Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގުގެ އައު ފޯމެޓް

މުޅި ރާއްޖެއިން ޕްރިމިއާ ލީގުގައި ވާދަކުރެވޭނެ ފޯމެޓް ދައްކާލައިފި

އައު ފޯމެޓުގައިވާ ގޮތުން ދިވެހި ޕްރިމިއާ ލީގަށް ޓީމުތަށް ކޮލިފައިވާނީ ހަތަރު ޒޯނަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 15 ޖުލައި 2021 | ބުރާސްފަތި 15:08
ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި އެފްއޭއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި އެފްއޭއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ދިވެހި ޕްރިމިއާ ލީގުގެ 2023 /2024 ވަނަ އަހަރުގެ ސީޒަނުގައި އަންނާނެ ބަދަލުތަކުގެ ފޯމެޓު އިފްތިތާހުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ދިވެހި ޕްރިމިއާ ލީގުގެ އައު ފޯމެޓު އިފްތިތާހު ކުރެއްވުމަށްފަހު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިއީ ރާއްޖޭގެ ފުޓުބޯޅަ ތަރައްގީ ކުރުމަށް އެޅިގެންދިޔަ އައު ފިޔަވަޅެއް ކަމަށެވެ.

އައު ފޯމެޓުގައިވާ ގޮތުން ދިވެހި ޕްރިމިއާ ލީގަށް ޓީމުތަށް ކޮލިފައިވާނީ ހަތަރު ޒޯނަކުންނެވެ.

ހއ އަތޮޅު، ހދ އަތޮޅު، ށ އަތޮޅު، ނ އަތޮޅު އަދި ރ އަތޮޅެވެ.

ބ އަތޮޅު، ޅ އަތޮޅު، ކ އަތޮޅު، އއ އަތޮޅު، އދ އަތޮޅު، ވ އަތޮޅު، މ އަތޮޅު، ފ އަތޮޅު އަދި ދ އަތޮޅެވެ.

ތ އަތޮޅު،ލ އަތޮޅު، ގއ އަތޮޅު، ގދ އަތޮޅު، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ އެވެ.

ޒޯނު ހަތަރެއްގައި ހިމެނެނީ މާލެ، ހުޅުމާލެ އަދި ވިލިމާލެއެވެ.

ކޮންމެ ޒޯނެއްގައިވެސް ލީގެއް ކުޅުމަށް ނިންމާފައިވާއިރު، ކޮންމެ ލީގެއްގައިވެސް ހަތަރު ޑިވިޝަން ހެދުމަށް ވަނީ ނިންމާފައެވެ. އެއީ ފަސްޓު ޑިވިޝަނާއި، ސެކަންޑް ޑިވިޝަނާއި، ތާރޑް ޑިވިޝަނުގެ އިތުރުން އޯޕަން ޑިވިޝަނެކެވެ.

ދިވެހި ޕްރިމިއާ ލީގު 2023/2024 ވަނަ އަހަރު ފަށާނީ މިހާރު ވެސް ޕްރިމިއާލީގްގައި ހިމެނޭ އަށްޓީމާއި އެކު ކަމަށާއި  އޭގެ އިތުރުން  ދެން ހިމެނޭނީ ހަތަރު ޒޯންގެ ޗެމްޕިއަނުންނެވެ. މާލެ ޒޯންގެ ޗެމްޕިއަން ގޮތުގައި ކަނޑައަޅާނީ އަންނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނެވެ. ދެން އޮތް ތިން ޖާގަ ދިނުމަށް ނިންމާފައި ވަނޯ ޒޯން ޗެމްޕިއަނުންނަށެވެ.

ދިވެހި ޕްރިމިއާ ލީގު ކުރިއަށްދާއިރު، ރެލިގޭޝަނުގައި އަބަދުވެސް ކުޅެން ޖެހޭނީ އެންމެ ފުލަށްދާ ހަތަރު ޓީމަށެވެ. އެ ހަތަރު ޓީމު ކުޅޭނީ ޒޯންތަކުން އަންނަ ޗެމްޕިއަނުންނާއި ދެ ލެގުގެ އުސޫލުން ޕްލޭއޮފް ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. ރެލިގޭޝަން ޕްލޭއޮފްތަކުން ބަލިވާ ޓީމުތައް ކުޅެން ޖެހޭނީ އެ ޓީމެއް ހިމެނޭ ޒޯނެއްގެ ފުރަތަމަ ޑިވިޝަނުގަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ އައު ފޯމެޓާއިއެކު ދިވެހި ޕްރިމިއާ ލީގުގައި 12 ޓީމު ފެނިގެންދާނެ ކަމަށާއި، ލީގު ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލަށް ކަމަށެވެ. އަދި ލީގު ފެށިގެން ދެ ތިން އަހަރު ފަހުން އަތޮޅު ތެރޭގައި ވަރަށްގިނަ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ފެނިގެންދިޔުން އެކަށީގެންވާ ކަމަށެވެ.

ބައްސާމް ވިދާޅުވީ އައު ފޯމެޓާއިއެކު ވަރަށް ބައިވަރު ކަންކަން ކުރަން ޖެހޭ ކަމަށާއި، އޭގެ ތެރޭގައި ކޯޗުން ތަމްރީނު ކުރުމާއި، ރެފްރީން ތަމްރީނުކުރުން ހިމެނޭ ކަމަށެވެ. އަދި މިކަންކަން ކުރުމަށް ޕްލޭންތައް މިހާރުވެސް ހެދިފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ލީގުތައް ފެށިގެންދާއިރު، ކޮންމެ ޒޯނެއްގައިވެސް ރީޖަނަލް އޮފީސް ހެދިގެންދާނެ ކަމަށާއި، ފުރަތަމަ ދެތިން އަހަރު އެފްއޭއެމްގެ ބެލުމުގެ ދަށުން ރީޖަނަލް އޮފީސްތައް ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ލީގާއި ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ފެސްޓިވަލެއްގެ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރާނެ ކަމަށެވެ. އަދި ކޯޗުންނާއި ރެފްރީން ތަމްރީން ކުރުންވެސް ކުރިޔަށް ގެންދަވާނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ ޒޯނުތަކުން ބައިވެރިވާ ކްލަބްތަކުންވެސް ކްލަބް ލައިސެންސް ފުރިހަމަ ކުރަން ޖެހޭ ކަމަށާއި، އެއީ މިވަގުތައް ބަލާއިރު އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އެކަމަކު ލީގުގައި ބައިވެރިވާ ކްލަބްތަކަށް ކްލަބް ލައިސެންސް ކަންތަކުގައި ހޭލުންތެރި ކުރަމުން ގެންދާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ދިރާގު ދިވެހި ޕްރިމިއާ ލީގު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

14 ޑިސެމްބަރު 2025
ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި
13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު