Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހެއިޓީގެ ހަމަނުޖެހުން

ހެއިޓީގައި އަވަސް އިންތިޚާބެއް ބާއްވާނަން - ވަގުތީ ބޮޑުވަޒީރު

އިންތިޚާބު ބާއްވާނެ ތާރީޚެއް ހެންރީ ހާމައެއް ނުކުރައްވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ޖުލައި 2021 | ބުރާސްފަތި 10:37
ހެއިޓީގެ ވަގުތީ ބޮޑުވަޒީރު އާރިއަލް އޮންރީ

ހެއިޓީގެ ވަގުތީ ބޮޑުވަޒީރު އާރިއަލް އޮންރީ

ހެއިޓީގައި އަވަސް އިންތިޚާބެއް ބާއްވާނެކަމަށް އެގައުމުގެ ވަގުތީ ބޮޑުވަޒީރު އެރިއަލް ހެންރީ ވިދާޅުވެއްޖެއެވެ.

ވަގުތީ ބޮޑުވަޒީރު މިހެން ވިދާޅުވެފައިވަނީ ހެއިޓީގެ ރައީސް އަވަހާރަކޮށްލުމާއެކު ގައުމުގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވަނިކޮށެވެ. ހެއިޓީގެ ރައީސް އަވަހާރަކޮށްލި އިރު ގައުމުގެ ހުރިހާ ބާރެއް އޮތީ އެމަނިކުފާނުގެ އަތްޕުޅުގައެވެ.

މިދިޔަ ހަފުތާގައި ވަގުތީ ބޮޑުވަޒީރުކަމަށް ހެންރީ އައްޔަން ކުރައްވާފައިވަނީ ގައުމު ހުއްޓުމަކަށް އައިސް އޭރު ހުރި ވަގުތީ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ހެންރީ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ އިންތިޚާބެއް ބޭއްވޭނެ އެންމެ އަވަސް މަގެއް ފަހިކޮށްދިނުން ކަމަށެވެ.

ނަމަވެސް އިންތިޚާބު ބާއްވާނީ ކޮން އިރަކު ކަމެއް ހެންރީ ވިދާޅެއް ނުވެއެވެ. ހެއިޓީގެ ރައީސް އަވަހާރަކޮށްލުމުގެ ކުރިން މި އަހަރުގެ ފަހުކޮޅު އިންތިޚާބެއް ބާއްވާނެކަމަށް ކުރިން ވިދާޅުވެފައިވެއެވެ.

ޖުލައި 7 ވަނަ ދުވަހު ހެއިޓީގެ ރައީސް މޮއިސް އަވަހާރަކޮށްލުމާ ގުޅިގެން ގައުމުގައި ސިޔާސީ ހަލަބޮލިކަން އިތުރުވެފައިވާ އިރު، ގައުމު އޮތީ ނާދިރު ފައްތަރެއްގައެވެ. މޮއިސް އަވަހާރަކޮށްލި ހާދިސާގައި އަނބިކަނބަލުންނަށް ވެސް ޒަހަމްތަކެއް ލިބިވަޑައިގެންނެވިއެވެ.

އެ ގައުމުގެ ރައީސް އަވަހާރަކޮށްލި ގްރޫޕްގައި ހިމެނެނީ އެކި ގައުމުތަކުގެ އަސްކަރިއްޔާގައި އުޅުމަށްފަހު ރިޓަޔަރވެފައިވާ ކޮމާންޑޯއިން ކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. މި ގްރޫޕްގައި ޖުމުލަ 28 މީހަކު ހިމެނޭ ކަމަށާއި 20 މީހަކު މިހާތަނަށް ހައްޔަރުކުރެވިފައިވާއިރު 3 މީހަކު މަރާލާފައިވާކަމަށް ވެސް ބުނެއެވެ. މި ހަމަލާގެ މުގުލުގައި ހުރި މީހާ ހޯދިފައި ނުވާކަން ހާމަކޮށްފައިވާއިރު އަދިވެސް 5 މީހަކު އަތުލައިގަނެވިފައި ނުވާކަމަށް ހާމަކުރެއެވެ. މިހާތަނަށް އެއްކުރި މައުލޫމާތުތަކުން ހަމަލާދިން މީހުންގެ ތެރޭގައި ކޮލަމްބިއާގެ އަސްކަރިއްޔާގައި އުޅުމަށްފަހު ރިޓަޔަރވެފައިވާ 26 ކޮމާންޑޯއިންނާއި ހެއިޓީގެ އަސްކަރިއްޔާގައި އުޅުމަށްފަހު ރިޓަޔަރވިފައިވާ 2 ކޮމާންޑޯއިން ހިމެނޭކަމަށް ވަނީ ބުނެފައެވެ.

ހެއިޓީގެ ރައީސް އަވަހާރަކޮށްލުމާއެކު އެގައުމުގައި ވެރިކަމުގެ ބާރުތަކާމެދު ވެސް ވަނީ ނުތަނަވަސްކަން އުފެދިއެވެ. ގާނޫނު ހަދާ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާއިރު، ގާނޫނުގައި ބުނާ ގޮތުން، ރައީސެއް ނެތް ހާލަތެއްގައި ގައުމުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވާނީ ސުޕްރީމް ކޯޓުގެ ރައީސެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ރައީސް ވަނީ ކޮވިޑްގައި ނިޔާވެފައެވެ.

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2017

ސްޕެއިން އިން ކެޓަލޯނިއާގައި އިންތިޚާބެއް ބާއްވަނީ

21 އޮކްޓޯބަރު 2017
ސްޕެއިން އިން ކެޓަލޯނިއާގައި އިންތިޚާބެއް ބާއްވަނީ
29 އޯގަސްޓު 2017

ތޫފާން ހާވީ:ޓެކްސަސްގެ ވަގުތީ ހިޔާތަކުގައި އެ ސްޓޭޓުގެ 30،000 ރައްޔިތުން ބައިތިއްބަން ޖެހޭނެ

29 އޯގަސްޓު 2017
ތޫފާން ހާވީ:ޓެކްސަސްގެ ވަގުތީ ހިޔާތަކުގައި އެ ސްޓޭޓުގެ 30،000 ރައްޔިތުން ބައިތިއްބަން ޖެހޭނެ
01 އޯގަސްޓު 2017

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި

01 އޯގަސްޓު 2017
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި
31 ޖުލައި 2017

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އިންތިޚާބުކުރުން އަންގާރަ ދުވަހަށް!

31 ޖުލައި 2017
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އިންތިޚާބުކުރުން އަންގާރަ ދުވަހަށް!
07 ޖޫން 2017

ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

07 ޖޫން 2017
ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު