Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮމަންވެލްތު ގޭމްސް

ދިދަ އުފުލުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް، އުންމީދަކީ ރަނގަޅު ނަތީޖާއެއް ހޯދުން: ޖުމާނާ އަދި ޒަޔާން

މިއަހަރުގެ ކޮމަންވެލްތު ގޭމްސް ފަށާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖުލައި 2022 | އަންގާރަ 07:25
ޖުމާނާ އަދި ޒަޔާނަށް ދިދަ ހަވާލުކުރުމުގެ ތެރެއިން

ޖުމާނާ އަދި ޒަޔާނަށް ދިދަ ހަވާލުކުރުމުގެ ތެރެއިން

މިއަހަރުގެ ކޮމަންވެލްތު ގޭމްސްގައި ދިވެހި ދިދަ އުފުލާލުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއްކަމަށް ޖުމާނާ ނިމާލް އާއި ޒަޔާން ޒަކީ ބުނެފިއެވެ.

މި ދެ އެތުލީޓުންނާ މިހާރު ވަނީ ރަސްމީކޮށް ދިދަ ހަވާލުކޮށްފައެވެ. މިކަމާ ގުޅޭ ގޮތުން ޤައުމީ ބެޓްމިންޓަން ކުޅުންތެރިޔާ ޒަޔާން ބުނީ މިއީ އޭނާގެ ތިން ވަނަ ކޮމަންވެލްތު ގޭމްސް ކަމަށާއި، މި ގޭމްސްގައި ދިވެހި ދިދަ އުފުލާލުމުގެ ފުރުސަތު ލިބުމަކީ އޭނާގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑެ އެއް ފަޚުރުކަމަށެވެ.

މިއީ ކޮމަންވެލްތު ގޭމްސްގައި ތަޖުރިބާކާރު ޓޭބަލް ޓެނިސް (ޓީޓީ) ކުޅުންތެރިޔާ ޖުމާނާ ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. ޒަޔާންއެކޭ އެއް ގޮތަށް ޖުމާނާ ދެކެ ގޮތުގައި ވެސް ލިބުނު ފުރުސަތަކީ ފަޚުރުވެރިވާ ފުރުސަތެކެވެ. ޖުމާނާގެ ވެސް އުންމީދަކީ މިއަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމެވެ.

މިއަހަރުގެ ކޮމަންވެލްތު ގޭމްސް ފަށާނީ އަންނަ ބުރާސްފަތި ދުވަހު ރޭއެވެ. ގޭމްސް ކުރިއަށް ދާނީ އިނގިރޭސި ވިލާތުގެ ބާމިންހަމްގައެވެ. ދިދަ އުފުލާ އެތުލީޓުންނަށް ދިދަ ހަވާލުކޮށްދެއްވީ އެތުލީޓްސް ވިލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފާއި، އޮލިމްޕިކް ކޮމެޓީގެ ރައީސް މުޙައްމަދު ޢަބްދުއް ސައްތާރު (ޗަމްޕީ)އެވެ.

މިއަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ވާދަކުރާނީ ފަސް ކުޅިވަރެއްގައެވެ. އެއީ ޓޭބަލް ޓެނިސް (ޓީޓީ)، އެތުލެޓިކްސް، ފެތުން، ބީޗްވޮލީ ބޯޅަ އަދި ބެޑްމިންޓަންއެވެ. ގޭމްސްގައި ރާއްހޭގެ 46 އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވާނެއެވެ.

މިއަހަރުގެ ގޭމްގައި ރާއްޖެއިން ބައިވެރިވަނީ މެދު ކެނޑުމަކަށްފަހު އެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު ކޮމަންވެލްތުން ވަކިވާން ނިންމުމާއެކު، ރާއްޖެއަށް ވަނީ ގޭމްސްގެ ފުރުސަތު ގެއްލިފައެވެ. ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައެވެ. އެއާއެކު ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބުނުކަން ހާމަކުރީ 2020 ވަނަ އަހަރުއެވެ.

ކޮމަންވެލްތު ގޭމްސްމޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2025

ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި

18 ސެޕްޓެމްބަރު 2025
ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި
03 ސެޕްޓެމްބަރު 2025

އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

03 ސެޕްޓެމްބަރު 2025
އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި
23 ސެޕްޓެމްބަރު 2024

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި
21 ޖުލައި 2024

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

21 ޖުލައި 2024
  އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله
02 އޮކްޓޯބަރު 2022

ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި

02 އޮކްޓޯބަރު 2022
ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު