Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރު މައްސަލަ

ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

ގަތަރާއި އަރަބި ހަ ގައުމަކުން ވަނީ ގުޅުން ކަނޑާލައިފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 7 ޖޫން 2017 | ބުދަ 10:12
ގަތަރަކީ އެގައުމުގެ މަސައްކަތް ކުރުމުގެ މާހައުލުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރާ ގައުމެއް

ގަތަރަކީ އެގައުމުގެ މަސައްކަތް ކުރުމުގެ މާހައުލުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރާ ގައުމެއް

ފިލިޕީންސް އިން އެގައުމުގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

ފިލިޕީންސް އިން ބުނީ ގަލްފު ސަރަހައްދަށް ދިމާވެފައިވާ ހަލަބޮލިކަމާ ހެދި ގައުމުން ބޭރުގައި މަސައްކަތް ކުރާ އެގައުމުގެ މަސައްކަތްތެރިންގެ ހާލާމެދު ކަންބޮޑުވާ ކަމަށެވެ.

އެގައުމުގެ ލޭބާ ސެކްރެޓަރީ ސިލްވަސްޓްރާ ބެލޯ ވިދާޅުވީ ހާލަތު ވަޒަންކޮށް ނިމެންދެން ވަގުތީ ގޮތުން އެގައުމުގެ މަސައްކަތްތެރިން ގަތަރަށް ދަތުރުކުރުން މަނާވާނެ ކަމަށެވެ.

މެދުއިރުމަތީގައި ޑޮކިއުމެންޓް ކުރެވިގެން މަސައްކަތް ކުރާ ފިލިޕީންސްގެ ދެ މިލިޔަނަށް ވުރެ ގިނަ މަސައްކަތްތެރިން އުޅޭ އިރު، އޭގެތެރެއިން 140،000 އެއްހާ ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރުގައި އުޅެއެވެ. ތެލުގެ މުއްސަނދި ކަން ލިބިފައިވާ ގަލްފުގެ ގައުމުތަކަށް ގިނަ އަދަދެއްގެ ފިލިޕީންސް ރައްޔިތުން މަސައްކަތް ކުރަންދާއިރު ސައުދީގައި ވެސް މިލިއަނެއްހާ ފިލިޕީންސް ރައްޔިތުން މަސައްކަތްކުރެއެވެ.

ގަތަރަކީ އެގައުމުގެ މަސައްކަތް ކުރުމުގެ މާހައުލުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރާ ގައުމެކެވެ.

ފިލިޕީންސް އިން އެގައުމުގެ މަސައްކަތްތެރިން ގަތަރަށް ދަތުރުކުރުން މަނާކުރި އިރު ގަތަރުން ޓެރަރިޒަމަށް ހިއްވަރު ދޭ ކަމަށް ބުނެ ގަތަރާ އެކު އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ވަނީ ކަނޑާލާފައެވެ. އެ ހަ ގައުމަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. މީގެ އިތުރުން ދިވެހި ރާއްޖެއިން ވެސް ވަނީ ގުޅުން ކަނޑާލާފައެވެ.

ގަތަރާއެކު އޮންނަ ގުޅުން ބައެއް އަރަބި ގައުމުތަކުން ކަނޑާލުމާއި ގުޅިގެން، ގަތަރުގެ ފޮރިން މިނިސްޓްރީން ބުނީ ގަތަރާމެދު އެ ގައުމުތަކުން ކަންކުރި ގޮތަކީ އެގައުމުތަކަށް މަގްބޫލު ސަބަބެއް ދެއްކޭނެ ކަމެއް ނޫން ކަމަށާއި އަދި ގަަތަރާއި މެދު ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު އަދި ހީތަކެއްގެ މައްޗަށް ދައްކާ ވާހަކަތަކެއް ކަަމަށެވެ. ގަަތަރުގެ ބަޔާނުގައި އިތުރަށް ބުނީ މިހާރު ހިނގާ ކަންކަމުން ދޭހަވެގެން ދަނީ ގަތަރުގެ ދައުލަތް ނިކަމެތިކޮށްލަން މަސައްކަތް ކުރާ ކަން ކަމަށެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
22 މާރިޗު 2017

ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި

22 މާރިޗު 2017
ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި
22 މާރިޗު 2017

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު