Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އެމްއޯސީގެ މިއަހަރުގެ އާމްދަނީގެ ގޮތުގައި 50 މިލިއަން ބަޖެޓްކޮށްފި

މިއަހަރަށް ކަނޑައަޅާފައިވަނީ 47 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 27 މާރިޗު 2022 | އާދީއްތަ 07:26
އެމްއޯސީގެ ރައީސް އާއި ސެކެޓްރީ ޖެނެރަލް

އެމްއޯސީގެ ރައީސް އާއި ސެކެޓްރީ ޖެނެރަލް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ މިއަހަރުގެ އާމްދަނީގެ ގޮތުގައި 50 މިލިއަން ރުފިޔާ ބަޖެޓްކޮށްފިއެވެ.

އެމްއޯސީގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފައި ވަނީ ހޮނިހިރު ދުވަހު ބޭއްވި ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައެވެ. ލިބޭ އާމްދަނީއަށްވުރެ ހޭދަވާ ޚަރަދު ކުޑަ މި އަރަނި ބަޖެޓުގައި މިއަހަރަށް ކަނޑައަޅާފައިވަނީ 47 މިލިއަން ރުފިޔާ ޚަރަދު ކުރުމަށެވެ. އެއީ ބައިނަލްއަގުވާމީ ފަސް ގޭމްސްއެއްގައި ރާއްޖެ ވާދަކުރުމަށާއި، ސްކޮލަޝިޕްތަކާއި ގޭމްސްތަކުގެ ތައްޔާރީތައް ވުމުގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ މުވައްޒަފުންނާއި ކުޅިވަރު އެސޯސިއޭޝަނަށް ފަހިކޮށްދޭ އެކި ފުރުސަތުތަކަށް ހިނގާނެ ހަރަދުތައް ކުރުމަށެވެ.

އެމްއޯސީއިން މިއަހަރު ބައިވެރިވުމަށް ކަނޑައަޅާފައިވަނީ ފަސް ގޭމްސްއެއްގައެވެ. އެއީ އޭޝިއަން ގޭމްސް، ކޮމަންވެލްތު ގޭމްސް، އޭޝިއަން ޔޫތު ގޭމްސް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަދި ޗިލްޑްރަންސް އޮފް އޭޝިއާ ގޭމްސްއެވެ. މި ގޭމްސްތަކަށް ޚަރަދުވާނެކަމަށް އަންދާޒާ ކުރެވެނީ 36 މިލިއަން ރުފިޔާއެވެ.

މިއަހަރު ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗިލްޑްރަންސް އޮފް އޭޝިއާ ގޭމްސް  ކެންސަލް ކުރާނެކަމަށް ޗިލްޑްރަންސް އޮފް އޭޝިއާ އިންޓަނޭޝަނަލް ސްޕޯޓްސް ގޭމްސް ކޮމިޓީން ވަނީ އިޝާރާތެއް ދީފައެވެ. ނަމަވެސް މިއަހަރުގެ ބަޖެޓް ހަދާފައިވަނީ އެމުބާރާތަށް ހިނގާނެ ޚަރަދުތައްވެސް ހިމަނައިގެން ކަމަށް އެމްއޯސީގެ ސެކެރެޓްރީ ޖެނަރަލް ތަމޫހް އަހްމަދު ސައީދު ވިދާޅުވިއެވެ.

އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު ވިދާޅުވީ އެމްއޯސީން މަސައްކަތް ކުރާނީ ކުޅިވަރު އެސޯސިއޭޝަންތަކާއި ވަރަށް ގާތް ގުޅުމެއް ބާއްވައިގެން ކަމަށެވެ. އެގޮތުން އެސޯސިއޭޝަންތަކުގެ މެމްބަރުން މިހާރުވެސް ކޮމިޓީގައި ތިބުމާއެކު ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ ކަމަށް ވިދާޅުވިއެވެ.

އޮލިމްޕިކް ކޮމިޓީން އަންނަނީ ކުރިއަށް އޮތް 10 އަހަރު ދުވަހަށް ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. ސައްތާރު ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރު ބައްޓަން ކުރަން ބައިނަލްއަގުވާމީ ފްރޭމްވޯކެއްގެ ތެެރެއިން ކުރެވޭ ކަމެއް ކަމަށެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2024

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި
21 ޖުލައި 2024

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

21 ޖުލައި 2024
  އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله
02 އޮކްޓޯބަރު 2022

ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި

02 އޮކްޓޯބަރު 2022
ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި
13 އޯގަސްޓު 2022

މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް

13 އޯގަސްޓު 2022
މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް
29 ޖުލައި 2022

ކޮމަންވެލްތު ގޭމްސް ފަށައިފި، ދިވެހި ޓީމުތައް އޮތީ ފުރިހަމައަށް ތައްޔާރަށް

29 ޖުލައި 2022
ކޮމަންވެލްތު ގޭމްސް ފަށައިފި، ދިވެހި ޓީމުތައް އޮތީ ފުރިހަމައަށް ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު