Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖިއަންލުއިޖީ ޑޮންނަރުއްމާ

ޔޫރޯގައި ވިދާލި ކީޕަރު ޑޮންނަރުއްމާ ޕީއެސްޖީއަށް

15 ޖުލައި 2021 | ބުރާސްފަތި 13:38

ޑޮންނަރުއްމާ ޕީއެސްޖީއާ ގުޅުނީ ހިލޭ ޓްރާންސްފަރ އެއްގެ ދަށުން

އަތޫފް އާތިފް
އަތޫފް އާތިފް | 15 ޖުލައި 2021 | ބުރާސްފަތި 13:38
ޖިއަންލުއީޖީ ޑޮންނަރުންމާ، ޕީއެސްޖީ އާއިއެކު އޭނާ ހަދާފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް

ޖިއަންލުއީޖީ ޑޮންނަރުންމާ، ޕީއެސްޖީ އާއިއެކު އޭނާ ހަދާފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް

ނިމިދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ފްރާންސްގެ ޕީއެސްޖީއަށް ސޮއިކޮށްފިއެވެ.

އިޓަލީގެ އޭސީ މިލާނުން ޑޮންނަރުއްމާއާއެކު ހަދާފައިވާ އެއްބަސްވުން މިދިޔަ ސީޒަނުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އެހެންކަމުން ޑޮންނަރުއްމާ ޕީއެސްޖީއަށް ސޮއިކުރީ ހިލޭ އެއްބަސްވުމެއްގެ ދަށުންނެވެ. އުމުރުން 22 އަހަރުގެ ކީޕަރު ޕީއެސްޖީއަށް ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގައެވެ.

ޕީއެސްޖީއާ ގުޅުމަށްފަހު ޑޮންނަރުއްމާ ބުނީ އެ ކްލަބާއި ގުޅުން އެއީ ލިބިގެންދިޔަ ހިތްހަމަ ޖެހުމެއް ކަމަށެވެ. މީގެ އިތުރުން ޑޮންނަރުއްމާ ބުނީ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށާއި، އެހެންކަމުން ކާމިޔާބު ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޕީއެސްޖީއާ ގުޅުމަކީ ރަނގަޅު ނިންމުމެއްކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށް ޑޮންނަރުއްމާ ބުންޏެވެ.

އުމުރުން 16 އަހަރުގައި އޭސީ މިލާނުގެ ގޯލުން ޑޮންނަރުއްމާ ފެނިގެންދިޔައިރު، އޭގެ އަހަރެއް ފަހުން ޑޮންނަރުއްމާ ވަނީ އިޓަލީގެ ގައުމީ ޓީމުގެ ގޯލު ބަލަހައްޓަން ފަށައިފައެވެ.

އިޓަލީގެ ކޯޗުކަމާ 2018 ވަނަ އަހަރު ރޮބާޓޯ މަންޗިނީ ހަވާލުވި ފަހުން ޑޮންނަރުންމާ އަކީ އެ ޓީމުގެ އެއް ވަނަ ގޯޯލްކީޕަރެވެ. މި ފަހަރުގެ ޔޫރޯގައި އިޓަލީ ޗެމްޕިއަންކަން ހޯދިއިރު، ޑޮންނަރުންމާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް ސެމީ ފައިނަލާއި ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިޓަލީ މޮޅުވިއިރު، ޑޮންނަރުންމާ ތަފާތު ދެއްކިއެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގެ ތެރޭގައި ޑޮންނަރުންމާގެ އިތުރުން ލިވަޕޫލްގެ ޖިއޮޖީނިއޯ ވައިނަލްޑަމް އާއި ރެއާލް މެޑްރިޑްގެ ސާޖިއޯ ރާމޯސް ވެސް ވަނީ ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ އަށް ސޮއިކޮށްފަ އެވެ. މީގެ އިތުރުން އިންޓަ މިލާނަށް ކުޅެމުން އަންނަ މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީ ވަނީ 70 މިލިއަން ޑޮލަރުގެ ފީ އަކަށް ޕީއެސްޖީ އަށް ސޮއިކޮށްފައެވެ.

ޕީއެސްޖީޖިއަންލުއިޖީ ޑޮންނަރުއްމާ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
04 ސެޕްޓެމްބަރު 2025

ސިޓީ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ކުލަބު: ޑޮންނަރުންމާ

04 ސެޕްޓެމްބަރު 2025
ސިޓީ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ކުލަބު: ޑޮންނަރުންމާ
03 ސެޕްޓެމްބަރު 2025

ޑޮންނަރުންމާ ސިޓީ އަށް ބަދަލުވެއްޖެ

03 ސެޕްޓެމްބަރު 2025
ޑޮންނަރުންމާ ސިޓީ އަށް ބަދަލުވެއްޖެ
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
30 ޖޫން 2025

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

30 ޖޫން 2025
އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް
21 ޑިސެމްބަރު 2024

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

21 ޑިސެމްބަރު 2024
ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން
11 ޑިސެމްބަރު 2024

ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ

11 ޑިސެމްބަރު 2024
ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް