Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

"ޕެނަލްޓީ ޖެހީ އަހަރެން ބޭނުންވި ކުޅުންތެރިން، ޒިންމާ ނަގާނީ އަހަރެން"

ޕެނަލްޓީ ޖެހުމަށް ކުޅުންތެރިން ނެގީ ޓްރައިނިންގ އަށް ބަލާފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 12 ޖުލައި 2021 | ހޯމަ 12:47
އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް

އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި އާދީއްތަ ދުވަހުގެރޭ ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން އިންގްލެންޑް ބަލިވިއިރު، ޕެނަލްޓީ ޖަހަން ކުޅުންތެރިން ކަނޑައެޅީ އޭނާ ކަމަށާއި، ހުރިހާ ކަމެއްގެ ޒިންމާ ނަގާ ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފިއެވެ.

ޔޫރޯ ފައިނަލު މެޗުގައި ޕެނަލްޓީއާ ދިމާކޮށް ސައުތުގޭޓް ވަނީ ޖޭޑަން ސަންޗޯ އާއި މާކަސް ރަޝްފޯޑް ކުޅެން އަރުވައިފައެވެ. އިންގްލެންޑް ބަލިވީ ފަހު ތިން ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. އިންގްލެންޑުން ޖެހި ފުރަތަމަ ދެ ޕެނަލްޓީ ކާމިޔާބުކުރިއިރު، ތިންވަނަ ޕެނަލްޓީ ޖެހީ ރަޝްފޯޑެވެ. އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ހަތަރުވަނަ ޕެނަލްޓީ ސަންޗޯ ޖެހިއިރު، އޭނާ ފޮނުވާލި ބޯޅަ އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ވަނީ މަތަކޮށްފައެވެ. އަދި އިންގްލެންޑްގެ ފަސްވަނަ ޕެނަލްޓީ ޖެހި އުމުރުން 19 އަހަރުގެ ބުކާޔޯ ސަކާ ޖެހި ޕެނަލްޓީވެސް ޑޮންނަރުއްމާ ވަނީ މަތަކޮށްފައެވެ. ސަކާއަކީވެސް ޕެނަލްޓީއާ ދިމާކޮށް ސައުތުގޭޓް އެރުވި ކުޅުންތެރިއެކެވެ.

ބަދަލު ކުޅުންތެރިން ފަހު ތިން ޕެނަލްޓީ ޖެހުމާއިއެކު އިންގްލެންޑްގެ ކޯޗު ސައުތުގޭޓަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ސައުތުގޭޓް ބުނީ ޕެނަލްޓީ ޖަހާނެ ކުޅުންތެރިން ކަނޑައެޅީ އޭނާ ކަމަށާއި، އަދި އެއީ ޓްރައިނިންއަށް ބަލާފައި ނިންމި ނިންމުމެއް ކަމަށެވެ. އަދި ޕެނަލްޓީ ނާކާމިޔާބުވުމުން އެކަން ކުޅުންތެރިންގެ ބޮލުގައި އަޅުވަން ބޭނުންނުވާ ކަމަށާއި، ޕެނަލްޓީގެ ޒިންމާއާ ނަތީޖާގެ ޒިންމާ ފުރިހަމައަށް ނަގާ ކަމަށް ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓް ބުނީ ސަކާ އަތުން އެ ޕެނަލްޓީ ނާކާމިޔާބު ވުމަކީ ހުރިހާ ކަމެއްގެ ނިމުމެއް ނޫން ކަަމަށާއި ފުޓްބޯޅަ ކެރިއަރުގައި ގިނަ ކަންތައްތަކެއް ހާސިލްކުރެވޭނެ ފަދަ ހުނަރު ސަކާގެ ކިބައިގައި އެބަހުރި ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން އަދި އަޔަލެންޑްގެ ކުރީގެ ކުޅުންތެރިޔާ ރޯއީ ކީން ބުނީ ސަކާ ލައްވައި ފަހު ޕެނަލްޓީ ޖެހުމުގެ ބަދަލުގައި އިންގްލެންޑުން އެކަން ކުރަން ޖެހޭނީ ޖެކް ގްރީލިޝް ނޫނީ ރަހީމް ސްޓާލިން ލައްވައި ކަމަށެވެ. އޭގެ ބަދަލުގައި ސަކާއާ ހަވާލުކުރީ އޭނާ އަށް ޕްރެޝަރު ބޮޑު ޒިންމާއެއް ކަމަށެވެ.

ޔޫރޯ 2020ޔުއެފާ ޔޫރޯއިންގްލެންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު