Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއާ ލީގު

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

ވެންގާ ބުނީ އޭނާ ހަމައެކަނި ސަމާލުކަން ދެނީ ފުޓުބޯޅައަށް ކަމަށާއި، އިތުރު އެއްވެސް ކަމެށް އޭނާއަށް މުހިންމު ނޫން ކަމަށް

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 14 މެއި 2017 | އާދީއްތަ 19:50
ވެންގާގެ އިސްތިއުފާއަށް ގޮވައި އެޓީމުގެ ސަޕޯޓަރުން ދަމާފައިވާ ބެނާއެއް

ވެންގާގެ އިސްތިއުފާއަށް ގޮވައި އެޓީމުގެ ސަޕޯޓަރުން ދަމާފައިވާ ބެނާއެއް

ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް ކަމަށާއި، ސިޔާސީ ކަންކަމަށް ނުވަތަ އިތުރު ކަމަށް ފަރުވާލެއް ނެތް ކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނެފިއެވެ.

ވެންގާ މިހެން ބުނެފައިވަނީ ހޮނިހިރު ދުވަހު ސްޓްރޯކް ސިޓީގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދި މެޗަށް ފަހު ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުންނެވެ.

އެ މެޗުގައި ވެންގާގެ އިސްތިއުފާއަށް ގޮވައި ބޮޑު ބެނާއެށް ވަނީ ދަނޑުގައި ދަމާފައެވެ. ސަޕޯޓަރުންގެ މި ބަސްތަކަށް ރައްދު ދެމުން ވެންގާ ބުނެފައިވަނީ، އޭނާގެ ވިސްނުން ހުރީ ހަމައެކަނި ފުޓުބޯޅައަށް ކަމަށާ، އިތުރު އެއްވެސް ކަމަކަށް ނުވަތަ ސިޔާސީ ކަންކަމަށްވެސް އޭނާގެ އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން ވެންގާ ބުނެފައިވަނީ، އޭނާގެ އިސްތިއުފާއަށް އެދި ދަމާ ބެނާއަކުން ނުވަތަ ކުރާ އެއްވެސް ކަމަކުން އޭނާއަށް އެއްވެސް އަސަރެއް ނުކުރާ ކަމަށާއި، މިވަގުތު އޭނާ ސަމާލުކަން ދޭން ބޭނުންވާ ހަމައެކަނި ކަމަކީ ފުޓުބޯޅަ ކަމަށެވެ.

ވެންގާ ބުނެފައިވަނީ އޭނާ އަކީ ކުޅިވަރުގެ މީހެއް ކަމަށާ، އޭނާ ކުޅިވަރު ދެކެ ވަރަށް ލޯބިވާ ކަމަށެވެ. އެގޮތުން އޭނާއަކީ އޭނާ ލޯބިވާ ކަމަކަށް ދުވާލަކު 24 ގަޑިއިރު ހޭދަކުރާ މީހެއް ކަމަށްވެސް ވެންގާ ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ވެންގާ ބުނެފައިވަނީ، އޭނާއަކީ އޭނާ ވަރަށް ލޯބިވާ ކުލަބަކަށް ކޯޗުކަން ކޮށްދޭ މީހެއް ކަމަށާއި، އެހެންކަމުން އާސެނަލްގައި ހުރިހާ ދުވަހަކު އޭނާ މަސައްކަތް ކުރާނީ ހަމައެކަނި ފުޓުބޯޅައަށް ސަމާލުކަން ދީގެން ކަމަށެވެ.

ވެންގާ ބުނީ އޭނާގެ މި ބަހަށް ތާއީދު ކުރާ މީހުންވެސް އަދި ދެކޮޅުހަދާ މީހުންވެސް ތިބި ކަމަށާ، ނަމަވެސް އެކަންކަމަށް އޭނާގެ އެއްވެސް ސަމާލުކަމެއް ނެތް ކަމަށެވެ.

ފަހަކަށް އައިސް އާސެނަލްއިން ނެރެމުންދާ ދަށް ނަތީޖާ ތަކުގެ ސަބަބުން އާސެނަލް ގެ ގިނަ ސަޕޯޓަރުންތަކެއް އަންނަނީ ވެންގާގެ އިސްތިއުފާއަށް ގޮވައި މެޗުތަކުގައި އަޑު އުފުލަމުންނެވެ. އަދި މި ދަނޑިވަޅުގައި އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ މެސުތު އޮޒިލްވެސް ވަނީ، މި ސީޒަނުގައި އާސެނަލްގެ ނަތީޖާ ރަނގަޅު ނޫން ނަމަ ކުލަބު ދޫކޮށްލާނެ ކަމަށް ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި

ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި

22 މެއި 2017
މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!

މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!

13 މެއި 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު