Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ

އެމްއޯސީގެ ސެކެޓްރީ ޖެނެރަލަކަށް ތަމޫ

މީގެ ކުރިން ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކެޓްރީގެ މަގާމުވެސް ފުރުއްވާފައިވޭ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 13 ޖުލައި 2021 | އަންގާރަ 11:12
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ސެކެޓްރީ ޖެނެރަލުގެ މަގާމަށް އައްޔަނުކުރެވުނު ތަމޫހް އަޙްމަދު ސަޢީދު

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ސެކެޓްރީ ޖެނެރަލުގެ މަގާމަށް އައްޔަނުކުރެވުނު ތަމޫހް އަޙްމަދު ސަޢީދު

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ތަމޫހް އަޙްމަދު ސަޢީދު (ތަމޫ) އައްޔަނުކޮށްފިއެވެ.

އެމްއޯސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް އޭނާ އައްޔަންކުރީ ހޯމަ ދުވަހު ބޭއްވި އޮލިމްޕިކް ކޮމެޓީގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ތަމޫގެ އިތުރުން އޮލިމްޕިކް ކޮމެޓީގެ ފިނޭންޝިއަލް ޑިރެކްޓަރުގެ މަގާމަށް ޙުސައިން ރަޝީދުވެސް ވަނީ އައްޔަންކޮށްފައެވެ.

މީގެ ކުރިން ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކެޓްރީގެ މަގާމުގެވެސް ފުރުއްވާފައިވާ ތަމޫ ވަރަށް ފަހުން ވަނީ އޮލިމްޕިކް ކޮމެޓީގެ ފަރާތުން ގިނަ ކަންކަމުގައި އެކްޓިވްކޮށް ހަރަކާތްތެރިވެފައެވެ. ޚާއްސަކޮށް ބައިނަލްއަގްވާމީ ގޭމްސްތަކުގައި ރާއްޖެއިން ބައިވެރިވާ ޑެލިގޭޝަންތަކުގެ ކަންކަން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވެއެވެ.

ތަމޫ ވަނީ އޮލިމްޕިކް ކޮމެޓީގައި ޕްރޮގްރާމް ކޯޑިނޭޓަރުގެ މަގާމުގެ އިތުރުން ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީގެ ޒިންމާ ތަމޫއާ މިއަދު ރަސްމީކޮށް ހަވާލުކުރެވުނުއިރު، އޭނާ މި ވަގުތު ވެސް އަންނަނީ ކުޅިވަރުގެ އިސް މަގާމެއް ފުރުއްވަމުންނެވެ. އޭނާ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ނެޝަނަލް ސްޕޯޓްސް ކައުންސިލްގައި އިންނަވާ މެމްބަރެވެ. ސްޕޯޓްސް ކައުންސިލުން ރާއްޖޭގެ ކުޅިވަރު އޮނިގަނޑަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ މަޝްވަރާތަކުގައި ތަމޫގެ ހިއްސާ އޮންނާނެއެވެ.

ފާއިތުވެދިޔަ ތިން ދައުރުގައިވެސް އެމްއޯސީގެ ސެކެޓްރީ ޖެނެރަލުގެ މަގާމު ފުރުއްވާފައިވަނީ އަޙްމަދު މަރްޒޫޤް (މަރޭ)އެވެ. ތިން ދައުރަށްފަހު މަރޭ އެމްއޯސީން ވަކިވިއިރު، އޭނާ ވަނީ ރާއްޖޭގެ އެތުލީޓުންނާއި، ކުޅިވަރު ކުރިއެރުވުމަށް އަގުހުރި މަސައްކަތްތަކެއް ކުރައްވާފައެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
  އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

21 ޖުލައި 2024
ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި

ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި

02 އޮކްޓޯބަރު 2022
މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް

މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް

13 އޯގަސްޓު 2022
ކޮމަންވެލްތު ގޭމްސް ފަށައިފި، ދިވެހި ޓީމުތައް އޮތީ ފުރިހަމައަށް ތައްޔާރަށް

ކޮމަންވެލްތު ގޭމްސް ފަށައިފި، ދިވެހި ޓީމުތައް އޮތީ ފުރިހަމައަށް ތައްޔާރަށް

29 ޖުލައި 2022

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު