Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިޓަލީގެ ޖޯޖީނިއޯ

އިޓަލީގެ "އެދުރުބެ" އަކީ ހަގީގަތުގައި ބްރެޒިލްގެ އުފެއްދުމެއް

ބްރެޒިލް ދޫކޮށް ޖޯޖީނިއޯ އިޓަލީއަށް ބަދަލުވީ އުމުރުން 17 އަހަރުގައި

| 6 ޖުލައި 2021 | އަންގާރަ 11:05
އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ: ބްރެޒިލްއަށް އުފަން މިކުޅުންތެރިޔާ އިޓަލީގައި މަޝްހޫރުވެފައިވަނީ ޕްރޮފިސޯރީގެ ނަމުން

އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ: ބްރެޒިލްއަށް އުފަން މިކުޅުންތެރިޔާ އިޓަލީގައި މަޝްހޫރުވެފައިވަނީ ޕްރޮފިސޯރީގެ ނަމުން

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީގެ 8 ނަމްބަރު ޖާޒީގައި މެދުތެރެއަށް ކުޅެމުން އަންނަ ޖޯޖީނިއޯއަށް އިޓަލީގައި އަދި އެހެން ނަމެއް ކިޔައެވެ. އިޓަލީގެ ސަޕޯޓަރުން އޭނާއަށް ކިޔަނީ ޕްރޮފިސޯރީ އެވެ. މާނަޔަކީ އެދުރުބެއެވެ. އުސްތާޒެވެ. އެދުރުބޭގެ ނަމުން އޭނާ މަޝްހޫރުވުމުގައި ސަބަބުތަކެއް އެބަހުއްޓެވެ. މައިގަޑު ސަބަބަކީ މެދުތެރޭގައި ހުރެގެން ޓީމުގެ ކުޅުންތެރިންނަށް ކިޔައިދީ ދަސްކޮށްދީ ޓީމުލައްވާ ކުޅުވުމުގެ ޒިންމާ ނެގުމެވެ. އޭނާގެ ކަމަކީ ބޯޅަ ލިބުނީމާ ރަގަޅު ތަންތަނަށް ބޯޅަ ލުމެވެ. އިޓަލީގެ ޓީމު އަތުރާލެވިފައިވަނީ ޖޯޖީނިއޯގެ ވަށައިގެންނެވެ. ކުޅުންތެރިން ދަނޑުގެ އެކި ތަންތަނަށް ދުވަނީ ޖޯޖީނިއޯގެ އަތުގައި އޮންނަ ރިމޯޓަކުން އޭނާ ބޭނުންވާ ގޮތަށް ކަމަށް ކޮމެންޓޭޓަރުން ސިފަކުރެއެވެ.

އިޓަލީގެ ކޯޗުކަމާ ރޮބާޓޯ މެންޗީނީ މީގެ ތިން އަހަރު ކުރިން ހަވާލުވިފަހުން ޖޯޖީނިއޯއަށް ވުރެ ގިނައިން ގައުމީ ޓީމަށް ކުޅެފައިވާ އެހެން ކުޅުންތެރިއަކު ނެތެވެ. މެންޗީނީގެ ރޭވުމާއި ވިސްނުމުގެ އެންމެ އިސް ސޯބަކީ ޖޯޖީނިއޯއެވެ. އުމުރުން 29 އަހަރުވީ މި ކުޅުންތެރިޔާ ވަނީ މިފަހަރުގެ ޔޫރޯގެ ސެމީ ފައިނަލާ ހަމައަށް އިޓަލީ ގެނެސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ވަކިން ޚާއްސަ ގޮތެއްގައި ބެލްޖިއަމާ ދެކޮޅަށް އިޓަލީ ކުޅުނު މެޗުގައި ޖޯޖީނިއޯގެ ވިސްނުންތެރިކަމާއި މޮޅު ކުޅުން ފާހަގަ ކުރެވިގެން ދިޔައެވެ. އިޓަލީގެ 4-3-3 ސިސްޓަމްގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ޖޯޖީނިއޯއެވެ.

މި ކުޅުންތެރިޔާ ކުލަބް ފުޓްބޯޅަ ކުޅެނީ އިނގިރޭސިވިލާތުގެ ޗެލްސީއަށެވެ. ޗެލްސީގައި އޭނާ މިހާތަނަށް ހޭދަކުރި ތިން ސީޒަނުގައި އެއްފަހަރު ޔޫރޮޕާ ލީގު އަނެއް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވެއެވެ. އެކަމަކު އިޓަލީގެ މެދުތެރޭގައި އޭނާއަށް އޮންނަ މިނިވަންކަމާއި އިޚުތިޔާރާއި ބާރު ޗެލްސީއަކު ނޯވެއެވެ. އިޓަލީގެ ކޯޗު އޭނާއަށް އިތުބާރުކުރާ މިންވަރަށް ޗެލްސީގެ ކޯޗުން އޭނާއަށް އިތުބާރެއް ނުކުރެއެވެ. އޭގެ ސިއްރަކީ ޖޯޖީނިއޯގެ ސްޕީޑު ކަމަށް ބުނެވެއެވެ. އޭނާގެ ދުވެލި ތަންކޮޅެއް ލަހީއެވެ.

އިޓަލީގެ މައިސޯބުކަމަށް މިހާރު ވެފައިވާ ޖޯޖީނިއޯއަކީ ހަގީގަތުގައި އިޓަލީގެ ކުޅުންތެރިއެއްވެސް ނޫނެވެ. އެއީ އިޓަލީގެ ޕާސްޕޯޓް ހޯދައިގެން އުޅޭ ބްރެޒިލްގެ ކުޅުންތެރިއެކެވެ. އޭނާ އުފަންވީ ބްރެޒިލްގެ ސަންތަ ކެތަރީނާ ސްޓޭޓުގެ ރަށެއް ކަމަށްވާ އިމްބިތޫބާއަށެވެ. ޖޯޖީނިއޯގެ އަސްލު ނަމަކީ ހޯޖޭ ލުއިޒް ފްރޭއްލޯ ފީލިއޯއެވެ. ބްރެޒިލް ދޫކޮށް އޭނާ އިޓަލީގައި ދިރިއުޅެން ފެށީ އުމުރުން 17 އަހަރުވެސްވީ ފަހުންނެވެ. އިޓަލީގެ ފުޓްބޯޅައިގެ ތެރެއަށް އޭނާ ނުކުތީ ވެރޯނާގެ ޔޫތު އެކަޑެމީގެ ތެރެއިންނެވެ. ޗެލްސީއަށް އޭނާ ގެންދިޔައީ އެކުލަބުގެ ކޯޗުގެ މަގާމުގައި އިޓަލީގެ މައުރީޒިއޯ ސާރީ ހުރި ޒަމާނުގައެވެ. ސާރީގެ ކޯޗުކަމުގެ ދަށުގައި އިޓަލީގެ ނާޕޮލީއަށްވެސް ޖޯޖީނިއޯ ވަނީ ކުޅެފައެވެ. އިޓަލީގެ ގައުމީ ޓީމުގެ ކުޅުންތެރިންގެ ތެރެއިން ލޯރެންޒޯ އިންސީނިއޭ އަކީ އެދުވަސްވަރު ނާޕޮލީގައި ޖޯޖީނިއޯއާއެކު ކުޅެފައިވާ ފޯވާޑެކެވެ.

އިންސީނިއޭ ގަބޫލުކުރާ ގޮތުގައި މިވަގުތު ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރަކީ ޖޯޖީނިއޯއެވެ. އޭނާއަށްވުރެ ޔޫރަޕުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހައްގު އެހެން ކުޅުންތެރުިއަކު މިވަގުތު ނެތެވެ. ނިމިގެންދިޔަ ސީޒަނުގައި ޔޫރަޕިއަން ޗެމްޕިއަންސް ލީގު ހޯދާފައިވުމާއި މިހާރު ޔޫރޯގައި ރަގަޅު ހިސާބަކަށް އިޓަލީ ގެންގޮސްދީފައިވާތީ ބޮލޯން އެވޯޑު އެންމެ ހައްގު މީހަކީ ޖޯޖީނިއޯ ކަމަށް އިންސީނިއޭ ފުރިހަމައަށް ގަބޫލު ކުރެއެވެ. އިންސީނިއޭ މިގޮތަށް ބުންޏަސް ޖޯޖީނިއޯގެ ބޮލުގެ ތެރެއަށް ބޮލޯންގެ ޚިޔާލުތައް މާބޮޑަށް ވައްދާކަށް އޭނާ ބޭނުމެއް ނޫނެވެ. ޖޯޖީނިއޯ ބުނެފައިވަނީ ދީފިއްޔާ އަތުލާނޭ ކަމަށާއި ނުދިނަސް ނުރޯނޭ ކަމުގައެވެ. އޭނާ ފުޓްބޯޅަ ކުޅެނީ ކޮންމެހެން ބޮލޯން ހޯދާކަށް ނޫންކަމަށްވެސް ބުނެފައިވެއެވެ.

ޔޫރޯ 2020ޔުއެފާ ޔޫރޯ

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު