއްވެސް ގޮތަކަށް ސަލާމަތެއް ނުވެވޭނެ. ތަންދޮރު ނުދަންނަ ބަޔަކު އައިސް، ހަމަ އެގޮތަށް ކަންތައްތައް ކުރީމާ ވާނީ މިހެން އިނގޭތޯ. އަދި ކިތަންމެ ރަނގަޅު އިޤްތިޞާދެއް، މިހާރު ދުނިޔޭގެ އިޤްތިޞާދުތަކަށް ބަލައިލިޔަސް، ކޮވިޑުގައި އޮތް ހާލަތެއް ނޫން އޮތީކީ. ހަމަ ރަނގަޅަށް ހިންގޭނެ. ޓޫރިޒަމް އިތުރުވަމުން މި ދަނީ. ފަތުރުވެރިކަން އިތުރުވޭ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އަމީރު ވިދާޅުވީ މި ސަރުކާރަށް ރަނގަޅަށް ކަންކަން ހިންގެންވާނެ ކަމށެވެ. ނަމަވެސް ކޮރަޕްޝަނާއި، ފަސާދައާއި، އެ މީހުން ބޭނުންވަރަކަށް ވަޒީފާ އަށް މީހުން ނަގަމުން އަންނަ ކަމަށެވެ. އަދި އާރު.ޑީ.ސީ ނުވެސް ނެތް ތަންތަނުގައި އާރު.ޑީ.ސީ އަށް މުވައްޒަފުން ނަގާފައި، ވެމްކޯ ނުވެސް ނެއްތަނުގައި ވެމްކޯއަށް މުވައްޒަފުން ނަގާފައިވާ ކަމަށެވެ. އަދި އެފަރާތްތަކަށް ބަރާބަރަށް މުސާރަ ދެމުންދާ ކަމަށާއި، އޭ.ސީ.ސީ އާއި ހުރިހާ ތަނެއް ހުރި ނަމަވެސް މިއިންކަމެއް ބަލާނެ ތަނެއް ނެތްކަމަށެވެ.

އިބްރާހިމް އަމީރުކޮވިޑް-19ސިޔާސީ މަގާމުތައްސަރުކާރުގެ ދަރަނިއާރްޑީސީވެމްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ސަރުކާރުން 2.95 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލު ވިއްކަން ހުޅުވާލައިފި

ސަރުކާރުން 2.95 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލު ވިއްކަން ހުޅުވާލައިފި

13 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު