Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

މޮޅު ކުޅުންތެރިޔަކަށް ޑޮންނަރުއްމާ، ރަން ބޫޓު ރޮނާލްޑޯއަށް

އިޓަލީން ސެމީ ފައިނަލުގައާއި ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެންޖެހުނުއިރު، ޑޮންނަރުއްމާ ވަނީ މުހިންމު ޕެނަލްޓީތަކެއް ދިފާއު ކޮށްފަ

އަތޫފް އާތިފް
އަތޫފް އާތިފް | 12 ޖުލައި 2021 | ހޯމަ 14:02
ޔޫރޯ 2020 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ (ވ) އާއި އެންމެ ގިނަ ލަނޑު ޖެހި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ (ކ)

ޔޫރޯ 2020 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ (ވ) އާއި އެންމެ ގިނަ ލަނޑު ޖެހި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ (ކ)

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާއަށް ލިބުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ.

މިއަހަރުގެ މުބާރާތުގައި ޑޮންނަރުއްމާ އިޓަލީއާއިއެކު ތަފާތު މޮޅު ކުޅުމެއްދެއްކިއިރު، އޭނާ ކޮޅަށް ވަނީ އެންމެ ހަތަރު ލަނޑެވެ. އަދި އިޓަލީން ސެމީ ފައިނަލުގައާއި ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެންޖެހުނުއިރު، ޑޮންނަރުއްމާ ވަނީ މުހިންމު ޕެނަލްޓީތަކެއް ދިފާއު ކޮށްފައެވެ.

ޑޮންނަރުއްމާއަށް ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމާއިއެކު އޭނާ ވެގެން ގޮސްފައިވަނީ ޔޫރޯގެ ތާރީޚުގައި މި މަގާމު ހޯދި ފުރަތަމަ ކީޕަރަށެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެގެންދިޔައީ ފަސް ލަނޑު ކާމިޔާބުކޮށްގެންނެވެ. ރޮނާލްޑޯ ވަނީ ޕޯޗުގަލާއިއެކު މަރުގެ ގްރޫޕްގެ މެޗުތަކުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. މުޅި މުބާރާތުގެ ތާރީޚުގައިވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ފޯވާޑް ޔޫރޯގައި މިހާތަނަށް ވަނީ 14 ލަނޑު ކާމިޔާބު ކޮށްފައެވެ.

ރޮނާލްޑޯއާ އެއްވަރަށް ޗެކް ރިޕަބްލިކުގެ ތަރި ޕެޓްރިކް ޝިކްވެސް ވަނީ ލަނޑު ޖަހައިފައެވެ. އެކަމަކު ޔުއެފާއިން ނެރުނު އައު ގަވާއިދާއިއެކު އެއްވަނަ ރޮނާލްޑޯއަށް ލިބުނީ އެސިސްޓްގެ ސަބަބުންނެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ސްޕެއިންގެ ޕެޑްރީއެވެ. އުމުރުން 18 އަހަރުގެ ޕެޑްރީ ވަނީ ޔޫރޯގައި ސްޕެއިން ކުޅުނު ހުރިހާ މެޗެއްގައި ފުލްކޮށް ކުޅެފައެވެ. ޕެޑްރީ ހިމެނިފައިވަނީ ޔޫރޯގައި މިހާތަނަށް ކުޅުނު ސްޕޭނުގެ އެންމެ ޒުވާން ކުޅުންތެރިޔާ ކަމުގައެވެ. ޔޫރޯގެ މުޅި ތާރީޚުގައިވެސް ނޮކައުޓް ބުރުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު އޭނާއަށް ވަނީ ލިބިފައެވެ. މިހުރިހާ ރިކޯޑަކާއި ޝަރަފެއް ޕެޑްރީއަށް ލިބުނު އިރު ސްޕެއިނުގެ ގައުމީ ޓީމުގައި އޭނާ އެންމެ ފުރަތަމަ ހިމެނުނީވެސް މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ސްޕެއިނުގެ ގައުމީ ޖޯޒީގައި އޭނާ ސީނިއަރ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅުނީ މިއަހަރުގެ މާރޗް މަހުގެ 25 ވަނަ ދުވަހު ގްރީސާ ދެކޮޅަށެވެ.

ސްޕޭނަކީ މޮޅު ކުޅުންތެރިން ގިނަ ގައުމެކެވެ. އެހެންކަމުން މިފަހަރުގެ ޔޫރޯއަށް އުމުރުން ކިރިޔާ 18 އަހަރުވީ ކުޅުންތެރިޔަކު ޓީމުގައި ހިމެނުމުން ކޯޗު ލުއިސް އެންރީކޭ ހުރީ މޮޔަވެފައިތޯ ބައެއް މީހުން ސުވާލު ކުރިއެވެ. ޚާއްސަކޮށް ފަހުގެ ތާރީޚެއްގައި ބޮޑު މުބާރާތަކަށް ސްޕެއިނުން ނެރުނު ޓީމެއްގައި މަޝްހޫރު ރެއާލް މެޑްރިޑްގެ ކުޅުންތެރިޔަކު ނުހިމެނުނު މިއީ ފުރަތަމަ ފަހަރެވެ.

ރެއާލް މެޑްރިޑްގެ އަގުބޮޑު ވިދުންގަދަ ތަރިއަކު ނުހިމަނައި ބައިނަލްއަގުވާމީ އެއްވެސް ތަޖުރިބާއެއް ނެތް އުމުރުން 18 އަހަރުވީ ޅަޒުވާން ނޯޖަވާނަކު ޓީމަށް ނެގުމުން މެޑްރިޑުގެ ނޫސްތަކުން ކޯޗު އެންރީކޭގެ ގާބިލްކަމާމެދު ސުވާލުވެސް އުފެއްދިއެވެ. މިހުރިހާ ސުވާލުތަކަށް ޕެޑްރީ ވަނީ ދަނޑުމަތީގައި ނިކަން ހުޝިޔާރުކަމާއެކު ޖަވާބުދީފައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
01 ޖޫން 2022

ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ

01 ޖޫން 2022
ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ
24 މާރިޗު 2022

ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި

24 މާރިޗު 2022
ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2021

ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު

29 ސެޕްޓެމްބަރު 2021
ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު
14 ޖުލައި 2021

ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ

14 ޖުލައި 2021
ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ
13 ޖުލައި 2021

ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

13 ޖުލައި 2021
ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު