Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި

ކުރީގެ ބޮޑުވަޒީރު ނަވާޒް އައްބާސީގެ ނަން ނޮމިނޭޓްކޮށް އެންޑޯސްކުރެއްވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 1 އޯގަސްޓު 2017 | އަންގާރަ 15:07
ޕާކިސްތާނުގެ ވަގުތީ ބޮޑު ވަޒީރު ޝާހިދު ހައްގާން އައްބާސީ

ޕާކިސްތާނުގެ ވަގުތީ ބޮޑު ވަޒީރު ޝާހިދު ހައްގާން އައްބާސީ

ޕާކިސްތާނުގެ ވަގުތީ ބޮޑު ވަޒީރުކަމަށް ޝާހިދު ހައްގާން އައްބާސީ, އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިންތިހާބުކޮށްފި އެވެ.

އައްބާސީ އިންތިޚާބުކޮށްފައި މިވަނީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލިސް ނެޝެނަލް އެސެމްބްލީގައި ހިމެނި ވަޑައިގަންނަވާ 342 މެންބަރުންގެ ތެރެއިން 221 ވޯޓުންނެވެ.

ނެޝެނަލް އެސެމްބްލީގައި، އިސްތިއުފާ ދެއްވި ބޮޑު ވަޒީރު ޝަރީފު ނިސްބަތްވެވަޑައިގަންނަވާ ޕީއެމްއެލް-އެން އަށް 188 ސީޓު ލިބިފައިވާއިރު އެއީ މެޖޯރިޓީއެވެ. ނެޝަނަލް އެސެމްބްލީ އެކުލެވިގެން ވަނީ 342 މެމްބަރުންގެ މައްޗަށެވެ. ކުރީގެ ޕެޓްރޯލިއަމް މިނިސްޓަރު ޝާހިދު ހައްގާން އައްބާސީއަކީ، އިސްތިއުފާ ދެއްވި ބޮޑުވަޒީރު ނަވާޒު ޝަރީފް ވަރަށް ވޮޑަށް އިތުބާރު ކުރައްވާ ބޭފުޅެކެވެ.

އައްބާސީ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވާނީ ނަވާޒު ޝަރީފްގެ ކޮއްކޮ ޝަހްބާޒް ޝަރީފު ދެމަހެއްހާ ދުވަސް ފަހުން ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވަންދެންނެވެ. ޝަހްބާޒަކީ މިހާރު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ނުވުމާއެކު، ފުރަތަމަ އޭނާ ޖެހިވަޑައިގަންނަވާނީ މަޖިލީހަށް އިންތިހާބުވުމަށެވެ.

ބޮޑު ވަޒީރު ޝަރީފު މަގާމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅީ، ނަވާޒް ޝަރީފްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވި އެކަން ތަހުގީގު ކުރުމަށް ފަހު ލިބުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި މިވަނީ ޖޮއިންޓް އިންވެސްޓިގޭޝަން ޓީމު (ޖޭއައިޓީ)ގެ ތަހުގީގަށް ފަހު ކޯޓަށް ހުށަހެޅި 254 ސަފުހާގެ ރިޕޯޓަށް ބެލުމަށް ފަހު އެވެ.

ބޮޑު ވަޒީރު ނަވާޒު ޝަރީފު ވެވަޑައިގެންފައި ވަނީ ޕާކިސްތާނުގެ 70 އަހަރުވީ ތާރީޚުގައި މަގާމުން ދުރުކުރެވުނު ދެ ވަނަ ބޮޑު ވަޒީރަށެވެ. މީގެ ކުރިން 2012 ވަނަ އަހަރު ވަނީ އޭރުގެ ބޮޑު ވަޒީރު ޔޫސުފް ރިޒާ ގިލާނީ ސުޕްރީމް ކޯޓުން މަގާމުން ދުރުކޮށްފަ އެވެ. އޭނާ މަގާމުން ދުރުކުރީ ރައީސް އާސިފް އަލީ ޒަރުދާރީގެ ކޮރަޕްޝަން މައްސަލަތައް ބެލުމަށް ދެކޮޅު ހެއްދެވުމުންނެވެ.

ގާނޫނު ހަދާ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތާއި އެކު ވަގުތީ ބޮޑުވަޒީރަކަށް ޝާހިދު ހައްގާން އައްބާސީ އިންތިޚާބުވުމާއިއެކު، ޑިމޮކްރެސީގެ ހަމަތަކާއި އެއްގޮތަށް ޕާކިސްތާނުގެ ވެރިކަން ހަމަމަގަށް އަޅުވަން މަސައްކަތް ކޮށްދެއްވާނެކަމަށް އައްބާސީ ވަނީ ވައުދުވެވަޑައިގެންފައެވެ.

އަދި އޭނާ އެ މަގާމުގައި ހުންނަވަން އޮތީ ކިތަންމެ މަދު ދުވަސްކޮޅެއް ނަމަވެސް ޑިމޮކްރެސީ ހަމަ މަގަަށް އެޅުވުމަށް ކުރާ މަސައްކަތުގައި ކެބިނެޓްގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

31 ޖުލައި 2017

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އިންތިޚާބުކުރުން އަންގާރަ ދުވަހަށް!

31 ޖުލައި 2017
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އިންތިޚާބުކުރުން އަންގާރަ ދުވަހަށް!
29 ޖުލައި 2017

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް

29 ޖުލައި 2017
ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް
28 ޖުލައި 2017

ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި
28 ޖުލައި 2017

ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބޮޑު ވަޒީރު ޝަރީފު މަގާމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބޮޑު ވަޒީރު ޝަރީފު މަގާމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފި
25 ޖުލައި 2017

ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު

25 ޖުލައި 2017
ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު