Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސްވިޒެލެންޑްގެ އެންމެ މަޝްހޫރު ސަޕޯޓަރ

ސަޕޯޓްކުރުމުގައި ފެނިގެންދިޔަ އަސަރުތަކާއެކު މަޝްހޫރުކަން ހޯދި ސްވިޒެލެންޑްގެ ސަޕޯޓަރަށް މެޗް ބަލަން ހިލޭ ދިޔުމުގެ ފުރުސަތު

ލޫކާ ލައުޓެންބާކް ކުޑަވަގުތުކޮޅެއްގެ ތެރޭގައި މަޝްހޫރުވެގެން ދިޔައީ އޭނާގެ މޫނުމަތިން ފެނިގެންދިޔަ އަސަރުތަކުގެ ސަބަބުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 ޖުލައި 2021 | ހުކުރު 03:24
ސްވިޒެލެންޑްގެ މަޝްހޫރު ސަޕޯޓަރ ލޫކާ ލައުޓެންބާކް

ސްވިޒެލެންޑްގެ މަޝްހޫރު ސަޕޯޓަރ ލޫކާ ލައުޓެންބާކް

ރައުންޑް އޮފް 16 ގައި އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށް ސްވިޒެލެންޑް ކުޅުނު މެޗަކީ ގިނަ ބަޔަކު ހަނދާން ހުންނާނެ މެޗެއްކަން ޔަގީނެވެ. ފުލުފުލުގައި ދެ ޓީމުން ޖަހަމުންދިޔަ ލަނޑުތަކުން މެޗް އެއްވަރުވެގެން އެންމެ ފަހުން ޕެނަލްޓީ ޖަހައިގެން ވަރުގަދަ ފްރާންސް ބަލިކޮށް ސްވިޒެލެންޑް މިވަނީ ކުއަރޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. މި ފަހަރުގެ ޔޫރޯގައި ފުރަތަމަ ފަހަރަށް ޕެނަލްޓީ ޖަހަންޖެހުނު އެ މެޗުން ސްވިޒެލެންޑް ކުއަރޓަރއަށް ދަތުރުކޮށްފައިވާއިރު އެޓީމަކީ ބަލި ޓީމެއްގެ ގޮތުގައި ބެލެވޭކަށް ނެތެވެ. ނަމަވެސް ދައްކަން މިއުޅެނީ ސްވިޒެލެންޑް ޓީމުގެ ކުޅުންތެރިންނާއި އެޓީމުގެ ވާހަކައެއް ނޫނެވެ. އެ މެޗުން ފެނިގެންދިޔަ ސްވިޒެލެންޑްގެ ވަރުގަދަ ސަޕޯޓަރެއްގެ ވާހަކައެވެ.

ކޮވިޑާ ގުޅިގެން މިފަހަރުގެ މެޗްތައް ބަލަން ވަންނަ ސަޕޯޓަރުންގެ އަދަދު މަދުވެފައިވީނަމަވެސް މެޗްތަކުގެ ފޯރި ހިފެހެއްޓުމަށް ސަޕޯޓަރުން އަންނަނީ މަސައްކަތްކުރަމުންނެވެ. މެޗް ދައްކަމުންދާއިރު ޓީމުތަކުގެ ސަޕޯޓަރުންގެ މޫނުމަތިން ފެންނަމުންދާ ކުލަވަރުތަކަކީ ވެސް ޝައުގުވެރި ކުރަނިވި ކަންކަމެވެ. ޓީމު ބަލިވާއިރު މޫނު މަތިން ފެންނަ މާޔޫސްކަމާއި ދެރަވުމާއި ލޮލުން ފައިބާ ކަރުނަ އާއި ޓީމު މޮޅުވަމުން އަންނައިރުއާއި މޮޅުވީމަ ދެން އެ ފެނިގެންދާ އުފާވެރިކަން އެއީ މެޗްތައް ބަލަން ތިބޭ މީހުންނަށް ވެސް އެ އިހުސާސްތައް ހަމައެގޮތުގައި ކުރުވާ ކަމެކެވެ.

ސްވިޒެލެންޑާއި ފްރާންސް ގެ މެޗްގައި މިކަން މި ވަނީ ވަރަށް ރަނގަޅަށް ފެނިގެންގޮސްފައެވެ. އެ މެޗް ކުޅެމުންދިޔަ ރުމޭނިޔާގެ ވެރިރަށް ބުރަކެސްޓްގެ ނެޝަނަލް އެރީނާ އަށް މެޗް ބަލަން ވަދެއިން ލޫކާ ލައުޓެންބާކް ކުޑަވަގުތުކޮޅެއްގެ ތެރޭގައި މަޝްހޫރުވެގެން ދިޔައީ އޭނާގެ މޫނުމަތިން ފެނިގެންދިޔަ އަސަރުތަކުގެ ސަބަބުންނެވެ. ޓީމަށް ކުރަމުންދިޔަ ސަޕޯޓް އެފޮޓޯ އާއި ވީޑިއޯ ފެނުނު ކޮންމެ މީހަކަށް ވެސް ރަނގަޅަށް ވަޒަންކޮށްލެވޭ ވަރުވެއެވެ.

ލޫކާ އެންމެ ފުރަތަމަ ފެނިގެންދިޔައީ މެޗް ނިމެމުން ދަނިކޮށް 89 ވަނަ މިނެޓްގައެވެ. އޭރު ސްވިޒެލެންޑް އޮތީ ފްރާންސާ އެއްވަރުކުރުމަށް އެންމެ ގޯލެއްގެ ފަހަތުގައެވެ. ފަހު ދިހަ މިނެޓް ތެރޭގައި ސްވިޒެލެންޑުން ކުޅުން ރަނގަޅުކޮށް ފްރާންސްގެ ގޯލަށް ނުރައްކާކުރަން ވަނީ އޭރު ފަށާފައެވެ. އެހެންކަމުން 89 ވަނަ މިނެޓާ ހަމައަށް އައިއިރު ލޫކާގެ މޫނު މަތިން ފެންނަމުން ދިޔައީ ހާސްވެ ކަންބޮޑުވެ ދެރަވެފައި ހުރިކަމުގެ ކުލަވަރުތަކެވެ. ކިރިޔަކިރިޔާ ނުރޮވި ހުރީ ފަހު ވަގުތުވެސް ލަނޑެއް ޖަހާ މެޗް އެއްވަރުކުރުމަށް އެދިއެދިއެވެ.

ގާތްގަނޑަކަށް އޭގެ މިނެޓެއް ފަހުން ސްވިޒެލެންޑުން ލަނޑެއް ޖަހައި ފްރާންސާ އެއްވަރުކުރިއެވެ. އެއީ 90 ވަނަ މިނެޓާއި 59 ވަނަ ސިކުންތުގައެވެ. އެއާއެކު ފެނިގެންދިޔައީ 89 ވަނަ މިނެޓްގައި ފާޑަކަށް ރޮވިފައި ހުރި ލޫކާ އުފަލުންގޮސް ޓީޝާޓް ބާލާ ހަޅޭއްލަވާ މަންޒަރެވެ. 89 ވަނަ މިނެޓްގައި ލޫކާ ފެނުނު އިރު ލޮލުގައި އަޅައިގެން ހުރި އައިނު ފިޔަވައި ދެން ލައިގެން ހުރި ޓީޝާޓާއި ކޮނޑުމަތީގައި އޮތް ސްވިޒެލެންޑްގައި ދިދަ އަދި ބޮލުގައި އަޅާފައި އޮތް ތޮއްޕަށް ވީގޮތެއް ނޭނގުނެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޓީމު އެއްވަރުވުމާއެކު އުފަލުން ގޮސް އޭނާ ފޮޅިގެންދިޔައެވެ.  

މިއާއެކު ސޯޝަލް މީޑިޔާގައި ވަގުތުން މި ދެ ފޮޓޯ ދައުރުވާން ފެށިއެވެ. މިނެޓެއްގެ ތަފާތުގައި ލޫކާއަށް އައި ބަދަލު ފެންނަ މި ފޮޓޯއަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިގެންގޮސްފައެވެ. ކުއްލިއަކަށް ލިބިގެންދިޔަ މަޝްހޫރު ކަމާއެކު ސްވިސްގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި ލޫކާ ބުނެފައިވަނީ އަސްލުވީ ގޮތެއް ނޭނގޭކަމަށެވެ. އޭނަ ދަންނަ އެންމެން ކަހަލަ ގޮތަކަށް އޭނާއަށް މެސެޖްކުރި ކަމަށް ލޫކާ ބުނެއެވެ.

އުމުރުން 28 އަހަރުގެ ލޫކާ ބުނީ އޭނާގެ ގައުމު ކުޅޭ ހުރިހާ މެޗެއް ބެލުމަށް ދެވޭތޯ މަސައްކަތްކުރި ކަމަށެވެ. އެގޮތުން ކުރިން ސްވިޒެލެންޑް، ވޭލްސް އާއެކު ކުޅުނު މެޗާއި ތުރުކީ އާއެކު ކުޅުނު މެޗް ބަލަން ދަނޑަށް ދިޔަ ކަމަށް އޭނާ ބުންޏެވެ. އަދި މެޗް ބެލުމަށް ސްޓޭޑިއަމަށް ދިޔުމަށް ވަރަށް މަސައްކަތްކުރާނެ ކަމަށް ވަނީ ބުނެފައެވެ. އޭނާއަށް ލިބިފައިވާ ކުއްލި މަޝްހޫރު ކަމަށް އޭނާގެ މާބޮޑު ސަމާލުކަމެއް ނެތެވެ. ނަމަވެސް ހުކުރު ދުވަހުގެ ރޭ ސްވިޒެލެންޑް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ދާން އޭނާ ކޮންމެހެން ވެސް ބޭނުންވެއެވެ. ސެއިންޓް ޕީޓަސްބާގްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗް ބެލުމަށް އޭނާ ދާން ބޭނުންވިނަމަވެސް އެކަމަށް ހުރަސް އަޅަނީ ކޮވިޑެވެ. ލޫކާ ބުނީ ކޮވިޑްގެ ސަބަބުން މެޗް ބެލުމަށް ދިޔުމަށް އިތުރަށް ބަލަން ޖެހޭކަންކަން އެބަހުރިކަމަށެވެ.

އެންމެ ފަހުން ލިބެމުންދާ ޚަބަރުތަކަށް ބަލާލާއިރު ލޫކާއަށް މިވަނީ ސްވިޒެލެންޑް ކުއަރޓަރގައި ކުޅޭ މެޗް ބެލުމަށް ރަޝިޔާއަށް ދިޔުމަށް ސްވިޒެލެންޑްގެ އެއަރލައިން ސްވިސް އިން ހިލޭ ޓިކެޓް ދީފައެވެ. މީގެއިތުރުން ޔޫރޯ ނިމުމުން ސްވިޒެލެންޑުން ބޭރުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު އެގައުމުގެ ޓުއަރިޒަމް އެޖެންސީން ވަނީ ދީފައެވެ. ކޮންމެ އަކަސް ހުކުރު ދުވަހުގެ ރޭ ސްވިޒެލެންޑާއި ސްޕެއިން ކުޅޭ މެޗްގައި ލޫކާއަށް ކެމެރާތައް އަމާޒުވާނެ ކަމަކީ މިހާރު ޔަގީން ކަމެކެވެ. ލޫކާގެ ސަޕޯޓްކުރުމުގެ ކަންކަން އެ މެޗްގައި ހުންނަ ގޮތް ކެމެރާތަކަށް ރިކޯޑް ކުރަން ކޮންމެހެން ވެސް ބޭނުންވާނެއެވެ.

ނަމަވެސް ލޫކާ ބުނާގޮތުން އޭނާއަކީ ހަމަ އާދައިގެ ފޭނެކެވެ. ނަމަވެސް އެހެން މީހުންނަށް ލޫކާއަކީ ސްވިޒެލެންޑްގެ އެންމެ ބޮޑު ސަޕޯޓަރެވެ. ޓީމަށް ސަޕޯޓް ކުރަންޏާ ލޫކާ ކުރާގޮތަށް ސަޕޯޓްކުރަންވާނެއެވެ. ލޫކާ މިވަނީ މި ފަހަރުގެ ޔޫރޯ އާއެކު މަޝްހޫރު ކަމެއް ހޯދާފައެވެ. ނަމަވެސް އޭނާ ގަބޫލުކުރަނީ މިއީ ދެތިން ދުވަހެއްގެ ތެރެގައި މީހުން ހަނދާން ނެތޭނެ ކަމެއްގެ ގޮތުގައެވެ.

ޔޫރޯ 2020މައިލޯ ޔޫރޯ ފޯރި

ކޮމެންޓް

އިތުރަށް ކިޔާލަން

މައިލޯ ޔޫރޯ ޝޯވގެ ޕީއެސްފައިވްގެ ނަސީބުވެރިންް ޕީއެސްއާއި އެކު އުފަލުން ފޮޅިފައި

މައިލޯ ޔޫރޯ ޝޯވގެ ޕީއެސްފައިވްގެ ނަސީބުވެރިންް ޕީއެސްއާއި އެކު އުފަލުން ފޮޅިފައި

14 ޖުލައި 2021
ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

13 ޖުލައި 2021
މޮޅު ކުޅުންތެރިޔަކަށް ޑޮންނަރުއްމާ، ރަން ބޫޓު ރޮނާލްޑޯއަށް

މޮޅު ކުޅުންތެރިޔަކަށް ޑޮންނަރުއްމާ، ރަން ބޫޓު ރޮނާލްޑޯއަށް

12 ޖުލައި 2021
މިއީ އިޓަލީއަށް ހައްގު ކާމިޔާބީއެއް: މަންޗިނީ

މިއީ އިޓަލީއަށް ހައްގު ކާމިޔާބީއެއް: މަންޗިނީ

12 ޖުލައި 2021
"ޕެނަލްޓީ ޖެހީ އަހަރެން ބޭނުންވި ކުޅުންތެރިން، ޒިންމާ ނަގާނީ އަހަރެން"

"ޕެނަލްޓީ ޖެހީ އަހަރެން ބޭނުންވި ކުޅުންތެރިން، ޒިންމާ ނަގާނީ އަހަރެން"

12 ޖުލައި 2021

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު