Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ފުޓުބޯޅަ ޓީމު

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

ޒުވާން ކުޅުންތެރިންނާ ދޭތެރޭ އުންމީދު ބޮޑު

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 7 މާރިޗު 2017 | އަންގާރަ 19:24
ޝައިހް ކަމާލް ކަޕްގެ ތަށި ޓީސީން އުފުލާލަނީ

ޝައިހް ކަމާލް ކަޕްގެ ތަށި ޓީސީން އުފުލާލަނީ

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ޗެމްޕިއަންކަން ޓީސީން ހޯދުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި އެކަމުގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ ކަމަށް ގައުމީ ޓީމުގެ ހެޑް ކޯޗު ޑަރެން ސްޓެވާޓް ބުނެފި އެވެ.

އަންގާރަ ދުވަހު އެފްއޭއެމްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްޓެވާޓް ބުނީ ޝައިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ޓީސީން ހޯދުމަކީ ދިވެހި ފުޓުބޯޅަ ކުރިއަށް ޖެހެމުންދާ ކަމުގެ ނިޝާނެއް ކަމަށާއި އެކަން އުފަލާއެކު ބަލައިގަންނަ ކަމަށެވެ.

ސްޓެވާޓް ބުނީ، މިއަހަރަކީ ގައުމީ ޓީމަށް ވަރަށް މުހިންމު ދެ މުބާރާތެއް އޮތް އަހަރަކަށް ވުމުން، އެ ދެމުބާރާތައް ތައްޔާރުވާން މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ޒުވާން ކުޅުންތެރިންނަށް މިފަހަރު ގައުމީ ޓީމުން ޖާގަ ދޭނެ ކަމަށާއި ޒުވާން ކުޅުންތެރިނަށް ފުރުސަތު ދިނުމަކީ މުސްތަގްބަލާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ސްޓެވާޓް ބުންޏެވެ.

ކޯޗް ސްޓެވާޓް ވަނީ ގައުމީ ޓީމާއި ހަވާލުވެ، އޭޝިއަން ކަޕްގެ ކޮލިފައިންގެ ޕްލޭއޮފްގައި މިދިޔަ އަހަރު ލާއޯސް އާއި ދެކޮޅަށް ކުޅުނު ދެ މެޗުގައި ގައުމީ ޓީމަށް އިރުޝާދު ދީފަ އެވެ.

މީގެ އިތުރުން އޭނާގެ އިރުޝާދުގެ ދަށުން ބަންގްލަދޭޝް އާއި ދެކޮޅަށް މިދިޔަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗު ރާއްޖެ އިން ކާމިޔާބުކޮށްފައި ވަނީ 5-0 ލަނޑުގެ ނަތީޖާ އަކުންނެވެ. ގައުމީ ކޯޗާއެކު އެފްއޭއެމްއިން ހަދާފައިވާ އެއްބަސްވުން މިއަދު ރަސްމީކޮށް އާކޮށްފައި ވަނީ އެއް އަހަރާ ހަ މަސް ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު