Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަންއަކަށް ޝިފާނާ ހަމަޖައްސައިފި

މި ގޭމްސް ކުރިއަށް ދާނީ މިއަހަރުގެ އޮގަސްޓު މަހުގެ 8-18 އަށް ތުރުކީގެ ކޮންޏާގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޖޫން 2022 | ބުދަ 09:18
އެމްއޯސީގައި މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިން

އެމްއޯސީގައި މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިން

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަންއަކަށް އައިޝަތު ޝިފާނާ ވަޖީހު ހަމަޖައްސައިފިއެވެ.

ފިޓްނަސް ދާއިރާގައި މަސައްކަތްކޮށްފައިވާ ޝިފާނާ ޗެފް ޑި މިޝަންއަކަށް ހަމަޖެއްސިކަން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ހާމަކުރީ މިއަދުއެވެ. އެއާއެކު ޝިފާނާ ވެގެންދާނީ ރާއްޖޭގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަންކަން ކުރާ ފުރަތަމަ އަންހެން މެމްބަރަށެވެ.

މި ގޭމްސް ކުރިއަށް ދާނީ މިއަހަރުގެ އޮގަސްޓު މަހުގެ 8-18 އަށް ތުރުކީގެ ކޮންޏާގައެވެ. މިއީ މި ގޭމްސްގައި ރާއްޖެއިން ވާދަކުރާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ރާއްޖެއިން ވަނީ 2017 ވަަނަ އަހަރު އޮތް ގޭމްސްގައި ވެސް ބައިވެރިވެފައެވެ. އެ އަހަރުގެ ގޭމްސް އޮތީ އަޒަރުބައިޖާންގެ ބަކޫގައެވެ.

އޮލިމްޕިކް ކޮމެޓިން ބުނީ ޝިފާނާއާއެކު މި ގޭމްސްގައި ރާއްޖެއަށް ރަނގަޅު ކާމިޔާބީއެއް ލިބޭނެކަމަށް ދެކޭކަމަށެވެ. މިއަހަރުގެ ގޭމްސްގައި ޝިފާނާގެ ޒިންމާއަކީ އެތުލީޓުންނަށް ބޭނުންވާ ކަންކަން ހަމަޖެއްސުން ކަމަށް އޮލިމްޕިކް ކޮމެޓީން ބުނެއެވެ. އޭގެ ތެރޭގައި އެތުލީޓުންގެ ހުރުމުގެ އިންތިޒާމުތަކުގެ އިތުރުން ދަތުރުފަތުރުގެ ކަންކަން ބަލަހައްޓާނީ ޝިފާނާއެވެ.

މިއަހަރުގެ ގޭމްސްގައި ރާއްޖެއިން ބައިވެރިވާނީ ހަތަރު ކުޅިވަރެއްގައެވެ. އެއީ ސްވިމިން، ބާސްކެޓު ބޯޅަ އަދި އެތުލެޓިކްސްގެ އިތުރުން ޓޭބަލް ޓެނިސް (ޓީޓީ)އެވެ. މިއަހަރު ރާއްޖެއިން ބައިވެރިވާން ނިންމާފައިވާ ތިން ގޭމްސްއެއް ވަނީ ފަސްކޮށްފައެވެ. އެއީ އޭޝިއަން ޔޫތު ގޭމްސް، އޭޝިއަން ގޭމްސް އަދި ޗިލްޑްރެން އޮފް އޭޝިއަން ގޭމްސްއެވެ.

މިއަހަރު ދެން ރާއްޖެއިން ވާދަކުރާނެ ގޭމްސްއަކީ ކޮމަންވެލްތް ގޭމްސްއެވެ. ކޮމަންވެލްތު ގޭމްސް ކުރިއަށް ދާނީ އަންނަ މަހުގެ 28 ން އޮގަސްޓު މަހުގެ 8 ވަނަ ދުވަހާ ހަމައަށެވެ. މިއަހަރުގެ ކޮމަންވެލްތު ގޭމްސް ކުރިއަށް ދާނީ އިންގްލެންޑްގެ ބާމިންހަމްގައެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
  އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

21 ޖުލައި 2024
ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި

ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި

02 އޮކްޓޯބަރު 2022
މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް

މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް

13 އޯގަސްޓު 2022
ކޮމަންވެލްތު ގޭމްސް ފަށައިފި، ދިވެހި ޓީމުތައް އޮތީ ފުރިހަމައަށް ތައްޔާރަށް

ކޮމަންވެލްތު ގޭމްސް ފަށައިފި، ދިވެހި ޓީމުތައް އޮތީ ފުރިހަމައަށް ތައްޔާރަށް

29 ޖުލައި 2022

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު