Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހި ކުޅިވަރު

ދިވެހީން ދަތުރުކުރާން އޮތް ކުޅިވަރުގެ މަގު ވަރަށްވެސް ދިގު

ދިވެހިން މިއަދު ބޭރުގެ މުބާރާތްތަކުގައި ވާދަކުރަނީ ސީދާ މެޑެއްޔަށް

ރާއްޖެ އެމްވީ | 3 މާރިޗު 2022 | ބުރާސްފަތި 12:59
ޑީސީޖޭ ސްޕޯޓްސް އެކެޑަމީގެ ސެޝަނެއްގެ ތެރެއިން

ޑީސީޖޭ ސްޕޯޓްސް އެކެޑަމީގެ ސެޝަނެއްގެ ތެރެއިން

ހުރިހާ ޒަމާނެއްގައިވެސް ދިވެހީން ކުޅިވަރު ކުޅުނެވެ. އެކިއެކި ދުވަސްތައް ފާހަގަކުރުމުގެ ގޮތުންވެސް ކުޅިވަރުގެ އެކި ހަރަކާތްތައް އައީ ބާއްވަމުންނެވެ. އެންމެ އެވޭލާ ޒަމާނުން ފެށިގެންނެވެ. އެހެންނަމަވެސް ކުރީ ޒަމާނުގައި ދިވެހިން ދަންނަނީ ދިވެހި ސަގާފީ ކުޅިވަރުތަކެވެ. ބައިނަލްއަގުވާމީ ކުޅިވަރުތަކުގެ ގޮތުގައި މިއަދު ފާހަގަކުރެވިފައިވާ ކުޅިވަރުތައް ދިވެހިރާއްޖޭގެ ހަފޮޅުން އެތެރެވެފައިވަނީ ނިސްބަތުން ވަރަށް ފަހުންނެވެ. އެކަހަލަ ބައެއް ކުޅިވަރުތައް ތައާރަފުވި ދުވަސްވަރު އެކުޅިވަރުތައް ކުޅުމުގައި އަމަލީގޮތުން އުޅުނު ބައެއް މީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. ވޮލީޔާއި ބާސްކެޓްބޯޅައެވެ. ޓެނިހާއި ބެޑްމިންޓަނެވެ. ޓޭބަލް ޓެނިހާއި ހޮކީއެވެ. ފުޓްބޯޅަޔާއި ނެޓްބޯޅައެވެ. މިހެންގޮސް އަދިވެސް ކިތަންމެ ކުޅިވަރެކެވެ.

އެވޭލާ ޒަމާނުން ފެށިގެން ދިވެހީން ކުޅެމުން އައި ބައެއް ކުޅިވަރުތައް މިހާރުވަނީ އުވިގެން ގެއްލިގެން ގޮސްފައެވެ. އަނެއްބައި ކުޅިވަރުތައް އެޔާއި ގާތްކުރާ ބައިނަލްއަގުވާމީ ކޮންމެވެސް ކުޅިވަރެއްގެ ބައްޓަމަށް ފެތިގެން އަދިވެސް ދެމިގެން އެބައާދެއެވެ. މަންޑިޔާއި ބަށިބޯޅަޔަކީ މިއަދު މަސްހުނިވެފައިވާ ކުޅިވަރުތަކެވެ. ކުރީގެ ގޮތްތަކާއި ފަހުގެ ގޮތްތަކެވެ. ދިވެހި ކުޅިވަރުތައް ބަދަލުވަމުން ފުރޮޅެމުން އަންނަ ގޮތުގެ މައްޗަށް ފުރިހަމަ ދިރާސާތަކެއް މިހާތަނަށް ހެދިފައެއް ނެތެވެ. އެކަހަލަ ދިރާސާތަކެއްކޮށް ހޯދައި ބަލައިފިއްޔާ ވަރަށް ޝައުގުކުރަނިވި ވަރަށް ގިނަ ކަންކަން ފެންނާނެއެވެ. ޒަމާނީވެފައިވާ ސަގާފީ ކުޅިވަރުތަކުގެ ލިސްޓަށް ކިތަންމެ ކިތަންމެ ކުޅިވަރެއްވެސް އަރާނެއެވެ. އަދިވެސް ކިތަންމެ ކަމެކެވެ.

ދިވެހި ކުޅިވަރަށް ޒަމާނީ ބަދަލުތައް އަންނާން ފެށީ ދިވެހި ޒުވާނުން ސިލޯނާއި އިންޑިޔާގައި ތައުލީމު ހާސިލްކުރަން ފެށި ހިސާބުންނެވެ. ޚާއްސަކޮށް ވެރިކަންކުރާން ތިބޭ މީސްމީހުންގެ ދަރީން ސިލޯނާއި އިންޑިޔާއިން ތައުލީމް ހާސިލްކޮށްގެން އެނބުރި މާލެ އައިސް ބޭރުގައި އެމީހުންނަށް ދަސްވި ކުޅިވަރުތައް މާލޭގައި ތިބޭ ޒުވާނުންނަށްވެސް ދަސްކޮށްދީގެން މާލޭގައި އެކުޅިވަރުތައް ކުޅޭން ފެށި ހިސާބުންނެވެ. ފުޓްބޯޅަޔާއި ކުރިކެޓާއި ޓެނިހާއި ބެޑްމިންޓަނާއި ބާސްކެޓްބޯޅަ ތައާރަފުވީ މިގޮތުންނެވެ. މިވެނި ކުޅިވަރެއް ތައާރަފުވީ މިވެނި އަހަރެއްގައި މިވެނި މީހެއްގެ ފަރާތުން ކަމަށް ކަނޑައެޅުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަންވާނީ ނިމުމެއްނެތް ބަހުސަކަށް ހުޅުވައިލެވޭ ދޮރަކަށެވެ. އެހެންވީމާ އެންމެ ފަސޭހަގޮތަކީ ޒަމާންތަކަށް ބަހައިލުމެވެ.

ޒަމާނީ ކުޅިވަރުތައް ދިވެހިރާއްޖެއަށް ތައާރަފުވެ މަގުބޫލުވަމުން ފެތުރެމުން އައިގޮތުގެ މައްޗަށް ވާހަކަ ދައްކާނަމަ ދިވެހި ކުޅިވަރު ބަހައިލާން ޖެހެނީ ދެ ޒަމާނަކަށެވެ. އެއްޒަމާނަކީ ގިނަކުޅިވަރުތަކެއް ތައާރަފުވެ އެޔަށް އަހުލުވެރިވެވޭތޯ ދިވެހި ޒުވާނުން ގަދައެޅި ޒަމާނެވެ. އެންމެ ފުރަތަމަ މުބާރާތްތަކެއްގެ ތެރެއިން ވާދަކުރާން ފެށުނު ޒަމާނެވެ. އެޒަމާނަކީ ދިވެހި ދައުލަތުގެ އެންމެހައި ކަންކަން އަތިރީގޭ މުހައްމަދު އަމީނު ހިންގަވާން ހުންނެވި ޒަމާނެވެ. އެމަނިކުފާނަކީ އަމިއްލަފުޅަށްވެސް ކުޅިވަރު ކުޅުއްވައި ކުޅިވަރުގެ ކަންކަން ފުޅާ ކުރެއްވުމަށް ގަދައެޅުއްވި ބޭފުޅެކެވެ. ދިވެހި ޒުވާނުންނަށް ޒަމާނީ ފުޓްބޯޅަ ދަސްކޮށްދިނުމަށްޓަކައި ސިލޯނުން 1951 ގައި މައިކަލް ޑިސިލްވާ ގެނެވުނީ އެޒަމާނުގައެވެ.

ދިވެހި ކުޅިވަރުތައް ޒަމާނާއެއްގޮތަށް ބައްޓަންވެ ކުޅިވަރުގެ ދެވަނަ އިންގިލާބެއް ދެން އައީ ދިވެހި ދައުލަތް ހިންގަވާން ވެލާނާގޭ އިބްރާހިމް ނާސިރު ހުންނެވި ޒަމާނުގައެވެ. އިހަށް ދިވެހީން ދަންނަނީ ކުޅިވަރެވެ. އެ ކުޅިވަރުތައް ކުޅެމުން އައީ މައިގަޑު ގޮތެއްގައި އަމިއްލަ ޚިޔާލާއި އަމިއްލަ ގަވާއިދުތަކަށް ފައްތައިގެންނެވެ. ރައީސް ނާސިރުގެ ޒަމާނުގައި ކުޅިވަރު އެކަޑަމީއެއް ވުޖޫދުކުރެވި ޒާހިރު ނަސީރުގެ ބެއްލެވުމުގެ ދަށުން އެކިކުޅިވަރުތަކުގެ ރަސްމީ ގަވާއިދުތައް ދިވެހިބަހުން ލިޔެ ދަސްކޮށް އެކި ކުޅިވަރުތަކުގައި ބޭރުމީހުންނާ ވާދަކޮށް އައު ތަޖުރިބާތަކެއް ކުރާން ފެށިއެވެ. މާލޭގައި ބޭރު ގައުމެއްގެ ސިފައިންގެ މަނަވަރެއް ބަނދަރު ކުރިޔަސް މަނަވަރުގެ ޓީމާއި ދިވެހި ޒުވާނުންގެ މެދުގައި ކޮންމެވެސް ވޮލީ މެޗެއް ނުވަތަ ފުޓްބޯޅަ މެޗެއް ކުޅޭން ފެށުނެވެ.

ކުޅިވަރުތަކުގައި ކުރިއަރައި އައު ހަރުފަތްތަކަށް ވާސިލްވުމަށް ބައިނަލްއަގުވާމީ ތަޖުރިބާއަކީ ވަރަށްވެސް މުހިއްމު އެއްޗެކެވެ. މި ތަޖުރިބާތައް ހޯދުމުގެ ދޮރުވެސް ދިވެހި ޒުވާނުންނަށް ހުޅުވިގެން ދިޔައީ ރައީސް ނާސިރުގެ ދައުރުގައެވެ. ސިލޯނުގެ އެކި ކޮލެޖުތަކުގެ ޓީމުތައް ދޭތެރެ ދޭތެރެއިން މާލެ ގެނެސްގެންނެވެ. ބައިނަލްއަގުވާމީ އެކި ފެސްޓިވަލްތަކުގައި ބައިވެރިވާން ދިވެހި ޒުވާނުން ބޭރަށް ފޮނުވައިގެންނެވެ. މިގޮތުން އެންމެ ފުރަތަމަ ބޭރަށް ދިޔަ ދިވެހި ޓީމަކީ ޗައިނާގެ ވެރިރަށް ބެއިޖިންގުގައި 1970ގެ އަހަރުތަކުގެ ކުރީކޮޅު ބޭއްވުނު ޓޭބަލް ޓެނިސް ފެސްޓިވަލެއްގައި ބައިވެރިވާންދިޔަ ޓޭބަލް ޓެނިސް ޓީމެވެ. އޭގެ މަދު އަހަރުތަކެއް ފަހުން ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ފުރަތަމަ ތަޖުރިބާވެސް ދިވެހިން ވަނީ ރިޔުނިއަންގައި ކޮށްފައެވެ.

ކޮންމެއަކަސް އެއީ އެޒަމާނެވެ. މާޒީއާއެކުވެގެން ގޮސްފައިވާ ޒަމާނެވެ. މިއަދަކީ މުޅިން ތަފާތު ޒަމާނެކެވެ. މިއަދުގެ ވިސްނުންވެސް ތަފާތެވެ. އިހަށް ދިވެހި ޓީމުތައް ބޭރަށް ފޮނުވަނީ ތަޖުރިބާ ލިބިގަތުމަށެވެ. އެޒަމާން ފާއިތުވެ މިހާރު ބޭރުގެ މުބާރާތްތަކުގައި ވެސް ދިވެހިން ވާދަކުރަނީ ސީދާ ކުޅިފަސް އަތުލުމަށެވެ. މެޑަލް ހޯދުމަށެވެ. މިކަން ހަގީގަތަކަށްވެސް އެބަވެއެވެ. އެއްކުޅިވަރަށްވުރެ ގިނަ ކުޅިވަރުތަކުން ރާއްޖޭގެ ޒުވާނުން ބޭރުގެ މުބާރާތްތަކުގައި ރަން ވަނަވަނަ ދަނީ ހާސިލްކުރަމުންނެވެ. ފުޓްބޯޅަޔާއި ބެޑްމިންޓަނާއި ޓޭބަލް ޓެނިހާއި މިހެންގޮސް އަދިވެސް ކިތަންމެ ކުޅިވަރެއްގައެވެ. އެކަމަކު މިހިސާބުން ދަތުރު އަދި ނުނިމެއެވެ. ނުވެސް ނިމޭނެއެވެ. މިހާރު ތިބި ހިސާބު ފަހަނަޅައި އައު ހަރުފަތަކަށް އެރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އޮތީއެވެ.

ކުޅިވަރާ ބެހޭ ވުޒާރާމޯލްޑިވްސް އޮލިމްޕިކް ކޮމިޓީމޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022

ކޮމެންޓް

އިތުރަށް ކިޔާލަން

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
  އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

01 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު