Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

ސެމީ ފައިނަލް - އިޓަލީ އާއި ސްޕެއިންގެ ކުރިމަތިލުން

ސެމީއަށް ސްޕެއިން ދަތުރުކުރީ ކުއާޓާގައި ސްވިޓްޒަލެންޑް ބަލިކޮށްގެން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 6 ޖުލައި 2021 | އަންގާރަ 10:30
ޔޫރޯ 2020 - އިޓަލީ އާއި ސްޕެއިންގެ ކުރިމަތިލުން

ޔޫރޯ 2020 - އިޓަލީ އާއި ސްޕެއިންގެ ކުރިމަތިލުން

ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީ އާއި ޔޫރޯގެ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭ ސްޕެއިން ބައްދަލުކުރާ މެޗަކީ ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަވާނެ އެއް މެޗެވެ.

ސްޕެއިނުން ވަނީ މިހާތަނަށް ތިން ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. ދެން މި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވަނީ ޖަރުމަނުންނެވެ. އެހެންކަމުން މި އަހަރުގެ މުބާރާތް ކާމިޔާބުކޮށް ސްޕެއިނަށް މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ލަގަބު ލިބުމުގެ ފުރުސަތު އެބައޮތެވެ. އިޓަލީއަށް މި މުބާރާތް ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަހަރަކުއެވެ. ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީއަކީ މި މުބާރާތުގައި މާކަ ކާމިޔާބު ޓީމެއް ނޫނެވެ. އެގޮތުން އިޓަލީން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 1968 ވަނަ އަހަރު އެކަންޏެވެ.

މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް އިޓަލީ ދަތުރުކުރީ ކުއާޓާ ފައިނަލުގައި ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމް ބަލިކޮށްގެންނެވެ. އެ މެޗުން އިޓަލީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އަނެއްކޮޅުން ސެމީ ފައިނަލަށް ސްޕެއިން ދަތުރުކުރީ ކުއާޓާގައި ޕެނަލްޓީ ޖަހައިގެން ސްވިޓްޒަލެންޑް ބަލިކުރުމަށްފަހުއެވެ. 

މީއީ އިޓަލީ އާއި ސްޕެއިނުން ޔޫރޯގެ ނޮކްއައުޓް ބުރުގައި ޖެހިޖެހިގެން ވާދަކުރާ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން މި ދެ ޓީމުގެ ކުރިމަތިލުންތަކުގެ ތެރެއިން އެންމެ ފޯރިގަދަ ކުރިމަތިލުމަކަށްވީ 2012 ވަނަ އަހަރުގެ ކުރިމަތިލުމެވެ. އެ އަހަރުގެ ފައިނަލުގައި އިޓަލީ އަތުން ސްޕެއިން ވަނީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ބޭއްވި ޔޫރޯ މުބާރާތުގެ ދެވަނަ ބުރުގައިވެސް މި ދެ ޓީމު ބައްދަލުކުރިއިރު، އެ ފަހަރު އިޓަލީން ވަނީ 2-0 ގެ ނަތީޖާއަކުން ސްޕެއިންގެ މައްޗަށް ކުރި ހޯދާފައެވެ.

މިފަހަރުގެ މުބާރާތުގެ ސެމީގެ މެޗަށް ނުކުންނައިރު އިޓަލީއަށް އޮތް އެންމެ ބޮޑު މައްސަލައަކީ އެ ޓީމުގެ ޑިފެންޑަރު ލެއޮނާޑޯ ސްޕިނައްޒޯލާއަށް ލިބުނު އަނިޔާގެ ސަބަބުން، އޭނާއަށް ދެން މި މުބާރާތުގައި ނުކުޅެވުމެވެ. ސްޕިނައްޒޯލާއަށް އަނިޔާވީ ކުއާޓާ ފައިނަލުގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިންނެވެ.

ސްޕެއިން މެޗުގެ ކުރިން ވާހަކަދައްކަމުން އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ މިއީ އިޓަލީން މި މުބާރާތުގައި ކުޅެން ޖެހޭ އެންމެ ޕްރެޝަރު ބޮޑު މެޗު ކަމަށާއި، އެގޮތުން ސްޕެއިނަކީ މެޗު ފެށިގެން އަބަދުވެސް ބޯޅަ ގިނަ ވަގުތު އެ މީހުންގެ އަތްދަށުގައި ބާއްވާ ޓީމެއް ކަމަށެވެ. އެކަމަކު މި މެޗުގައި ސްޕެއިނަށް ގިނަ ވަގުތު އެ މީހުންގެ އަތްދަށުގައި ބޯޅަ ގެންގުޅެން ފުރުސަތު ނުދޭނެ ކަމަށާއި، އަދި ސްޕެއިންގެ ބަލިފައިތަކުގެ ބޭނުން ހިފައި މި މެޗުން މޮޅުވާން ކުރަންޖެހޭ ކަންކަން އިޓަލީ ކުޅުންތެރިންނަށް އެނގޭނެ ކަމަށްވެސް ބުންޏެވެ. އަދި މި މެޗު ވެގެންދާނީ ފޯރިގަދަ މެޗަކަށް ކަމަށްވެސް މަންޗިނީ ވަނީ ބުނެފައެވެ.

ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ މި އަހަރުގެ މުބާރާތުގައި އިޓަލީ ފެންނަނީ ތަފާތު މޮޅު ޓީމެއްގެ ގޮތުގައި ކަމަށާއި، އެގޮތުން އިންގްލެންޑް ނަގާފައި އިޓަލީއަކީ މިހާތަނަށް ބައިކޮޅަށް އެންމެ މަދުން ލަނޑު ވަން ޓީމު ކަމަށެވެ. އަދި ސްޕެއިނަށް މި މުބާރާތުގައި ލަނޑު ނުޖެހުމުގެ މައްސަލަ އެބައޮތް ކަމަށާއި، އެހެންކަމުން މި މެޗަށް ނުކުންނަނީ އެކަންކަމަށް ވިސްނައިގެން ކަމަށްވެސް އެންރީކޭ ބުންޏެވެ.

ޔޫރޯ 2020 ގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ 22:30 ގައި ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ އިސްމާޢީލް ޒަރިިޔަންދު އާއި އިމާދު ލަތީފެވެ.

އިޓަލީ އާއި ސްޕެއިން ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020އިޓަލީސްޕެއިން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު