Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮމަންވެލްތު ގޭމްސް 2022

ކޮމަންވެލްތު ގޭމްސް ފަށައިފި، ދިވެހި ޓީމުތައް އޮތީ ފުރިހަމައަށް ތައްޔާރަށް

އިނގިރޭސި ވިލާތުގެ ބާމިންހަމްގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފަށާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ޖުލައި 2022 | ހުކުރު 06:18
ކޮމަންވެލްތު ގޭމްސް ފެށުމުގެ ތެރެއިން

ކޮމަންވެލްތު ގޭމްސް ފެށުމުގެ ތެރެއިން

މިއަހަރުގެ ކޮމަންވެލްތު ގޭމްސް ރަސްމީކޮށް ފަށައިފިއެވެ.

އިނގިރޭސި ވިލާތުގެ ބާމިންހަމްގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފަށާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގައެވެ. ގޭމްސްގައި ވާދަކުރާ ޤައުމުތަކުން ވަނީ އެ ޤައުމުގެ ދިދަތައް އުފުލާލާފައެވެ. މިއަހަރުގެ ކޮމަންވެލްތު ގޭމްސްގައި ބައިވެރިވި ދިވެހި ޓީމުގެ ދިދަ އުފުލާލާފައިވަނީ، ޤައުމީ ޓީމުގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލާއި، ބެޓްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީއެވެ. މުބާރާތުގައި ވާދަކުރާ ދިވެހި ޓީމުތައް އޮތީ ގޭމްސްއަށް އެންމެ ފުރިހަަމައަށް ތައްޔާރަަށް ކަމަށް ޓީމުތަކުން ވަނީ ބުނެފައެވެ.

މިއަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ވާދަކުރާނީ ފަސް ކުޅިވަރެއްގައެވެ. އެއީ ޓޭބަލް ޓެނިސް (ޓީޓީ)، އެތުލެޓިކްސް، ފެތުން، ބީޗްވޮލީ ބޯޅަ އަދި ބެޑްމިންޓަންއެވެ. ގޭމްސްގައި ރާއްޖޭގެ 46 އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވެއެވެ.

ރާއްޖޭގެ ޓީޓީ ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޯޗު އިބްރާހިމް ޝިއުރީ ބުނީ، ޓީމު އޮތީ މީގެ ކުރީގެ މުބާރާތްތަކުގައި ވެސް ދެއްކި މޮޅު ކުޅުން ދެެއްކުމަށް ތައްޔާރަށް ކަމަށެވެ. ޝިއުރީ ބުނީ މިއަހަރު ރާއްޖޭގައި ބޭއްވި ޓީޓީ މުބާރާތުގައި ސަޕޯޓަރުންގެ ކުރިމަތީގައި ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އޭގެ ފައިދާ ކުރާނެ ކަން ފާހަގަ ކުރަމުން ޝިއުރީ ބުނީ ފުރަތަމަ އަމާޒަކީ، ރަނގަޅު ޓީމުތަކަކާ ވާދަކޮށް ގްރޫޕު ސްޓޭޖުން ރަނގަޅު ހިސާބަކަށް ދިޔުން ކަމަށެވެ. މީގެ އިތުރުން ޝިއުރީ ބުނީ މެއިން ޓާގެޓަކީ އިންޑިއަން އޯޝަން އައިލެންޑު ގޭމްސްގައި ހޯދި މެޑަލް ދިފާއުކުރުން ކަމަށެވެ. އަދި ކޮމަންވެލްތު ގޭމްސްއާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އިން ކުރިއެރުންތަކެއް ހޯދޭނެ ކަމަށެވެ.

ގޭމްސްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނީ ގާތް ގާތުގައި ބޮޑު ތިން މުބާރާތް ލިބުމަކީ ވަރަށް ރަނގަޅު ވާދައެެއްކުރަން ލިބުނު ފުރުސަތެއް ކަމަށެވެ. ސާއިދު ފާހަގަކުރި ގޮތުގައި މުބާރާތްތަކުގައި ވާދަކުރަނީ ދުނިޔޭގެ އެންމެ ވަރުގަދަ އެތުލީޓުންނާކަމަށްވާއިރު، އުންމީދުކުރަނީ ރަނގަޅު ޕާފޯމަންސްއަކަށް ކަމަށެވެ.

މީގެ އިތުރުން ސާއިދު ބުނީ މިވަގުތު ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާއާ އެއް ހީޓެއްގައި ވާދަކުރުމުގެ ފުރުސަތު ވޯލްޑް ޗެމްޕިއަންޝިޕްގައި ލިބުނު ކަމަށާއި، އޭގައި ރަަނގަޅު ދެ ރަން ލިބުނު ކަމަށެވެ. ސާއިދު ފާހަގަކުރި ގޮތުގައި އެ މުބާރާތުގައި ލިބުނު ކުރިއެރުން ކޮމަންވެލްތު ގޭމްސްގައި އިރާދަކުރެއްވިއްޔާ ފެންނާނެ ކަމަށެވެ.

ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ސްވިމިން ޓީމުގައި ހިމެނޭ އައިޝަތު ސައުސަން ބުނީ ގިނަ ދުވަސްތަކަކަށްފަހު، ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ލިބުމުން އުފާވާ ކަމަށެވެ. އޭނާ ބުނީ މި ލިބުނީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ގޭމްސްގައި ވާދަކުރާ ބެޓްމިންޓަން ޓީމުގައި ހިމެނޭ މުހައްމަދު އަޖުފާން ރަޝީދު ބުނީ މިއީ އޭނާގެ ތިން ވަނަ ކޮމަންވެލްތު ގޭމްސް ކަމަށާއި، ގޭމްސްގައި އަލުން ބައިވެރިވެވޭތީ އުފާ ކުރާ ކަމަށެވެ. އެއީ ރާއްޖެއިން ވާދަކުރާ ދެ ވަނައަށް އެންމެ ބޮޑު ގޭމްސްކަން ފާހަގަކޮށް އަޖުފާން އިތުރަށް ބުނީ، އޮލިމްޕިކް ކޮމެޓީ އާއި ޔޫތު މިނިސްޓްރީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ. އަޖުފާން ބުނީ ބެޓްމިންޓަނަށް ބަލާނަމަ ކޮމަންވެލްތު ގޭމްސްއަކީ ޓީމު އިވެންޓުގައި އެންމެ ގިނަ މެޗުތައް ކުޅުމަށް ލިބޭ މުބާރާތް ކަމަށެވެ.

މީގެ އިތުރުން އަޖުފާން ބުނީ ދިވެހި ޓީމުގައި ވަރަށް ތަޖުރިބާ ހުރި ކުޅުންތެރިން ތިބި ކަމަށެވެ. އަޖުފާން ބުނީ އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ވެސް މި މުބާރާތަކީ ވަރަށް ރަނގަޅު ފުރުސަތަކަށްވާނެ ކަމަށެވެ.

ބީޗުވޮލީ ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެޓީމްގެ ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ބުނީ މިއީ، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބީޗުވޮލީ އިތުރަށް ކުރިއެރުވުމާއި، ރާއްޖެގެ ދެ ޕެއާއަށް ވެސް ވަރަށް މުހިންމު މުބާރާތެއް ކަމަށެވެ. މީގެ އިތުރުން ސާޖިދު ބުނީ މިއީ ރާއްޖޭގައި މިއަހަރު ބާއްވާ ބީޗުވޮލީ މުބާރާތަށް ވެސް ރަނގަޅު ތަޖުރިބާއަކަށްވާނެ ކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ގިނަ މުބާރާތްތަކުގައި ބައިވެރިވާނަމަ، ކާމިޔާބު ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ސާޖިދު ބުނީ ޓީމުގެ ކޯޗު ބޭނުންވަނީ ލިބޭ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ގިނައިން ޕްރެކްޓިސް މެޗުތައް ކުޅުމަށް ކަމަށެވެ. މުބާރާތުގެ ކުރިން ޕްރެކްޓިސް ދެ މެޗު ކުޅެވިއްޖެކަން ފާހަގަކޮށް އޭނާބުނީ، އެއީ ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.

ކޮމަންވެލްތު ގޭމްސްމޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި

ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި

18 ސެޕްޓެމްބަރު 2025
އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

03 ސެޕްޓެމްބަރު 2025
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
  އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

21 ޖުލައި 2024
ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި

ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި

02 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު