Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީޓީ ޓީމު ހޯދި ކާމިޔާބީ

މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް

މިއީ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ރާއްޖެއިން މެޑަލް އެއް ހޯދި ފުރަތަމަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 އޯގަސްޓު 2022 | ހޮނިހިރު 06:55
އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ ތެރެއިން

އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ ތެރެއިން

އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) ޓީމު ހޯދި ކާމިޔާބަކީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ތުރުކީގެ ކޮންޏާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި އަންހެން ޓީޓީ ޓީމު ވަނީ ލޯ މެޑަލް ހޯދާފައެވެ. މިއީ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ރާއްޖެއިން މެޑަލް އެއް ހޯދި ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅިގެން މިނިސްޓަރު މަޙްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކައިރި މުސްތަޤުބަލް އެއްގައި ޓީޓީ ކަހަލަ ކުޑަ ކުޅިވަރަކުން ބޮޑު ގޭމެއްގައި ވާދަކޮށް، މެޑަލް އެއް ލިބިދާނެކަމަށް ބައެއް މީހުންނަށް ޤަބޫލުކުރަން ދަތިވެފައި އޮންނަ ކަމަށެވެ. ނަމަވެސް މާތްﷲގެ އިރާދަފުޅާއެކު ރާއްޖޭގެ ޓީޓީ ޓީމުން މިވަނީ ކުޅިވަރުގެ ތާރީޚުގައި ލިބުނު އެންމެ މަތީ ކާމިޔާބް ހޯދާފައިކަމަށް ވިދާޅުވެފައި ވެއެވެ.

56 ގައުމު ވާދަކުރި އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ލޯ މެޑަލް ހޯދައި، ދިވެހި ދިދަ އެންމެ އުހުގައި ވިހުރާލަދިން ޓީމަށާއި، ބެލެނިވެރިންނަށް މިނިސްޓަރު ވަނީ ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދް އާއި އެކްސްކޯއިން ކުރާ މަސައްކަތަށް ވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ކުޅިވަރުގެ ސިޔާސަތަށް ގެނެވުނު ބަދަލުގެ ނަތީޖާކަމަށެވެ. އޭގެ ތެރޭގައި ކުދި ކުޅިވަރުތަކާއި، ބޮޑެތި ކުޅިވަރުތަކުގެ މެދުގައި އޮންނަ ތަފާތު ކުރުން ނައްތާލައި، ދެ ޖިންސުގެ ހަމަހަމަކަމަށް އިސްކަން ދިނުމުގެ އިތުރުން ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ނުވައްދާ ކުރެވުނު މަސައްކަތް ހިމެނޭ ކަމަށް މަޙްލޫފް ވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު މިއީ ޓީޓީ އެހެން ހަރުފަތަކަށް ގެންދިޔުމަށް ކުރެވުނު ބޮޑު ހޭދައިގެ ނަތީޖާކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވަނީ އެކަންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ދެއްވާ އެހީތެރިކަމާއި، އިރުޝާދަށް ޝުކުރު އަދާކުރައްވާފައެވެ.

ޓީޓީ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ ރާއްޖެއިން ބޭރުން ތަމްރީނުތައް ފުރިހަމަކުރިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އިސްލާމިކް ސޮލިޑަރިޓީ ގޭމްސް އަށް ފަހު، ދީމާ ފްރާންސްގައި ތަމްރީނުތަކެއް ފުރިހަމަ ކުރާނެ ކަމަށް މަޙްލޫފް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އައިޝަތު ރަފާ ނާޒިމް، މުޙައްމަދު ތާބިން ސުޖާއު އަދި އަހްޔަރު ކްރޮއޭޝިއާއަށް ފަރިތަކުރުންތަކަށް ދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް މަޙްލޫފް ވިދާޅުވީ މިހާރު އެންމެ ބޮޑު ފޯކަސްއެއް ކުރެވިފައިވަނީ ބީޗް ވޮލީ ބޯޅައަށް ކަމަށެވެ. ބީޗް ވޮލީއިން ކައިރީ މުސްތަގުބަލް އެއްގައި ރަން ވަނަތަކެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ބީޗު ވޮލީ ޓީމަށް މިހާރު އިރުޝާދު ދެނީ ވިނީިޝިއުސް މާޓިން ޖިއޯނީއެވެ. އޭނާގެ އިރުޝާދުގެ ދަށުން ބީޗް ވޮލީ ޓީމު އަންނަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަަކަށް ގެންދިޔުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކުޅިވަރާ ބެހޭ ވުޒާރާއަހުމަދު މަޚްލޫފްމޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
  އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު