Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

އިސްކަންދަރު ރަސްގެފާނަށް ހައްގު މިންވަރު އަދާކުރެވޭތަ؟

15 ޖުލައި 2021 | ބުރާސްފަތި 04:47

ހުކުރު މިސްކިތުގެ އަރަބި ނަން އިސްކަންދަރު ރަސްގެފާނަށް ޚާއްސަ ކުރުން މުހިންމު

| 15 ޖުލައި 2021 | ބުރާސްފަތި 04:47
ސުލްތާން އިބްރާހިމް އިސްކަންދަރު އެއްވަނަ ފަސްދާނުލެވިފައިވާ ޒިޔާރަތް ހުރީ އެރަދުން އައުކުރެއްވި މާލޭ ހުކުރުމިސްކިތުގެ ހަރިންމައިގެ ތެރޭގައި

ސުލްތާން އިބްރާހިމް އިސްކަންދަރު އެއްވަނަ ފަސްދާނުލެވިފައިވާ ޒިޔާރަތް ހުރީ އެރަދުން އައުކުރެއްވި މާލޭ ހުކުރުމިސްކިތުގެ ހަރިންމައިގެ ތެރޭގައި

މިނވަންދުވަސް ކައިރިވަނީއެވެ. ވީމާ، ގައުމީ އަބުތާލުން ޒިކުރާ އާކުރުން އިތުރުކުރަންޖެހެއެވެ. މިގޮތުން 1ވަނަ ބަތަލަކީ ކޮބައިތޯ ބަލާލަމާތޯއެވެ. ނަންފުޅުންވެސް 1ވަނައެވެ. އިސްކަންދަރު 1ވަނައެވެ. ބޮޑުރަސްގެފާނުގެ އިއްޒަތްތެރި ދަރިކަލުންނެވެ. މަންމާފުޅު މާފިލާފުށި ޢާއިޝަތު ކަނބާއަކީވެސް ދިވެހި ކަނބަލުންނަށް ނަމޫނާއެކެވެ. އައްސުލްޠާނުލްޣާޒީ އިބްރާހީމް އިސްކަންދަރު ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. ރަސްކަން ކުރެއްވީ މީލާދީން 1648ން 1687 އަށެވެ.

އެއީ ދިވެހިރާއްޖޭގެ ސިންގާސަނާގައި ރެދަލިކުރެއްވި އެންމެ އައުދާނަ އިތުރު މަހާރަދުން ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެއީ ރާއްޖެ 1153މ ގައި އިސްލާމްވުމަށްފަހު މަލިކުން ފެށިގެން އައްޑޫއަށް (މަލިކައްޑޫ )އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ހަމައެކަނި މަހާރަދުންނެވެ. ޕޯޗުގީޒުންނާއި މަލާބާރީންނަށް އެހާތަނަށް ދެމުން ގެންދިޔަ ޖިޒީ ދިނުމެއް ނެތި، ފުރިހަމަ މިނިވަން މުސްތަގިއްލު ދިވެހިވަންތަ ރަސްކަމެއް ކުރެއްވި މަހާރަދުންނެވެ.

ބޭރުގެ އުދުވާނީ ހަމަލާތަކުން ދިވެހި ގައުމު ދިފާއު ކުރައްވައި ސަލާމަތް ކުރެއްވުމުގައި ޢަމަލީގޮތުން އިސްވެހުންނެވި ކޮމާންޑަރ އިން ޗީފެވެ. ޕޯޗުގީޒުންނާއި މަލާބާރީން ރާއްޖެ އަޅުވެތިކުރި އުދުވާނީ ހަމަލާތަކަށްވުރެ ބޮޑެތި އުދުވާނީ ހަމަލާތަކުން އިސްކަންދަރު ރަސްގެފާނު ދިވެހި ގައުމު ދިފާއުކުރެއްވިއެވެ. ދީނީ އަދި ގައުމީ ގޮތުން އެހާތަނުން މިހާތަނަށް ދެމިހުރި، އެންމެ އަގުހުރި ޚިދުމަތްތައް ކުރެއްވިއެވެ. ހައްޖުކުރައްވައި ރާއްޖޭގެ އެންމެ ތާރީޚީ އާސާރީ ބިނާ، މާލޭ ހުކުރު މިސްކިތާއި މުންނާރު ބިނާކުރައްވައި ދީނީ ޝިއާރު ފާޅުކުރެއްވިއެވެ. ދައުލަތުގެ ފަރާތުން ރަސްމީގޮތުން ތައުލީމު ދެއްވަން ފެށްޓެވިއެވެ.

އެރަދުންގެ ދައުރުގައި ދިވެހި ގައުމަށް އެންމެ ފުރިހަމަ ވެރިކަމުގެ ދުސްތޫރީ ނިޒާމާއި ދިވެހި ސަގާފަތާ އާދަކާދަ ފުރާފުރިހަމަވެފައިވިއެވެ. އެ އާދަކާތަކަކީ ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ 1932 ގައި އެކުލަވާލުމުގައި ވެސް ރިއާޔަތް ކުރަންޖެހުނު އާދަކާދަތަކަކަށްވިއެވެ. އެއީ އަދުލުއިންސާފު ފުރިހަމަވެފައިވި އަދި ދިވެހި ގައުމުގައި އަމާންކަމާއި ސުލްހަމަސަލަސްކަން ފުރިހަމައަށް ގާއިމުވެފައިވި ރަސްކަމެކެވެ. ދިވެހި މަސައްކަތްތެރިކަމާއި ދިވެހި އުފެއްދުންތެރިކަން އެންމެކުރިއަރާފައިވި ޒަމާނެކެވެ.

މިނޫންވެސް އެންމެ ފުރިހަމަ އެންމެ އަގުހުރި އެންމެ ގިނަގުނަ ގައުމީ ޚިދުމަތްތައް ކުރެއްވިއެވެ. އެއީ ދިވެހި ރައްޔިތުންނަށް އުފާފާގަތިކަމާއި ކުރިއެރުން ލިބުނު އަދި ދިވެހިރާއްޖޭގެ ސިޔާސީ، އިޖުތިމާއީ، އިގުތިސާދީ އެންމެ ފުރިހަމަ ރަންޒަމާނެވެ. ދިވެހިރާއްޖޭގެ ރަސްކަމުގެ ކީރިތިމޫރިތިކަމާއި ދިވެހިންގެ އާރާއިބާރުގެ އެންމެ ފުރިހަމަ ރަން ޒަމާންވެސްމެއެވެ.

އެހެންވީމާ އިސްކަންދަރު ރަސްގެފާނަށް ހައްގު މަގާމުން އައުލާމަގާމުން ޒިކުރާ ކުރެވެންޖެހެއެވެ. މިގޮތުން ބަލާއިރު އެރަދުން ބިނާކުރެއްވި ފުރަމާލޭ ހުކުރު މިސްކިތުގެ އަރަބި ނަމަކީ "މަސްޖިދުއްސުލްޠާން އިބްރާހީމް އިސްކަންދަރުލްއައްވަލު" ކަމަށް ކަނޑައެޅުން މުހިންމު ކަމަށް ފެނެއެވެ. އަދި މާލޭގެ ކުޑަމަގެއްގެ ބަދަލުގައި މާލޭގެ އެއްކޮޅުން އަނެއްކޮޅަށް ނުވަތަ ބޮޑުމަގަކަށް "އިސްކަންދަރު މަގު"ގެ ނަން ދިނުން މުހިންމެވެ.

އުސްތާޒުލްޖީލު ޖަމީލު ދީދީ ވިދާޅުވެފައިވާ ފަދައިން "މަތިވެރިވި ދިވެހި އަޖުދާދުންނަށް މަތިމައްޗަށް ސާބަސްތައް، ފަތިފައްޗަށް އަމުނައިގެން ޒިކުރާގެ މާތަކުން ވެދުން ބަރުތީލަ ކުރެވެންޖެހެއެވެ" ދިވެހި ގައުމު ދެމިއޮތްހާ ހިނދަކުގައިވެސްމެއެވެ.

ހެރިޓޭޖް މިނިސްޓްރީ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
20 އޮކްޓޯބަރު 2025

ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު

20 އޮކްޓޯބަރު 2025
ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު
30 އެޕްރީލު 2025

ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި

30 އެޕްރީލު 2025
ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި
16 އެޕްރީލު 2025

ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު

16 އެޕްރީލު 2025
ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު
25 އެޕްރީލު 2024

އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރަނީ ތިން ރަށެއްގައި، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

25 އެޕްރީލު 2024
އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރަނީ ތިން ރަށެއްގައި، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
04 ފެބުރުއަރީ 2024

އާސާރީ ބައެއް ތަންތަން ބެލެހެއްޓުމަށް، ސްޓެލްކޯއާ ހެރިޓޭޖް މިނިސްޓްރީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

04 ފެބުރުއަރީ 2024
އާސާރީ ބައެއް ތަންތަން ބެލެހެއްޓުމަށް، ސްޓެލްކޯއާ ހެރިޓޭޖް މިނިސްޓްރީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
24 އޮކްޓޯބަރު 2023

އެފްއެސްއެމް އިން ލިޔެކިޔުންތައް ނައްތާލި މައްސަލަ އަރުޝީފުން ފުލުހަށް ހުށަހަޅަނީ

24 އޮކްޓޯބަރު 2023
އެފްއެސްއެމް އިން ލިޔެކިޔުންތައް ނައްތާލި މައްސަލަ އަރުޝީފުން ފުލުހަށް ހުށަހަޅަނީ
27 އޮކްޓޯބަރު 2022

އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ

27 އޮކްޓޯބަރު 2022
އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ
21 އެޕްރީލު 2022

އެންމެ ލަސްވެގެން ޖުލައި މަހުގެ ކުރީކޮޅު އޮލިމްޕަހުގެ ޚިދުމަތް ދޭންފަށާނެ

21 އެޕްރީލު 2022
އެންމެ ލަސްވެގެން ޖުލައި މަހުގެ ކުރީކޮޅު އޮލިމްޕަހުގެ ޚިދުމަތް ދޭންފަށާނެ
01 ނޮވެމްބަރު 2021

އައްޑޫ ކޯގަންނު ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް މަސައްކަތް ކުރަނީ

01 ނޮވެމްބަރު 2021
އައްޑޫ ކޯގަންނު ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް މަސައްކަތް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް