Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެސްފައިވްގެ ނަސީބުވެރިން

މައިލޯ ޔޫރޯ ޝޯވގެ ޕީއެސްފައިވްގެ ނަސީބުވެރިންް ޕީއެސްއާއި އެކު އުފަލުން ފޮޅިފައި

14 ޖުލައި 2021 | ބުދަ 09:07

ޔޫރޯ ޝޯވތަކާއި އެކު އާއިލާއަށް އުފާވެރިކަން ލިބިގެންދިޔަ- ނަސީބުވެރިން

އަތޫފް އާތިފް
އަތޫފް އާތިފް | 14 ޖުލައި 2021 | ބުދަ 09:07
ރާއްޖެޓީވީ އިން ކުރިޔަށްގެންދިޔަ ޔޫރޯ ޝޯވތަކުގެ ނަސީބުވެރި ފަރާތްތައް

ރާއްޖެޓީވީ އިން ކުރިޔަށްގެންދިޔަ ޔޫރޯ ޝޯވތަކުގެ ނަސީބުވެރި ފަރާތްތައް

ދުނިޔޭގެ އެއްމެ ބޮޑު އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ 2020 އަށް ހާއްސަކޮށްގެން ރާއްޖެޓީވީ އިން ގެނެސްދިން މައިލޯ ޔޫރޯ ފޯރި ކަވަރޭޖާއި މައިލޯ ޔޫރޯ ފޯރި އެކްސްޓްރާ ޝޯ އިން ހޮވުނު ޕީއެސްފައިވް ނަސީބުވެރިން ނާއި ޕީއެސްފައިވް ހަވާލުކޮށްފިއެވެ.

ރާއްޖެޓީވީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީއެސްފައިވް ނަސީބުވެރި ފަރާތްތަކާއި ހަވާލުކޮަށް ދެއްވީ މައިލޯ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ މޯލްޑިވްސް ސޭލްސް، ދިޝާން ވިޖެޔަވަރްދެނާ އާއި ރާއްޖެޓީވީގެ ހެޑް އޮފް ކޯޕަރޭޓް ސަރވިސް އައިމިނަތު ރީޝާ އާއި  ރާއްޖެޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒްމީ ސައީދު އަދި ރާއްޖެޓީވީގެ އެސިސްޓެންޓް ނިއުސް ޑިރެކްޓަރ އޮފް ސްޕޯޓްސް  ހުސައިން ފަރިޔާޒް އެވެ.

Advertisement - newsAdvertisement

ފައިނަލް މެޗުގެ ޕީއެސްފައިވްގެ ނަސީބުވެރި ފަރާތަކީ މުޙައްމަދު ރިއްފަތުއެވެ. ސެމީފައިނަލްގެ ފުރަތަމަ މެޗުގެ ނަސީބުވެރި ފަރާތަކީ އާމިނަތު ރޯޒާއެވެ. ސެމީފައިނަލްގެ ދެވަނަ މެޗުގެ ނަސީބުވެރި ފަރާތަކި މަރިޔަމް ބަދީހާއެވެ. އަދި ޔޫރޯ ފޯރި އެކްސްޓްރާގެ ފަހު ޝޯވްގެ ނަސީބުވެރި ފަރާތަކީ ޒިޔާން ޒާހިދުއެވެ.

ޕީއެސް ލިބުނު ރިއްފަތު ބުނީ މި އިނާމާއި އެކު އޭނާއަށް ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށާއި މިއީ ވަރަށް ބޭނުންވި އިނާމެއް ކަމަށެވެ. އިނާމް ހޯދުމަށް ވަރަށް ގިނަ އެސްއެމްއެސް ކުރި ކަމަށާއި މި ފަހަރު ޔޫރޯ އާއި ގުޅިގެން ރާއްޖެޓީވީ އިން ގެނެސްދިން ޝޯވތަކަކީ ވަރަށް ބަލާހިތްްވި އަދި ވަރަށް ކަމުދިޔަ ޝޯވަތަކެއް ކަމަށް  ރިއްފަތު ބުންނެވެ.

އައިމިނަތު ރޯޒާގެ އިނާމާއި ހަވާލުވި އޭނާގެ ދަރިފުޅު ހަމްމާމް ބިން ޝާހް ބުނީ މިއީ ވަރަށް ބޭނުންވި އިނާމެއް ކަމަށާއި މި އިނާމް ލިބުމުން ވަރަށް އުފާވި ކަމަށެވެ. މި ފަހަރުގެ ޔޫރޯ ޝޯވތައް ރާއްޖެޓީވީ އިން ގެނެސްދިނީ ވަރަށް ފުރިހަމައަށް ކަމަށާއި ގޭތެރޭގައި ވެސް ޝޯވތައް ބެލީ ވަރަށް ފޯރިގައި ކަމަށް ހަމްމާމް ބުންޏެވެ.

ޒިޔާން ޒާހިދުގެ އިނާމާއި ހަވާލުވި އޭނާގެ ފެމެލީ މެމްބަރު މުޙައްމަދު އަބޫބަކުރު ބުނީ މިފަހަރުގެ ޔޫރޯ ޝޯވ އަކީ މިހާތަނަށް އޭނާ ބެލި ކުޅިވަރުގެ އެއްމެ ފުރިހަމަ ޝޯވ ކަމަށާއި ޕީއެސްފައިވް އާއި އެކު އޭނާގެ އާއިލާއަށް ލިބުނު އުފާވެރިކަން ވެސް އެހާ ބޮޑު ކަމަށެވެ.

ޕީއެސްފައިވްގެ ނަސީބުވެރި ބަދިހާ ބުނީ ރާއްޖެޓީވީ އިން ރޯދަމަހު ޓީވިއެއް ނަސީބުން ލިބުމާއި އެކު ޕީއެސް އެސް ހޯދުން އެއީ އެއްމެ ބޮޑު އަމާޒު ކަމުގައި ވެފައިވަނިކޮށް އެކަން ވެގެންދިޔައީ ރާއްޖެޓީވީގެ ޔޫރޯ ޝޯވ އިން ކަމަށާއި ޕީއެސްފައިވް އާއި އެކު ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ. ޕީއެސް ހޯދުމަށް ފަސްސަތޭކަ އެސްއެމްއެސް ކުރި ކަމަށާއި ޔޫރޯ އާއި ގުޅިގެން ރާއްޖެޓީވީ އިން ކުރިޔަށްގެންދިޔަ ކޮންމެ ޝޯވ އެއް ވެސް ބެލީ ވަރަށް ޝައުގުވެރިކަމާއި އެކު ކަމަށް ވެސް ބަދީހާ ބުންޏެވެ.

ރާއްޖެޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒްމީ ސައީދު ވިދާޅުވީ ޔޫރޯ ޝޯވތަކުގައި ޕީއެސްފައިވް ހޯދުމަށް ގިނަ ބަޔަކު އެސްއެމްއެސް ކުރި ކަމަށާއި ޝޯވގެ ޓައިޓަލް ސްޕޮންސަރ މައިލޯގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. ޔޫރޯ ޝޯވތަކުގެ ކާމިޔާބަކީ ބެލުންތެރިންނާއި ސްޕޮންސަރުން ކަމަށާއި އެހެން ކަމުން އެ ހުރިހާ ފަރާތްތަކަށް ރާއްޖެޓީވީގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ނާޒްމީ ސައީދު ވިދާޅުވިއެވެ.

ޔޫރޯ ޕްރީޝޯވތައް ގެނެސްދިނުމުގައި ވެސް މަސައްކަތްކުރެއްވި  ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ފަރިޔާޒް ވިދާޅުވީ ޔޫރޯ ޝޯވތަކުގައި ބެލުންތެރިންނަށް ހުޅުވާލި ކޮންމެ އިނާމަކަށް ވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި އެހެން ނަމަވެސް އެއްމެ ބޮޑު ތަރުހީބެެއް ލިބިގެންދިޔަ އެއް އިނާމަކީ ޕީއެސްފައިވް ކަމަށެވެ. ފަރިޔާޒް ވަނީ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ލިބިގެންދިޔަ ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

މަސް ދުވަހަށް ދިގު ދެމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާއި ގުޅިގެން ރާއްޖެޓީވީން ކުރިޔަށްގެންދިޔަ މައިލޯ ޔޫރޯ ފޯރި ޕްރީ ޝޯވ އާއި މައިލޯ ޔޫރޯ ފޯރި އެކްސްޓްރާ ޝޯވ ގައި ގިނަ އިނާމުތަކެއް ވަނީ ދީފައެވެ. އަދި އާއްމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް މި ޝޯވތަކަށް ވަނީ ލިބުގެން ގޮސްފައެވެ.

މައިލޯ ޔޫރޯ ފޯރި

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

28 މެއި 2024

ކޮކާކޯލާގެ ޔޫރޯ ޕްރޮމޯޝަން: ފައިނަލް ބަލަން ޖަރުމަނަށް ދާ ފުރަތަމަ ނަސީބުވެރިން ހޮވައިފި

28 މެއި 2024
ކޮކާކޯލާގެ ޔޫރޯ ޕްރޮމޯޝަން: ފައިނަލް ބަލަން ޖަރުމަނަށް ދާ ފުރަތަމަ ނަސީބުވެރިން ހޮވައިފި
05 މެއި 2024

ޔޫރޯގެ ފައިނަލް ބަލަން ޖަރުމަނަށް ދިއުމަށް ކޮކާ ކޯލާއިން ރަނުގެ ފުރުސަތެއް

05 މެއި 2024
ޔޫރޯގެ ފައިނަލް ބަލަން ޖަރުމަނަށް ދިއުމަށް ކޮކާ ކޯލާއިން ރަނުގެ ފުރުސަތެއް
17 ޖުލައި 2022

ޔޫރޯ ފްރުޓްސް ބްރޭންޑްގެ "ތޮމްސަން ސީޑްލެސް ގްރޭޕްސް" ބޭނުން ނުކުރަން އަންގައިފި

17 ޖުލައި 2022
ޔޫރޯ ފްރުޓްސް ބްރޭންޑްގެ "ތޮމްސަން ސީޑްލެސް ގްރޭޕްސް" ބޭނުން ނުކުރަން އަންގައިފި
23 ޖޫން 2022

ކޮވިޑް-19 ހެލްތު ފެސިލިޓީ ޕްރޮޖެކްޓަށް އީއައިބީން 18.4 މިލިއަން ޔޫރޯގެ ލޯނެއް

23 ޖޫން 2022
ކޮވިޑް-19 ހެލްތު ފެސިލިޓީ ޕްރޮޖެކްޓަށް އީއައިބީން 18.4 މިލިއަން ޔޫރޯގެ ލޯނެއް
16 ޖޫން 2022

ވިޔަފާރި ބަނދަރު ބަދަލުކުރަން ގުޅީފަޅު ހިއްކުމަށް، 101 މިލިއަން ޔޫރޯގެ ފައިނޭންސިންގ ފެސިލިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

16 ޖޫން 2022
ވިޔަފާރި ބަނދަރު ބަދަލުކުރަން ގުޅީފަޅު ހިއްކުމަށް، 101 މިލިއަން ޔޫރޯގެ ފައިނޭންސިންގ ފެސިލިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
16 އޯގަސްޓު 2021

ފުރަންދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ޔޫރޯ ވަގަށް ނަގައިފި

16 އޯގަސްޓު 2021
ފުރަންދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ޔޫރޯ ވަގަށް ނަގައިފި
13 ޖުލައި 2021

ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

13 ޖުލައި 2021
ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު
06 ޖުލައި 2021

ސުޒޭނުގެ ތަޢުރީފު ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް

06 ޖުލައި 2021
ސުޒޭނުގެ ތަޢުރީފު ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް
02 ޖުލައި 2021

ސަޕޯޓްކުރުމުގައި ފެނިގެންދިޔަ އަސަރުތަކާއެކު މަޝްހޫރުކަން ހޯދި ސްވިޒެލެންޑްގެ ސަޕޯޓަރަށް މެޗް ބަލަން ހިލޭ ދިޔުމުގެ ފުރުސަތު

02 ޖުލައި 2021
ސަޕޯޓްކުރުމުގައި ފެނިގެންދިޔަ އަސަރުތަކާއެކު މަޝްހޫރުކަން ހޯދި ސްވިޒެލެންޑްގެ ސަޕޯޓަރަށް މެޗް ބަލަން ހިލޭ ދިޔުމުގެ ފުރުސަތު
08 ޖޫން 2021

ޔޫރޯއަށް ކުޅިވަރާ ބެހޭ ވުޒާރާއިން ޕްރޮޖެކްޓަރު ދޫކުރަނީ

08 ޖޫން 2021
ޔޫރޯއަށް ކުޅިވަރާ ބެހޭ ވުޒާރާއިން ޕްރޮޖެކްޓަރު ދޫކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް