Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާން

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި

މަގު ހުޅުވީ މިމަހުގެ 7 ވަނަ ދުވަހަށާއި 8 ވަނަ ދުވަހަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 7 މާރިޗު 2017 | އަންގާރަ 19:40
ޕާކިސްތާން: އަފްގާނުން ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ވަނީ ހުޅުވާލާފައި

ޕާކިސްތާން: އަފްގާނުން ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ވަނީ ހުޅުވާލާފައި

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ މައި ދެބޯޑަރު ޕާކިސްތާނުން ވަގުތީ ގޮތުން ހުޅުވާލާފައިވާ ކަމަށް ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނެފިއެވެ. މިގޮތައް ހުޅުވާލުމުން ދެ ގައުމުގެ ރައްޔިތުންނަށްވެސް ވިސާއާއެކު ދެގައުމަށް ވަދެ ނިކުމެ ހެދޭނެއެވެ.

ޕާކިސްތާނުން، ތޯރ ޚަމްއާއި ޗަމަން ކޮރޮސިންގ ބަންދުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 130 މީހުންނަށްވުރެ ގިނަ މީހުން މަރުވެފައި ވާތީއެވެ. އެކަމުގެ ތުހުމަތު ޕާކިސްތާނާއި ހަނގުރާމަވެރި އެހެން ޖަމާއަތްތަކުން ކޮށްފައިވަނީ ތެހްރީކް އެ ތަލިބާން ޖަމާއަތަށެވެ.

އަފްޣާނުންނަށް ސައްޙަ ވިސާގައި ޕާކިސްތާނަށް އައިސް އަނބުރާ ގޮސް ހެދޭނީ މިމަހުގެ 7 އާއި 8 ދެދުވަހު ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.

ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ އަފްޣާނިސްތާނުގެ އެމްބެސެޑަރ އޮމަރ ޒާޚިލްވާލް ވިދާޅުވީ ވަގުތީގޮތުން ހުޅުވާލާފައިވަނީ ބޭސްފަރުވާއަށާއި ވިޔަފާރީގެ ކަންކަމުގައި ދަތުރުކުރާ ފަރާތްތަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ ގިނަބަޔަކު ފައިސާ ނެތި އަދި ވަކި މިސްރާބެއްނެތި ޕާކިސްތާނުގައި އުޅެމުންދާ ކަމަށާއި އެފަދަ މީހުން އަނބުރާ އަފްޣާނިސްތާނަށް ދެވޭނެ ގޮތެއް ނެތިފައިވަނީ އެ ބޯޑަރުގެ ސަބަބުން ކަމަށެވެ.

ޕާކިސްތާނުގެ އޮފިޝަލެއް ކަމުގައިވާ ފައްޔާޒް ޚާން ވިދާޅުވީ ޕާކިސްތާނުގެ ކުދި ގުރޫޕްތަކާއެކު އަފްޣާނިސްތާނުގެ ގިނަ އަދަދެއްގެ މީހުން އަނބުރާ ގައުމަށް ގޮސްފައިވާ ކަމަށާއި ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އަލުން ފެށުމަށް ދެ ގައުމުންވެސް ބޭނުންވާ ކަމަށެވެ.

އިތުރަށް ކިޔާލަން

29 ޖުލައި 2017

ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯ ސްޓޭޓްގެ މަގުތަކަށް 10،000 ސިފައިން ނެރެނީ

29 ޖުލައި 2017
ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯ ސްޓޭޓްގެ މަގުތަކަށް 10،000 ސިފައިން ނެރެނީ
17 މެއި 2017

ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި

17 މެއި 2017
ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި
13 މެއި 2017

އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!

13 މެއި 2017
އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!
09 އެޕްރީލު 2017

ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

09 އެޕްރީލު 2017
ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް
27 މާރިޗު 2017

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު