Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ-ކަޝްމީރު

އިންޑިއާގެ ބޮޑުވަޒީރު ކަޝްމީރުގެ ލީޑަރުންނާ ބައްދަލު ކުރައްވައިފި

25 ޖޫން 2021 | ހުކުރު 03:44

ސަރަހައްދީ މިނިވަންކަން ނިގުޅައިގަތީ 2019ގައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 25 ޖޫން 2021 | ހުކުރު 03:44
ކަޝްމީރުގެ ލީޑަރުންނާއެކު މޯދީ ކުރިއަށްގެންދިޔަ ބައްދަލުކުރެއްވުމުގެ ތެރެއިން

ކަޝްމީރުގެ ލީޑަރުންނާއެކު މޯދީ ކުރިއަށްގެންދިޔަ ބައްދަލުކުރެއްވުމުގެ ތެރެއިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ކަޝްމީރުގެ ލީޑަރުންނާ ބައްދަލު ކުރައްވައިފިއެވެ.

މިއީ ކަޝްމީރު ސަރަހައްދަށް އިންޑިއާއިން ދީފައި އޮންނަ ސަރަހައްދީ މިނިވަންކަން މޯދީގެ ސަރުކާރުން ނިގުޅައިގަތް ފަހުން، މޯދީ ކަޝްމީރުގެ އިސްވެރިންނާ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި، މުސްލިމް މެޖޯރިޓީއެއް އޮންނަ މި ސަރަހައްދާއި އިންޑިއާ ސަރުކާރާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރު ވެފައެވެ.

މޯދީ، އިންޑިއާގެ ބާރުގެ ދަށުގައި އޮންނަށް ކަޝްމީރުގެ ލީޑަރުންނާ ބައްދަލު ކުރައްވާފައި މިވަނީ، އެސަރައްހަދުގައި ބޭއްވޭ އިންތިޚާބާއެކު، މި ސަރަހައްދުގައި ފާއިތުވެދިޔަ 3 އަހަރު ވަންދެން ދަމަހައްޓަމުން އަންނަ ސަރުކާރުގެ ސީދާ ނުފޫޒަށް ނިމުމެއް އަންނާނެ ކަމަށް ގިނަބަޔަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

2019ވަނަ އަހަރު މި ސަރަހައްދު މަރުކަޒީ ސަރުކާރުގެ ދަށަށް ގެންދިއުމުގެ ކުރިން، ކަޝްމީރު ސަރަހައްދަށް އޮތީ ސްޓޭޓެއްގެ ދަރަޖަ ދީފައެވެ. ކަޝްމީރުގެ ސަރަހައްދުގެ ލީޑަރުން ވަނީ، މި ސަރަހައްދުގައި ސަރަހައްދީ އިންތިޚާބު ބޭއްވުމަށްފަހު، އަލުން ސިޓީއެއްގެ ދަރަޖަ ދިނުމަށް މޯދީގެ ކިބައިން އެދިފައެވެ. އަދި މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަން ބޭނުން ނުވާ ކަމަށް ބައްދަލުވުމުގައި ކަޝްމީރުގެ ލީޑަރުންވަނީ ބުނެފައެވެ.

މޯދީގެ ސަރުކާރުން އޭރު ބުނެފައިވަނީ، މަރުކަޒީ ސަރުކާރުގެ ދަށަށް ކަޝްމީރު ގެންދިޔުމަކީ އެ ސަރަހައްދުގެ ތަރައްގީއަށް އެޅިގެންދިޔަ ފިޔަވަޅެއް ކަމަށެވެ.

އިންޑިއާގެ ގާނޫނު އަސާސީން، އެގައުމުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރު ސަރަހައްދަށް ލިބިދީފައި އޮންނަ ސަރަހައްދީ މިނިވަންކަން މޯދީގެ ސަރުކާރުން އުވާލުމާގުޅިގެން، ކަޝްމީރު ސަރަހައްދުގައި ވަނީ މުޒާހިރާތައް ވެސް ކޮށްފައެެވެ.

މި ސަރަހައްދަށް ލިބިދީފައި އޮތް ސަރަހައްދީ މިނިވަންކަން 2019 ވަނަ އަހަރު އަނބުރާ ގެންދިއުމަށްފަހު މޯދީގެ ސަރުކާރުންވަނީ، ކަޝްމީރުގެ ޓެލެ ކޮމިއުމިކޭޝަންގެ ޚިދުމަތް ވެސް ހުއްޓުމަކަށް ގެނެސް، އިންޓަނެޓްގެ ޚިދުމަތް ވެސް ކަނޑާާލާފައެވެ. އަދި އަނބުރާ މި ޚިދުމަތްތައް މި ސަރަހައްދަށް ލިބިދީފައި ވަނީ 2020 ވަނަ އަހަރުއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
22 ފެބުރުއަރީ 2017

ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި

22 ފެބުރުއަރީ 2017
ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް