Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަންގްސަން ސޫކީ

އަންގްސަން ސޫކީގެ މައްޗަށް އިތުރު ދައުވާތަކެއް ކުރަނީ

އަލަށް އުފުލާފައިވާ ދައުވާ ތަކަކީ ކޮރަޕްޝަނާ ގުޅުން ހުރި ދައުވާ ތަކެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 13 ޖުލައި 2021 | އަންގާރަ 03:33
އަންގްސަން ސޫކީ / މަގާމުން ދުރުކޮށްފައިވާ މިޔަންމާގެ ލީޑަރު

އަންގްސަން ސޫކީ / މަގާމުން ދުރުކޮށްފައިވާ މިޔަންމާގެ ލީޑަރު

މަގާމުން ދުރުކޮށްފައިވާ މިޔަންމާގެ ލީޑަރު އަންގްސަން ސޫކީގެ މައްޗަށް އިތުރު ދައުވާތަކެއް ކުރުމަށް އެގައުމުގެ އަސްކަރީ ސަރުކާރުން ނިންމައިފިއެވެ.

އޭނާގެ ގާނޫނީ ވަކީލުންގެ ޓީމާ ހަވާލާދީ ރޮއިޓާސްގައި ރިޕޯޓުކޮށްފައި ވަނީ، އަލަށް އުފުލި ދައުވާ ތަކަކީ، މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، މަންޑަލޭގެ ކޯޓުގައި، އުފުލާފައިވާ ކޮރަޕްޝަނާ ގުޅުންހުރި ދައުވާތަކެއް ކަމަށެވެ. އެ ޓީމުން ބުނެފައިވަނީ އެނގޭހާ ވެސް ކަމަކީ ކޮރަޕްޝަނާ ގުޅުންހުރި ދައުވާ ތަކެއް ކަން ކަމަށާއި، ދައުވާ ތަކުގެ ތަފްސީލު ނުހޯދާ ކަމަށެވެ.

ސޫކީގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެފައިވާ ގޮތުގައި، މިފަހަރު ސޫކީއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި، ކޮރަޕްޝަނާ ގުޅުންހުރި ދައުވާތައް ވެސް ހިމެނޭ ކަމަށެވެ. އަދި އިތުރު ދެ ދައުވާއެއް، ސޫކީގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި މިން ތޫއާ ދެކޮޅަށް ވެސް އުފުލާފައިވާކަމަށް ވެސް ގާނޫނީ ވަކީލުން ވިދާޅުވެފައި ވެއެވެ.

އުމުރުން 76 އަހަރުގެ އަންގްސަން ސޫކީއާ ދެކޮޅަށް އަލަށް އުފުލާފައިވާ ދައުވާތަކުގެ ސަބަބުން، މިޔަންމާގެ ތަފާތު 3 ސިޓީއެއްގައި މިހާރު އަންގްސަން ސޫކީގެ ޝަރީއަތްތައް ކުރިޔަށް ދާނެއެވެ.

އަދި އޭނާގެ މައްޗަށް ވަނީ، ގާނޫނާ ޚިލާފަށް ވޯކީ ޓޯކީ ރޭޑިއޯ މިޔަންމާއަށް އެތެރެކޮށް ގެންގުޅުމުގެ ދައުވާގެ އިތުރުން، ޑިޒާސްޓަރ މެނޭޖްމަންޓް ގާނޫނުގެ ދަށުން ކޮވިޑާދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވި ކަމުގެ ދައުވާ ވެސް އުފުލާފައެވެ. މި ދައުވާތައް ކޮށްފައިވަނީ ވެރިރަށް ނައިޕިޓޯގައެވެ.

ޔަންގޮން ކޯޓުގައި، އޭނާގެ މައްޗަށްވަނީ، މިޔަންމާގެ އޮފިޝަލް ސީކްރެޓް ގާނޫނާ ޚިލާފުވުމުގެ ދައުވާވެސް ކޮށްފައެވެ. މި ދައުވާތައް އޭނާގެ މައްޗަށް ސާބިތު ވެއްޖެނަމަ 14 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަންގްސަން ސޫކީގެ ގާނޫނީ ވަކީލުންގެ ޓީމުންވަނީ މި ހުރިހާ ދައުވާތަކަށް ވެސް އިންކާރުކޮށްފައެވެ.

ސޫކީގެ ދަރިންނާއި އަވަހާރަވެފައިވާ ފިރިކަލުންނަކީ، ގައުމުން ބޭރުގެ ރައްޔިތުކަން އޮންނަ ބަޔަކަށް ވާތީ އޭނާއަށް އެގައުމުގެ ރައީސްކަމަށް ވާދަކުރުމުގެ ފުރުސަތުވަނީ ގެއްލިފައެވެ. ބަޣާވާތަކުން ވެރިކަން ބަދަލުކޮށްލުމުގެ ކުރިން އޭނާވަނީ މިޔަންމާގެ ސްޓޭޓް ކައުންސިލަރުކަން އަދާ ކުރައްވާފައެވެ.

މިޔަންމާ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ

10 ނޮވެމްބަރު 2025
ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ
20 މާރިޗު 2024

އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި

20 މާރިޗު 2024
  އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި
02 މާރިޗު 2023

މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ

02 މާރިޗު 2023
މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ
12 އޮކްޓޯބަރު 2022

މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް

12 އޮކްޓޯބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް
29 ސެޕްޓެމްބަރު 2022

މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިތުރު 3 އަހަރުގެ ޖަލު ހުކުމެއް ކުރަނީ

29 ސެޕްޓެމްބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިތުރު 3 އަހަރުގެ ޖަލު ހުކުމެއް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު