Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އިންތިޚާބުކުރުން އަންގާރަ ދުވަހަށް!

ވަގުތީ ބޮޑުވަޒީރު ކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ޕާކިސްތާނު ޕާލަމެންޓް ޖަލްސާއެއް އަންނަ އަންގާރަ ދުވަހު ބާއްވާނެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 31 ޖުލައި 2017 | ހޯމަ 01:20
ވެރިކަމުން ދުރުކުރެވުނު ޕާކިސްތާނުގެ ބޮޑުވަޒީރު މަވާޒް ޝަރީފުގެ ކޮއްކޮ ޝަހްބާޒް ޝަރީފް

ވެރިކަމުން ދުރުކުރެވުނު ޕާކިސްތާނުގެ ބޮޑުވަޒީރު މަވާޒް ޝަރީފުގެ ކޮއްކޮ ޝަހްބާޒް ޝަރީފް

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު ކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ޕާކިސްތާނު ޕާލަމެންޓް ޖަލްސާއެއް އަންނަ އަންގާރަ ދުވަހު ބާއްވާ ގޮތަށް ތާވަލް ކޮށްފިއެވެ.

ނަވާޒް ޝަރީފުގެ ޕާޓީ ނުވަތަ ވެރިކަންކުރާ ޕާކިސްތާން މުސްލިމް ލީގް އިން ހޮނިހިރު ދުވަހުގެރޭ ވަނީ، ބޮޑުވަޒީރު ކަމަށް ނަވާޒް ޝަރީފްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ޝަހްބާޒް ޝަރީފްގެ ނަންފުޅު ހުށަހަޅާފައެވެ. ނަމަވެސް، ބޮޑުވަޒީރު ކަމަށް އިންތިޚާބު ކުރުމަށްޓަކައި ޝަހްބާޒަށް ފުރަތަމަ ޖެހިވަޑައިގަންނަވާނީ ނަވާޒް ޝަރީފް އިސްތިއުފާ ދެއްވި ޕާލަމެންޓް ގޮނޑީގެ އިންތިޚާބު ކާމިޔާބު ކުރައްވައި ޕާލަމެންޓަށް ވެދެވަޑައިގަންނަވާށެވެ.

ޝަހްބާޒް ޝަރީފަކީ ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު އަދި ނަވާޒް ޝަރީފްގެ ސިޔާސީ ތާއީދު އެންމެ ބޮޑު ޕަންޖާބް ޕްރޮވިންސްގެ ޗީފް މިނިސްޓަރެވެ.މަގާމުން ދުރުކުރެވުނު ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވިދާޅުވީ، އިންތިގާލީ މަރުހަލާގައި ބޮޑުވަޒީރުގެ މަގާމް ފުރުއްވާނީ ޕާޓީގެ ލީޑަރު ޝާހިދު ޚާޣަން އައްބާސީ ކަމަށެވެ.

"ޝަހްބާޒް އިންތިޚާބް ކުރުމަށް ވަގުތުކޮޅެއް ނަގާނެ ، ގާތްގަނޑަކަށް 50 ދުވަސް.އެހެންވީމަ އިންތިޤާލީ މަރުހަލާއަށް އަޅުގަނޑުގެ ޚިޔާލަކީ ޝާހިދް ޚާޤަން އައްބާސީ ކެނޑިޑޭޓަކަށް ނެގުން"ކުރީގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

އައްބާސީ އެ މަގާމަށް ހޮވުމަށް ގާނޫނުހަދާ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިން ވަރަށް އަވަހަށް ގޮވާލައްވާނެއެވެ.

ޕާކިސްތާނުގެ ޕާލަމެންޓް، ނޭޝަނަލް އެސެމްބްލީގެ އިދާރާއިން އާންމުކުރި ނޯޓެއްގައި، ވަގުތީ ބޮޑުވަޒީރުކަމަށް ހުށަހަޅާ ކެންޑިޑޭޓުންގެ ލިއުންތައް ހޯމަދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އަންގާފައެވެ. އަދި ބޮޑުވަޒީރަކު އިންތިޚާބު ކުރުމަށް އަންގާރަ ދުވަހުގެ މެންދުރުފަހު 3:00 ގައި ޖަލްސާ އޮންނާނެ ކަމަށްވެސް ވަނީ އިއުލާންކޮށްފައެވެ.

ނަވާޒް ޝަރީފް މަގާމަށް ޝަރުތު ފުރިހަމަ ނުވާކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅީ، ނަވާޒް ޝަރީފާއި އޭނާގެ އާއިލާގެ މައްޗަށް ޚާއްސަ ކޮމިޝަނަކުން ހިންގި ކޮރަޕްޝަންގެ ތަހްގީގާ ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
07 މާރިޗު 2017

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި

07 މާރިޗު 2017
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު