Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

މިއީ އިޓަލީއަށް ހައްގު ކާމިޔާބީއެއް: މަންޗިނީ

އިޓަލީއަށް މިކާމިޔާބީއަކީ ހައްގު ނޫން ކާމިޔާބެކޭ ބުނެވޭނެ މީހެއް ނުހުންނާނެ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 12 ޖުލައި 2021 | ހޯމަ 13:06
ޔޫރޯ 2020ގެ ތަށްޓާއިއެކު އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ

ޔޫރޯ 2020ގެ ތަށްޓާއިއެކު އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ

މިފަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އިޓަލީން ދެއްކި ކުޅުމަށް ބަލާނަމަ އެޓީމަށް ޗެމްޕިއަންކަން ހައްގުވާ ކަމަށް އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފިއެވެ.

ޔޫރޯ 2020 ގެ ކޮލިފައިން އިން ފެށިގެން ފައިނަލް މެޗުން މޮޅުވާމާއި ހަމައަށް އިޓަލީން ސައްތައިން ސައްތަ ރެކޯޑެއް ވަނީ ދަމަހައްޓައިފައެވެ. ގްރޫޕް ސްޓޭޖުގައި، ތުރުކީ، ސްވިޓްޒަލެންޑް އަދި ވޭލްސް ބަލިކޮށްފައިވެއެވެ. އަދި ދެވަނަ ބުރުގައި އޮސްޓްރިއާ ބަލިކޮށް، ކުއާޓާ ފައިނަލުގައި ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމް ބަލިކޮށްފައިވެއެވެ.

ސެމީ ފައިނަލުގައި ޔޫރޯގެ އެންމެ ކާމިޔާބު ޓީމު ސްޕެއިން ޕެނަލްޓީ ޖަހައިގެން ބަލިކުރިއިރު، ފައިނަލުގައި އިންގްލެންޑް ބަލިކުރީވެސް ޕެނަލްޓީ ޖަހައިގެންނެވެ. އިޓަލީއަކީ ޔޫރޯގެ ތާރީޚުގައިވެސް އެއް މުބާރާތެއްގައި ޕެނަލްޓީ ޖަހައިގެން ދެ މެޗުން މޮޅުވި ފުރަތަމަ ޓީމެވެ.

އިޓަލީގެ ކޯޗު މަންޗިނީ ބުނީ އިޓަލީއަށް މިކާމިޔާބީއަކީ ހައްގު ނޫން ކާމިޔާބެކޭ ބުނެވޭނެ މީހެއް ނުހުންނާނެ ކަމަށެވެ. އަދި މިއީ ކޮންމެ މެޗަކުންވެސް މޮޅުވުމަށް އިޓަލީ ކުޅުންތެރިން ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި، ފައިނަލު މެޗުގައި އިންގްލެންޑުން މެޗުގެ ކުރީކޮޅު ލަނޑެއް ޖަހާ ލީޑު ނެގި ނަމަވެސް އިޓަލީ ކުޅުންތެރިން ފޯކަސް ގެއްލުވާނުލާ ކުރި މަސައްކަތުން މި ލިބުނީ ހައްގު މޮޅެއް ކަމަށް މަންޗިނީ ބުންޏެވެ.

މަންޗިނީ ވަނީ ޔޫރޯގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޓަލީގެ 22 އަހަރުގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އަށް ތައުރީފުކޮށްފަ އެވެ.

ޑޮންނަރުންމާ ބުނީ މެޗުގެ އެހާ ކުރީކޮޅުގައި އިންގްލެންޑުން ލީޑުނެގުމާ އެކު އިޓަލީ އަށް އަލުން މެޗުގެ ތެރެއަށް ވަންނަން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. އެކަމަކު ވަރަށް ރަނގަޅަށް ސަމާލުވެ ކުޅެގެން ނަތީޖާ އަނބުރާލެވޭނެ ކަމުގެ އުއްމީދާ އެކު ކަންތައްތައް ދިޔައީ އެންމެ ރަނގަޅަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އިޓަލީގެ ކެޕްޓަން ކިއެލީނީ ބުނީ މުބާރާތަށް ކުރިމަތިލިއިރު ވެސް ޔޫރޯ ތަށި ނޫން ކަމަކަށް ޓާގެޓް ނުކުރާ ކަމަށެވެ. އަދި އެ ޓީމުގެ ކޮންމެ ކުޅުންތެރިއަކާއި އޮފިޝަލަކު ވެސް މި ކާމިޔާބީ ހޯދަން އެތައް ގުރުބާނީއެއް ވެފައިވާކަމަށް ކިއެލީނީ ބުންޏެވެ

ޔޫރޯ 2020އިޓަލީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

13 ޖުލައި 2021
މޮޅު ކުޅުންތެރިޔަކަށް ޑޮންނަރުއްމާ، ރަން ބޫޓު ރޮނާލްޑޯއަށް

މޮޅު ކުޅުންތެރިޔަކަށް ޑޮންނަރުއްމާ، ރަން ބޫޓު ރޮނާލްޑޯއަށް

12 ޖުލައި 2021
"ޕެނަލްޓީ ޖެހީ އަހަރެން ބޭނުންވި ކުޅުންތެރިން، ޒިންމާ ނަގާނީ އަހަރެން"

"ޕެނަލްޓީ ޖެހީ އަހަރެން ބޭނުންވި ކުޅުންތެރިން، ޒިންމާ ނަގާނީ އަހަރެން"

12 ޖުލައި 2021
ޕެނަލްޓީގައި ސްޕެއިން ބަލިކޮށް އިޓަލީ ފައިނަލަށް

ޕެނަލްޓީގައި ސްޕެއިން ބަލިކޮށް އިޓަލީ ފައިނަލަށް

06 ޖުލައި 2021
އިޓަލީގެ "އެދުރުބެ" އަކީ ހަގީގަތުގައި ބްރެޒިލްގެ އުފެއްދުމެއް

އިޓަލީގެ "އެދުރުބެ" އަކީ ހަގީގަތުގައި ބްރެޒިލްގެ އުފެއްދުމެއް

06 ޖުލައި 2021

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު