Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮމަންވެލްތު ގޭމްސް

ކޮމަންވެލްތު ގޭމްސްގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފު ޖުމާނާ އާއި ޒަޔާނަށް

މިއީ ޖުމާނާ ކޮމަންވެލްތު ގޭމްސްގައި ބައިވެރިވާ ހަތަރު ވަނަ ފަހަރު، ޒަޔާން ބައިވެރިވާ ތިން ވަނަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ޖުލައި 2022 | އަންގާރަ 03:39
ދިދަ ހަވާލުކުރުމުގެ ތެރެއިން

ދިދަ ހަވާލުކުރުމުގެ ތެރެއިން

މިއަހަރުގެ ކޮމަންވެލްތު ގޭމްސްގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފު ޤައުމީ ޓީމުގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލާއި، ބެޓްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީއާ ހަވާލުކޮށްފިއެވެ.

މިއަހަރުގެ ކޮމަންވެލްތު ގޭމްސް ފަށާނީ އަންނަ ބުރާސްފަތި ދުވަހު ރޭއެވެ. ގޭމްސް ކުރިއަށް ދާނީ އިނގިރޭސި ވިލާތުގެ ބާމިންހަމްގައެވެ. ދިދަ އުފުލާ އެތުލީޓުންނަށް ދިދަ ހަވާލުކޮށްދެއްވީ އެތުލީޓްސް ވިލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފާއި، އޮލިމްޕިކް ކޮމެޓީގެ ރައީސް މުޙައްމަދު ޢަބްދުއް ސައްތާރު (ޗަމްޕީ)އެވެ.

ތިރީހަކަށް ހާސް މީހުންގެ ކުރިމަތީގައި ދިވެހި ދިދަ އުފުލާ ޖުމާނާ ކޮމަންވެލްތު ގޭމްސްގައި ބައިވެރިވާ މިއީ ހަތަރު ވަނަ ފަހަރެވެ. އަދި ޒަޔާން ބައިވެރިވާ ތިން ވަނަ ފަހަރެެވެ.

މިއަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ވާދަކުރާނީ ފަސް ކުޅިވަރެއްގައެވެ. އެއީ ޓޭބަލް ޓެނިސް (ޓީޓީ)، އެތުލެޓިކްސް، ފެތުން، ބީޗްވޮލީ ބޯޅަ އަދި ބެޑްމިންޓަންއެވެ. ގޭމްސްގައި ރާއްހޭގެ 46 އެތުލީޓުންނޏާއި އޮފިޝަލުން ބައިވެރިވާނެއެވެ.

ރާއްޖޭގެ ޓީޓީ އަންހެން ޓީމުގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުޙައްމަދު އިބްރާހިމް، މަލާކް ބިންތި މުއިއްޒު އަދި ޖުމާނާއެވެ. މީގެ އިތުރުން ފިރިހެން ތަރި މޫސާ މުންސިފް ވާދަކުރާނީ ޓީޓީ އޯޕަންސް ބައިގައެވެ. ގޭމްސްގައި ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމުގައި ހިމެނެނީ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)އެވެ.

މިއަހަރުގެ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބެޑްމިންޓަން ޓީމުގައި ހިމެނެނީ، މުޙައްމަދު އަޖުފާން ރަޝީދު، ނިބާލް އަޙުމަދު، އައިމިނަތު ނަބާހާ އަބްދުލް ރައްޒާގު އަދި ފާތިމަތު ނަބީހާ އަބްދުލް ރައްޒާގު، ޒަޔާން އަދި ރިޝްވާން ޝިޔާމްއެވެ. މިއީ ކުލަބްތަކާ ގުޅިގެން ގައުމީ ބެޑްމިންޓަން ސްކޮޑެއް އެކުލަވާލެވުނު ފުރަތަމަ ފަހަރެވެ.

ޤައުމީ އެތުލެޓިކްސް ޓީމުގައި ހިމެނެނީ، ޙަސަން ސާއިދު، ރޫޔާ އަލީ، އައިޝަތު ހިމްނާ ހަސަން، މަރިޔަމް އަލްހާ ހުސައިން، އާމިނަތު ލަޔާނާ މުޙައްމަދު އަދި ރިފާ މުޙައްމަދެވެ. ސްވިމިން ޓީމަށް ބަލާއިރު، ސްކޮޑުގައި ހިމެނެނީ އައިޝަތު ސައުސަން، މުބާލް އައްޒާމް އިބްރާހިމް، މުޙައްމަދު ރިހާން ޝިހާމް، އާން ހުސެއިން އަދި ހަމްނާ އަޙުމަދެވެ.

އެންމެ ފަހުން ރާއްޖެއިން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވީ 2014 ވަނަ އަހަރުއެވެ. ނަމަވެސް އޭގެ ފަހުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން 2016 ވަނަ އަހަރު ނިންމުމާއެކު، ރާއްޖެއަށް ފުރުސަތު ގެއްލުނެވެ. އެގޮތަށް ނިންމުމުގެ ސަބަބުން 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ރާއްޖެއަށް ބައިވެރިއެއް ނުވެވުނެވެ. އަލުން އަނބުރާ ކޮމަންވެލްތާ ގުޅުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން މަޖިލީހަށް ހުށަހަޅައި، އެކަން ފާސްކުރިއެވެ. އެއާއެކު ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބުނުކަން ހާމަކުރީ 2020 ވަނަ އަހަރުއެވެ.

ކޮމަންވެލްތު ގޭމްސްމޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި

ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި

18 ސެޕްޓެމްބަރު 2025
އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

03 ސެޕްޓެމްބަރު 2025
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
  އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

21 ޖުލައި 2024
ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި

ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި

02 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު