Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްޕެއިން

ސްޕެއިން އިން ކެޓަލޯނިއާގައި އިންތިޚާބެއް ބާއްވަނީ

21 އޮކްޓޯބަރު 2017 | ހޮނިހިރު 14:10

ބޭނުމަކީ ކެޓަލޯނިއާ ސްޕެއިންގެ މައި ސަރުކާރުގެ ދަށަށް ގެނައުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 21 އޮކްޓޯބަރު 2017 | ހޮނިހިރު 14:10
ސްޕެއިންގެ ބޮޑު ވަޒީރު މާރިއާނޯ ރަޚޮއި: އެމަނިކުފާނު ދާދިފަހުން ވިދާޅުވީ ސްޕެއިންއަށް މިހާރު ދިމާވެފައިވާ ހާލަތަކީ އެގައުމުގެ 40 އަހަރުގެ ޑިމޮކްރަސީގެ ތާރީޚުގައި ދިމާވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަ

ސްޕެއިންގެ ކެޓަލޯނިއާ ސަރުކާރުގެ ވެރިން މަގާމުން ދުރުކޮށް ކެޓަލޯނިއާ ސްޕެއިންގެ ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިއުމާ ބެހޭ ޕްލޭން ސްޕެއިންގެ ބޮޑު ވަޒީރު މާރިއާނޯ ރަޚޮއި ހާމަ ކުރައްވައިފިއެވެ.

ބޮޑު ވަޒީރު މާރިއާނޯ ބޭއްވެވި ކެބިނެޓް ބައްދަލުވުމަކަށް ފަހު އެމަނިިކުފާނު ވިދާޅުވީ ކެޓަލޯނިއާ ސްޕެއިންގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުން ފިޔަވައި އިތުރު ގޮތެއް ނެތް ކަމަށާއި ކެޓަލޯނިއާ ސަރުކާރުން މަސައްކަތް ކުރަނީ "ގާނޫނުތަކާއި ހިލާފަށް ކަމަށާއި އަދި ބޭނުން ވަނީ ކުރިމަތިލުމަކަށް ދާން ކަމަށެވެ."

ބޮޑު ވަޒީރު މާރިއާނޯ ގެ ވާހަކަފުޅުގައި ކެޓަލޯނިއާ ގެ ގާނޫނު ހަދާ މަޖިލިސް އުވާލުމަށް ނިންމާފައިވާ ކަން ހާމަ ކުރައްވާފައިނުވެއެވެ. އެހެން ނަމަވެސް އެ ސަރަހައްދުގައި އިލެކްޝަންސް ބާއްވަން ނިންމާފައިވާ ކަން ވަނީ ހާމަ ކުރައްވާފައެވެ.

ސްޕެއިންގެ ބޮޑު ވަޒީރު މާރިއާނޯ ހާމަ ކުރައްވާފައިވާ ޕްލޭން، ދެން އޮތީ ސްޕެއިންގެ ގާނޫނު ހަދާ މަޖިލީހުން އެޕްރޫޕް ކުރުމެވެ.

ކެޓަލޯނިއާ އަކީ ސްޕެއިންގެ ބާރުގެ ދަށުގައިވާ ސަރަހައްދެކެވެ. ކެޓަލޯނިއާ އިން ދަނީ ސްޕެއިން އިން މިނިވަންވުމަށް މަސައްކަތް ކުރަމުންނެވެ.

ސްެޕެއިންގެ މައި ސަރުކާރުން ކުރިން ބުނެފައި ވަނީ ކެޓަލޯނިއާ އިން މިނިވަންކަން އިއުލާން ކޮށްފައިވާ ކަމަށް ބުނެފި ނަމަ މިނިވަންކަން އަނބުރާ ގެންދަން ޖެހޭނެ ކަމަށެވެ. ނުވަތަ ސްޕެއިންގެ މައި ސަރުކާރުން ކެޓަލޯނިއާގެ މިނިވަންކަން ސަސްޕެންޑްކޮށް ސްޕެއިންގެ މައި ސަރުކާރުގެ ފުރިހަަމަ ބާރު ހިންގާނެ ކަމަށެވެ.

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓުގައި، 90 ޕަސެންޓް މީހުން ސްޕެއިން އިން މިިނިވަން ވާން ފެންނަ ކަމަށް އާނ ބަސް ބުނެފައި ވެއެވެ. ކެޓަލޯނިއާގައި ނެގި ވޯޓާ ގުޅިގެން ސްްޕެއިންގެ މައި ސަރުކާރުން ބުނެފައި ވަނީ އެ ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ. ވޯޓު ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމޮކްރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.

ސްޕެއިންގެ ކެޓަލޯނިއާއަކީ ސްޕެއިންގެ އެންމެ ފުދުންތެރި އަދި މުއްސަނދި ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ، އަމިއްލަ ބަހަކާއި، ސަގާފަތަކާއި އަދި އަމިއްލަ ތާރީޚެއް އޮތް ސަރަހައްދެކެެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ ރައީސް މިނިވަންކަން އިއުލާންކޮށްފި ނަމަ ވަޑައިގަންނަވަން ޖެހޭނީ ޖަލަށް: ސްޕެއިންގެ ރޫލިން ޕާޓީ

09 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ ރައީސް މިނިވަންކަން އިއުލާންކޮށްފި ނަމަ ވަޑައިގަންނަވަން ޖެހޭނީ ޖަލަށް: ސްޕެއިންގެ ރޫލިން ޕާޓީ
07 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް އެތައް ހާސް ބަޔަކު ސްޕެއިންގެ ސިޓީތަކަށް އެއްވެއްޖެ

07 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް އެތައް ހާސް ބަޔަކު ސްޕެއިންގެ ސިޓީތަކަށް އެއްވެއްޖެ
12 ސެޕްޓެމްބަރު 2017

މިޔަންމާގެ މައްސަލައިގާ އދ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

12 ސެޕްޓެމްބަރު 2017
މިޔަންމާގެ މައްސަލައިގާ އދ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
05 ސެޕްޓެމްބަރު 2017

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބު އޮކްޓޯބަރު 17ގައި ބާއްވަނީ

05 ސެޕްޓެމްބަރު 2017
ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބު އޮކްޓޯބަރު 17ގައި ބާއްވަނީ
29 އޯގަސްޓު 2017

އުތުުރު ކޮރެއާ އިން ޖަޕާނު ސަރަހައްދުން ފޮނުވާލި މިސައިލް އާއި ގުޅިގެން އދ ސެކިޔުރިޓީ ކައުންސިލުން ކުއްލި ބައްދަލުވުމެއް ބާއްވަނީ

29 އޯގަސްޓު 2017
އުތުުރު ކޮރެއާ އިން ޖަޕާނު ސަރަހައްދުން ފޮނުވާލި މިސައިލް އާއި ގުޅިގެން އދ ސެކިޔުރިޓީ ކައުންސިލުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
26 ޖޫން 2017

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް