Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުތައިލެންޑް

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025 | އަންގާރަ 05:51

ތައިލެންޑުގައި މަރުވި ކަމަށް ނިންމާ ބުދު ދީނުގެ ފައްޅިއެއް ގައި އަންދާލުމަށް ސަންދޯކުގައި ގެންދަނިކޮށް އަންހެނަކު ހަރަކާތްކުރާކަން ފާހަގަވެ ހޮސްޕިޓަލަށް ގެންދިޔައެވެ. ސަންދޯކުގެ ތެރޭގައި އޮވެ ހަރަކާތްކުރާ ވީޑިއޯ އެއް ފައްޅީގެ ފޭސްބުކް ޕޭޖުގައި ވަނީ ހިއްސާ ކޮށްފައި.

ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2025 | އަންގާރަ 05:51
ތައިލެންޑްގައި މަރުވެފައިވާ ކަމަށް ބެލެވޭ ދުވަސްވީ އަންހެނެއްގެ ހަށިގަނޑު އަންދާލަން ގެންދަނިކޮށް ދިރިހުރިކަން އެނގިގެން ހޮސްޕިޓަލަށް ގެންދަނީ

ތައިލެންޑްގައި މަރުވެފައިވާ ކަމަށް ބެލެވޭ ދުވަސްވީ އަންހެނެއްގެ ހަށިގަނޑު އަންދާލަން ގެންދަނިކޮށް ދިރިހުރިކަން އެނގިގެން ހޮސްޕިޓަލަށް ގެންދަނީ

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ ތައިލެންޑުގެ އަންހެނަކު ހަރަކާތް ކުރާކަން ފާހަގަ ވެގެން ހޮސްޕިޓަލަކަށް ގެންގޮސްފި އެވެ.

އަންހެން މީހާ މަރުވި ކަމަށް ނިންމާ ސަންދޯކުގައި ގެންދިޔައީ ބުދު ދީނުގެ ފައްޅި އަކަށް އޭނާގެ ހަށިގަނޑުން އަންދާލުމަށެވެ.

މި އަންހެން މީހާގެ ވީޑިއޯ ބެންކޮކްގެ ބޭރުގައި އޮންނަ ނޮންތަބޫރީ ޕްރޮވިންސް ގައި ހުންނަ އެ ފައްޅީގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވެއެވެ. އެ ވީޑިއޯ އިން ފެންނަނީ ޕިކަޕެއްގެ ފަހަތުގައި އޮތް ހުދު ސަންދޯކެއްގެ ތެރޭގައި އަންހެނަކު އޮއްވައެވެ. އޭނާ އަތާއި ބޯ ކުޑަކޮށް ހަރަކާތްކުރަމުން ދިޔައެވެ.

ފައްޅީގެ ޖެނެރަލް އަދި ފައިނޭންޝިއަލް އެފެއާޒް މެނޭޖަރު، ހޯމަ ދުވަހު އެސޯސިއޭޓެޑް ޕްރެސް އަށް ބުނީ، 65 އަހަރުގެ އެ އަންހެން މީހާގެ ހަށިގަނޑު އަންދާލަން ގެނެސްފައި ވަނީ ފިޓްސަނުލޯކް ޕްރޮވިންސުން، އޭނާގެ ބޭބެ އިން ކަމަށެވެ.

އެމީހުންނަށް ސަންދޯކުގެ ތެރެއިން އަޑެއް އިވޭތީ، ވެގެން އުޅޭ ގޮތް ބެލީ ކަމަށް ބުނެފައިވެއެވެ.

"އަހަރެން ހައިރާންވެފައި، ސަންދޯއް ހުޅުވަން އެދުނީމެވެ. އަދި އެންމެން ހައިރާންވިއެވެ،" އޭނާ ބުންޏެވެ. "އޭނާގެ ލޯ ކުޑަކޮށް ހުޅުވާލާފައި، ސަންދޯކުގެ ބިތުގައި ތަޅަމުން ދިޔަ ތަން އަހަރެން ދުށީމެވެ. އޭނާ ވަރަށް ގިނައިރު ވަންދެން ތަޅަމުން ދިޔަ ކަމަށް ބެލެވެއެވެ."

އެ އަންހެން މީހާގެ ބޭބެ ބުނީ، އެ އަންހެން މީހާ ދެ އަހަރެއްހާ ދުވަސް ވަންދެން އެނދުމަތިވެފައި އޮތް ކަމަށާއި، ދެ ދުވަސް ކުރިން ނޭވާ ހުއްޓިފައި އޮތް ކަމަށް ގަބޫލު ކުރެވުނު ކަމަށެވެ.

އޭނާ މަރުވި ކަމަށް ނިންމާ ސަންދޯކަކަށް ލައިގެން ގާތްގަނޑަކަށް 300 މޭލު ދަތުރުކޮށް ބެންކޮކްގެ ހޮސްޕިޓަލަކަށް ގެންދިޔަ އެވެ. އެއީ މީގެ ކުރިން އެ އަންހެން މީހާ މަރުވުމުން ގުނަވަން ހަދިޔާކުރަން ބޭނުންވާ ކަމަށް އެދިފައިވާ އޮތުމުން ކަމަށް ބުންޏެވެ.

އޭނާގެ ބޭބެ ބުނީ، ހޮސްޕިޓަލުން އެ އަންހެން މީހާގެ ހަށިގަނޑު ބަލައިގަންނަން ދެކޮޅު ހެދީ އޭނާގެ ރަސްމީ މަރުގެ ސެޓްފިކެޓެއް ނެތުމުން ކަމަށެވެ. ހަށިގަނޑު އަންދާލުމަށް ފައްޅި އަށް އައުމުން ވެސް މަރުގެ ސެޓްފިކެޓް ނެތުމުން މައްސަލަ ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ.

ފައްޅީގެ މެނޭޖަރު ބުނީ، މަރުގެ ސެޓްފިކެޓެއް ހޯދާނެ ގޮތް އަންހެން މީހާގެ ބޭބެ އަށް ސާފުކޮށްދެމުން ދަނިކޮށް، ސަންދޯކުގެ ތެރެއިން އަންނަ އަޑެއް އިވުނު ކަމަށެވެ. ފައްޅީގެ މުވައްޒަފުން އެ އަންހެން މީހާ ބަލާފައި، ފަރުވާ ދިނުމަށް ކައިރީގައި ހުރި ހޮސްޕިޓަލަކަށް ފޮނުވިއެވެ.

މީގެ ކުރިންވެސް، ފިއުނެރަލް ހޯމްތަކުން މީހުން ދިރިހުއްޓާ ފެނުނު ހާދިސާތައް ރިޕޯޓްކޮށްފައިވެއެވެ.

ތައިލެންޑް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2025

އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ

25 އޮކްޓޯބަރު 2025
އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ
09 ސެޕްޓެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި

09 ސެޕްޓެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި
05 ސެޕްޓެމްބަރު 2025

ދެ އަހަރު ތެރޭ ތައިލެންޑްގެ ތިންވަނަ ބޮޑުވަޒީރު އިއުލާނު ކޮށްފި

05 ސެޕްޓެމްބަރު 2025
ދެ އަހަރު ތެރޭ ތައިލެންޑްގެ ތިންވަނަ ބޮޑުވަޒީރު އިއުލާނު ކޮށްފި
16 ޖުލައި 2025

މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި

16 ޖުލައި 2025
މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި
01 ޖުލައި 2025

ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑު ކުރުމަށް ކޯޓުން ނިންމައިފި

01 ޖުލައި 2025
ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑު ކުރުމަށް ކޯޓުން ނިންމައިފި
01 ޖުލައި 2025

ލީކުވި ފޯނު ކޯލެއްގެ މައްސަލައިގައި ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑް ކޮށްފި

01 ޖުލައި 2025
ލީކުވި ފޯނު ކޯލެއްގެ މައްސަލައިގައި ތައިލެންޑުގެ ބޮޑު ވަޒީރު ސަސްޕެންޑް ކޮށްފި
29 ޖޫން 2025

ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ

29 ޖޫން 2025
ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ
18 މާރިޗު 2024

ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ

18 މާރިޗު 2024
ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ
05 ޑިސެމްބަރު 2023

ތައިލަންޑުގައި ހިނގި ބަސް އެކްސިޑެންޓެއްގައި 14 މީހުން މަރުވެއްޖެ

05 ޑިސެމްބަރު 2023
ތައިލަންޑުގައި ހިނގި ބަސް އެކްސިޑެންޓެއްގައި 14 މީހުން މަރުވެއްޖެ
04 އޮކްޓޯބަރު 2023

ބެންގކޮކް މޯލްގައި ދިން ހަމަލާ: ދިވެއްސަކަށް އަނިޔާވިކަމަށް މިހާތަނަށް ރިޕޯޓެއް ނުކުރޭ

04 އޮކްޓޯބަރު 2023
ބެންގކޮކް މޯލްގައި ދިން ހަމަލާ: ދިވެއްސަކަށް އަނިޔާވިކަމަށް މިހާތަނަށް ރިޕޯޓެއް ނުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް