Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސެމީފައިނަލުގެ ގޯލްކީޕަރުން

ޕިކްފަޑަކީ އިސްކޮޅުން އެންމެ ކުރު އަދި އެންމެ ގިނަބަޔަކު ރުޅިއަރާ ކީޕަރު

އެންމެ ދުވަސްވީ ކީޕަރަކީ ޑެންމާކުގެ ކެސްޕަރ ޝުމައިކަލް

ރާއްޖެ އެމްވީ | 6 ޖުލައި 2021 | އަންގާރަ 05:54
އިންގްލެންޑާއި އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފަޑް: ބައިކޮޅަށް ގޯލެއް ނުވަނުމުގެ އައު ރިކޯޑެއް ވަނީ ގާއިމްކޮށްފައި

އިންގްލެންޑާއި އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފަޑް: ބައިކޮޅަށް ގޯލެއް ނުވަނުމުގެ އައު ރިކޯޑެއް ވަނީ ގާއިމްކޮށްފައި

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައިވާ ހަތަރު ޓީމުގެ ގޯލްކީޕަރުންގެ ތެރެއިން ތަފާތު ތިން ސަބަބަކާހެދި އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ އިންގްލެންޑުގެ ކީޕަރު ޖޯޑަން ޕިކްފަޑަށެވެ. ފުރަތަމަ ސަބަބަކީ މި މުބާރާތުގައި މިހާތަނަށް ޕިކްފަޑް ފަސް މެޗު ކުޅެފައިވާއިރު އެންމެ ގޯލެއްވެސް ވަދެފައި ނުވުމެވެ. މުބާރާތުގެ އައު ރިކޯޑެއް ގާއިމްކޮށްފައިވުމެވެ. އެހެންވީމާ ބައެއް މީހުންގެ ނަޒަރުގައި މުޅި މުބާރާތުގައިވެސް އެންމެ މޮޅު ގޯލްކީޕަރަކީ އޭނާއެވެ. އެންމެ މޮޅު ކީޕަރުތޯ ނުވަތަ ނޫންތޯ، އެއީ ދިގު ބަހުސެއް ކުރެވިދާނޭ ކަމެކެވެ. އެކަމަކު އެފަދަ ބަހުސަކާ ނުލައި ޕިކްފަޑަށް އެއްވަނަ ދެވޭނެ އެހެން ދެދާއިރާއެއް އެބައޮތެވެ.

ޕިކްފަޑަކީ ސެމީފައިނަލުން ފެންނާނެ ހަތަރު ކީޕަރުންގެ ތެރެއިން އިސްކޮޅުން އެންމެ ކުރު ކީޕަރެވެ. އުމުރުން 27 އަހަރުވީ ޕިކްފަޑްގެ އިސްކޮޅަކީ ހަފޫޓު އެއްއިންޗިއެވެ. އެންމެ ކުރު ކީޕަރަށް ވުމުގެ އިތުރަށް އަނެއް ރިކޯޑަކީ އެންމެ ގިނަބަޔަކު އެންމެ ރުޅިއަރާ ކީޕަރު ކަމަށް ވުމުގެ ރިކޯޑެވެ. އިނގިރޭސި ކުލަބު ލިވަރޕޫލަށް ސަޕޯޓްކުރާ އެންމެންނާއި ހޮލެންޑުގެ ގައުމީ ޓީމަށް ސަޕޯޓްކުރާ އެންމެންވެސް ޕިކްފަޑް ދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އޭގެ ސިއްރަކީ ނިމިގެންދިޔަ ސީޒަނުގައި އިނގިރޭސި ލީގުގައި ލިވަޕޫލާއި އެވަޓަން ބައްދަލުކުރި މެޗެއްގައި ޕިކްފަޑް ކުރި ފައުލެއްގެ ސަބަބުން ލިވަޕޫލްގެ ޑިފެންޑަރ ވެންޑައިކުގެ ކަކުލަށް ސީރިއަސް ގެއްލުންތަކެއްވެ އެއްއަހަރު ދުވަސް އޭނާއަށް ގެއްލުމެވެ. ވެންޑައިކް ނެތުމުގެ ގެއްލުން ބޮޑުވެ ލިވަޕޫލަށް އޮތީ ތަށިވެސް ދިފާއު ނުކުރެވިފައެވެ. ހަމައެގޮތަށް މިފަހަރުގެ ޔޫރޯގެ ދެވަނަ ބުރުން ހޮލެންޑު ކަޓައިގެން ދިޔައީވެސް ކެޕްޓަން ވެންޑައިކް ނެތިގެން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެ އެންމެން މިކަމުގެ އިލްޒާމު އަޅުވަނީ ޕިކްފަޑުގެ ބޮލުގައެވެ.

ސެމީފައިނަލްގެ ހަތަރު ކީޕަރުންގެ ތެރެެއިން އުމުރުން އެންމެ ދޮށީ ކީޕަރަކަށް ވުމުގެ ރިކޯޑު އޮތީ ޑެންމާކުގެ ކީޕަރު ކެސްޕަރ ޝުމެއިކަލަށެވެ. އޭނާގެ އުމުރަކީ 34 އަހަރެވެ. އެންމެ މުސްކުޅި ކީޕަރަށް ވުމުގެ އިތުރަށް އިސްކޮޅުން ދެވަނައަށް އެންމެ ކުރު ކީޕަރަކީވެސް ޝުމެއިކަލެވެ. އޭނާގެ އިސްކޮޅަކީ ހަފޫޓު ދެއިންޗިއެވެ. ޝުމެއިކަލް ކުޅެނީ އިނގިރޭސިވިލާތުގެ ލެސްޓަރ ސިޓީއަށެވެ. މިފަހަރުގެ ޔޫރޯގައި ޝުމެއިކަލަށް ޑެންމާކުގެ ގައުމީ ރިކޯޑަކާއި އަދި އާއިލީ ރިކޯޑަކާ އެއްވަރު ކުރުމުގެ ފުރުސަތު އެބައޮތެވެ. ޑެންމާކަށް ތަށި ލިބިއްޖެނަމަ ޝުމެއިކަލް ހިމެނޭނީ މި ތަށި ޑެންމާކަށް ހޯދައިދިން ދެވަނަ ކީޕަރު ކަމުގައެވެ. ޝުމެއިކަލްގެ ބައްޕަ ޕީޓަރ ޝުމެއިކަލް ވަނީ 1992 ވަނަ އަހަރު ޑެންމާކުގެ ގޯލް ބަލަހައްޓައި ތަށިވެސް ހޯދާދީފައެވެ. ބައްޕަ ޝުމެއިކަލަކީ ޑެންމާކުގެ ތާރީޚުގައިވެސް އުފެދުނު އެންމެ މޮޅު އެންމެ ވަރުގަދަ ގޯލްކީޕަރެވެ.

އިޓަލީގެ ކީޕަރު ޖިއާންލުއިޖި ޑޮނަރުންމާއަށްވެސް ދެ ރިކޯޑެއް އެބައޮތެވެ. އެއީ ސެމީފައިނަލުގެ ހަތަރު ކީޕަރުންގެ ތެރެއިން އެންމެ ޒުވާން ކީޕަރު ކަމަށް ވުމުގެ ރިކޯޑާއި އިސްކޮޅުން އެންމެ ދިގު ކީޕަރަށް ވުމުގެ ރިކޯޑެވެ. ޑޮނަރުންމާގެ އުމުރަކީ އެންމެ ބާވީސް އަހަރެވެ. އޭނާގެ އިސްކޮޅަކީ ހަފޫޓު ފަސްއިންޗިއެވެ. މި ދެ ރިކޯޑުގެ އިތުރަށް އާމްދަނީ އެންމެ ބޮޑު އެންމެ މުއްސަނދި އަދި އެންމެ މަޝްހޫރު ކީޕަރު ކަމަށް ވުމުގެ ދައުވާއަކީވެސް ޑޮނަރުންމާއަށް ކުރެވިދާނެ ދައުވާއެކެވެ. އޭނާގެ ކުލަބަކީ އިޓަލީގެ އޭސީ މިލާނެވެ. ޑޮނަރުންމާގެ އެއްބަނޑު އެއްބަފައި ބޭބެ އެންޓޯނިއޯ ޑޮނަރުންމާއަކީވެސް ގޯލްކީޕަރެކެވެ. ބޭބެ ޑޮނަރުންމާއަކީ އޭސީ މިލާނުގައި ކޮއްކޮ ޑޮނަރުންމާގެ ޑެޕިއުޓީއެވެ. ރިޒާވް ގޯލްކީޕަރެވެ.

ސްޕޭނުގެ ކީޕަރު އުނާއީ ސިމޮންއަށް މިކަހަލަ ރިކޯޑުތަކެއް ނެތެވެ. ސްޕޭނުގެ ކުލަބެއް ކަމަށްވާ އެތުލެޓިކް ބިލްބާއޯއަށް ކުޅެމުން އަންނަ މި ކީޕަރަކީ މިފަހަރުގެ ޔޫރޯގެ ކުރިން މާގިނަ ބަޔަކު ދަންނަ ކީޕަރެއްވެސް ނޫނެވެ. ގިނަ ބަޔަކު ދަންނަނީ ޑޭވިޑް ޑެހެއާ އެވެ. އެކަމަކު މި ޔޫރޯގައި ޑެހެއާ އިންނަނީ ސްޕޭނުގެ ބެންޗުގައެވެ. ކުޅެނީ ސިމޮންއެވެ. ސިމޮންގެ އުމުރަކީ ސައުވީސް އަހަރެވެ. އިސްކޮޅަކީ ހަފޫޓު ތިން އިންޗިއެވެ. އެހެންވީމާ އޭނާއަކީ އުމުރުގެ ގޮތުންވެސް އަދި އިސްކޮޅުންވެސް ސެމީފައިނަލް އޮޅީގެ ދެވަނަ ކީޕަރެވެ. މި ހުރިހާ ކީޕަރުންގެ ތެރެއިން މިފަހަރުގެ ޔޫރޯގައި އެންމެ ބޮޑު ފޮޅިއެއް އަޅައި އެންމެ ލަދުވެތި ބައިގޯލެއް ވަދެފައިވަނީވެސް އުނާއީ ސިމޮންގެ ފަރާތުންނެވެ. ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ސްޕޭނުގެ މިޑްފީލްޑަރު ޕެޑްރީ ދިން ބެކް ޕާހެއް ކޮންޓްރޯލް ނުކުރެވި ސިމޮން އަތުން ވަނީ ބައިކޮޅަށް ވަދެފައެވެ. އެކަމާ ގުޅިގެން ސިމޮން ބެންޗަށްލައި ޑެހެއާއަށް ފުރަތަމަ އެގާރައިން ޖާގަދިނުމަށްވެސް ވަރަށް ގިނަ ބަޔަކު ގޮވާލާފައިވެއެވެ. އެކަމަކު އެއަޑު އަހާކަށް ކޯޗު އެންރީކޭ ބޭނުމެއް ނުވިއެވެ.

ޔޫރޯ 2020ޔުއެފާ ޔޫރޯ

ކޮމެންޓް

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު