Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔޫރޯގެ ސްޓައިލްތައް

ޔޫރޯގެ ހެއަރ ސްޓައިލްތަކާއި ހުޅިޖެހި ފޯވާޑުން

ސްލޮވާކިޔާގެ ހެމްސިކާއި ފްރާންސްގެ ގްރީޒްމަން ދެ ސްޓައިލެއް އިޝްތިހާރު ކުރޭ

| 20 ޖޫން 2021 | އާދީއްތަ 12:10
ފްރާންސްގެ ފޯވާޑް ގްރީޒްމަން: މިފަހަރުގެ ޔޫރޯގައި ގްރީޒްމަން ފެންނަނީ ބޮލުގައި ހުޅިއެއް ޖަހާފައިވަނިކޮށް

ފްރާންސްގެ ފޯވާޑް ގްރީޒްމަން: މިފަހަރުގެ ޔޫރޯގައި ގްރީޒްމަން ފެންނަނީ ބޮލުގައި ހުޅިއެއް ޖަހާފައިވަނިކޮށް

ބޮޑެތި ފުޓްބޯޅަ މުބާރާތްތައް ކުރިއަށްދާއިރު ވަރަށް އައު ހެއަރ ސްޓައިލްތައް ތައާރަފުވެއެވެ. ދުނިޔޭގެ އެތައް ސަތޭކަ މިލިޔަން މީހުން ޓީވީތަކަށް ނަޒަރު ހުއްޓާލައިގެން ތިބޭއިރު އެމީހުންގެ ސަމާލުކަން ހޯދަން ކުޅުންތެރިންވެސް އެކި ކަހަލަ އުކުޅުތައް ބޭނުން ކުރެއެވެ. ބޯ ބޭލުމާއި ބޮލުގައި ކުލަ ޖެއްސުމާއި އިސްތަށިގަޑު ދިގުކޮށް ހުޅިޖެހުމާއި އިސްތަށިގަޑުގެ ބައްޓަން ވަކި ގޮތަކަށް ބެހެއްޓުން ފަދަ ކަންކަން ކުރެއެވެ.

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ އަދި މިހާތަނަށް ހެއަރ ސްޓައިލްގެ ގޮތުން ވަރަށް އާދައިގެ މުބާރާތެކެވެ. ގްރޫޕް ފިޔަވަހީގެ މެޗުތައް ނިމުމަކަށް އަންނައިރު އައުޒާތެއްގެ ހެއަރ ސްޓައިލެއް ކުޅުންތެރިންގެ ފަރާތުން އަދި ނުފެނެއެވެ. ވަކިވަކި ކުޅުންތެރިންގެ އަމިއްލަ ފެޝަނާއި ހެއަރ ސްޓައިލަށް ވިސްނާއިރު މިފަހަރުގެ ޔޫރޯގައި މާވަރުގަދަ އައު ސްޓައިލެއް ނުފެނެއެވެ. އެހެންނަމަވެސް ހުޅިޖެހި ފޯވާޑުންނާއި ބޯދިގު ޑިފެންޑަރުންނާއި ބޯބޭލި މިޑްފީލްޑަރުން ފެނެއެވެ. އެންމެ އަޅައިގަންނަ ހެއަރ ސްޓައިލަކީ ކުރިންވެސް އެކި މުބާރާތްތަކުން ފެނި ބައުވެފައިވާ ސްޓައިލްތަކެވެ.

ހެއަރ ސްޓައިލުގެ ގޮތުން މިފަހަރުވެސް އެންމެ ފާހަގަ ކުރެވެނީ ސްލޮވާކިއާގެ ކެޕްޓަން ހެމްސިކެވެ. ބޮލުގެ ދެއަރިމަތިން އިސްތަށިކޮޅު ބާލާފައި މެދަށް ހުންނަބައި ނަގައި ކޮޅަށް ޖަހާފައި ހުންނާތީ އޭނާ ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. މިއީ އަބަދުވެސް އޭނާ ހުންނަ ގޮތެވެ. މީގެ ފަސް އަހަރު ކުރީގެ ޔޫރޯގައި ވެސް އޭނާ ފެނުނީ މިގޮތަށެވެ. އިޓަލީގެ ކުލަބެެއް ކަމުގައިވާ ނާޕޮލީއަށް ކުޅުނު ޒަމާނުގައިވެސް ހުންނަނީ އެހެންނެވެ. މިހާރުވެސް ހަމައެހެންނެވެ.

ބުނެވޭ ގޮތުގައި މި ސްޓައިލް އޭނާ ދަމަހައްޓަނީ އޭނާގެ އަންހެން ސަޕޯޓަރުންނަށް އެގޮތް ކަމުދާތީއެވެ. ހެމްސިކްގެ މި ސްޓައިލް ކަމުގޮސްގެން އެގޮތް ނަކަލުކޮށްގެން އުޅޭ ވަރަށް މަޝްހޫރު އެހެން ކުޅުންތެރިޔަކުވެސް ދަނޑުމަތިން ފެނެއެވެ. އެއީ ޗިލީގެ މިޑްފީލްޑަރު ވިޑާލެވެ. ޗިލީއަކީ ޔޫރަޕުގެ ގައުމަކަށް ނުވާތީ މިފަހަރުގެ ޔޫރޯއަކުން ވިޑާލެއް ނުފެނެއެވެ. އޭގެ ބަދަލުގައި އޭނާ ފެންނަނީ މިހާރު ބްރެޒިލްގައި ކުރިއަށްދާ ދެކުނު އެމެރިކާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް ކަމުގައިވާ ކޮޕާ އެމެރިކާއިންނެވެ.

ދިވެހިރާއްޖޭގައި ރާޅާއަޅާ ކުދިންނާއި ކުރަހާ ފަންނާނުންނާއި މިއުޒިކް ކުޅޭ ކުދީންގެ ތެރޭގައި ވަރަށް ކުރީއްސުރެ މަޝްހޫރުވެފައި އޮންނަ ހެއަރ ސްޓައިލެއް މިފަހަރުގެ ޔޫރޯގެ ތެރެއިންވެސް އެބަފެނެއެވެ. މި ސްޓައިލަކީ ހަގީގަތުގައި 80 ގެ އަހަރުތަކުގެ ފަހުކޮޅު ހޮލެންޑުގެ ކެޕްޓަން ރޫޑް ގުލިޓްގެ ފަރާތުން ތައާރަފުވި ސްޓައިލެކެވެ. ދިވެހި ފަންނާނުން ކޮޕީކުރީވެސް އޭނާގެ ކިބައިން ކަމަށް ހީކުރެވެއެވެ. ޔޫރޯއިން މިފަހަރު ފެންނަ ކުޅުންތެރިންގެ ތެރެއިން މި ސްޓައިލް ދަމަހައްޓަނީ ޕޯޗުގަލްގެ ރެނާޓޯ ސަންޗޭޒް އާއި ބެލްޖިއަމްގެ ޑިފެންޑަރު ގްރެގަރީ ޑިނޭޔަރ އެވެ. އެ ދެކުޅުންތެރިން ފެނުނީމާ ބައެއް ފަހަރު ދިވެހި ފުޓްބޯޅައިގެ މަތިންވެސް ހަނދާންވާނެއެވެ. އެއީ ރަތް ޖޯޒީގައި ގަލޮޅު ދަނޑުންވެސް އެ ސްޓައިލަށް އިސްތަށިގަޑު ބަހައްޓައިގެން ކުޅުނު މަޝްހޫރު ދިވެހި ކުޅުންތެރިންތަކެއް ފެނިފައިވާތީއެވެ.

ބޯދިގުކޮށްފައި ހުޅިޖެހުމަކީވެސް ބައު ސްޓައިލެކެވެ. މިފަހަރުގެ ޔޫރޯ ތެރެއިންވެސް މި ސްޓައިލް ފެނެއެވެ. މި ސްޓައިލް ދަމަހައްޓާ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ ފްރާންސްގެ ފޯވާޑް ގްރީޒްމަންއެވެ. އޭނާ އަބަދުވެސް ހުންނަނީ މިހެންނެވެ.

ބޮލުގެ އިސްތަށިގަޑު ދިގު ނުކުރިޔަސް ޒާތެއްގެ މޫނުމައްޗެއް އަޅައިގެން ދަނޑު މައްޗަށް އަރާތީ ޖާމަނީގެ ޑިފެންޑަރު ރޫޑިގަރ އަކީވެސް ސަޕޯޓަރުންގެ ލޮލުގައި ވަރަށް ބޮޑަށް އަޅައިގަންނަ ކުޅުންތެރިއެކެވެ. ތަންކޮޅެއް ކުރިން ޔޫރޯގައި ކުޅުނު ހޮލެންޑުގެ އެޑްގާ ޑާވީޑްސް އާއި ޗެކް ރިޕަބްލިކްގެ ޕީޓަރ ޗެކްގެ މަތިން ހަނދާންވާގޮތްވެސް ރޫޑިގަރގެ މޫނުމަތި ފެނުނީމާ ވެއެވެ.

އިތުރަށް ކިޔާލަން

13 ޖުލައި 2024

ސައުތުގޭޓްގެ ހިތްވަރު ގަދަ އަޒުމަށް ޔޫރޯގެ ޝަރަފު ޙައްޤު!

13 ޖުލައި 2024
ސައުތުގޭޓްގެ ހިތްވަރު ގަދަ އަޒުމަށް ޔޫރޯގެ ޝަރަފު ޙައްޤު!
20 ޖޫން 2024

ސްޕެއިން އިން "ޓިކި-ޓަކަ" ދޫކޮށްލުން، ޔޫރޯގެ ފުރުސަތު ބޮޑުތަ؟

20 ޖޫން 2024
ސްޕެއިން އިން "ޓިކި-ޓަކަ" ދޫކޮށްލުން، ޔޫރޯގެ ފުރުސަތު ބޮޑުތަ؟
15 ޖޫން 2024

އިޓަލީ: ގްރީސް އަށް ފަހު، ޔޫރޯގެ އެންމެ ބަލި ކަށި ދިފާއީ ޗެމްޕިއަނުން!

15 ޖޫން 2024
އިޓަލީ: ގްރީސް އަށް ފަހު، ޔޫރޯގެ އެންމެ ބަލި ކަށި ދިފާއީ ޗެމްޕިއަނުން!
10 ޖުލައި 2021

އަމިއްލަ ރަށުގައި އެންމެ ފަހުން ޔޫރޯގެ ފައިނަލް ކުޅުނު ދެ ޓީމުވެސް ވަނީ ބަލިވެފައި

10 ޖުލައި 2021
އަމިއްލަ ރަށުގައި އެންމެ ފަހުން ޔޫރޯގެ ފައިނަލް ކުޅުނު ދެ ޓީމުވެސް ވަނީ ބަލިވެފައި
01 ޖުލައި 2021

ޔޫރޯގެ ގޯލްތަކާއި ޔޫގޯސްލާވިޔާގެ ދެމިގެންދާ އަސަރުތައް

01 ޖުލައި 2021
ޔޫރޯގެ ގޯލްތަކާއި ޔޫގޯސްލާވިޔާގެ ދެމިގެންދާ އަސަރުތައް
01 ޖުލައި 2021

ހަނދާނަށްޓަކައި ޔޫރޯގެ މުހިއްމު ބައެއް ރިކޯޑުތައް

01 ޖުލައި 2021
ހަނދާނަށްޓަކައި ޔޫރޯގެ މުހިއްމު ބައެއް ރިކޯޑުތައް
28 ޖޫން 2021

ޔޫރޯގެ ނަތީޖާ ލަފާކުރާ އެތް ބުނަނީ އިންގްލެންޑު ކައިރިން ޖަރުމަނު މޮޅުވާނެކަމަށް

28 ޖޫން 2021
ޔޫރޯގެ ނަތީޖާ ލަފާކުރާ އެތް ބުނަނީ އިންގްލެންޑު ކައިރިން ޖަރުމަނު މޮޅުވާނެކަމަށް
19 ޖޫން 2021

ޔޫރޯގެ އެންމެ ފެޝަން ޓީމާއި ދޯޕައްޓާ ކޯޗު

19 ޖޫން 2021
ޔޫރޯގެ އެންމެ ފެޝަން ޓީމާއި ދޯޕައްޓާ ކޯޗު
12 ޖޫން 2021

‏އަންދުރެއާ ބޮޗާލީގެ އަސަރުގަދަ ހުށަހެޅުމާއެކު ޔޫރޯގެ ތާރީޚުގެ ތެރެއަށް

12 ޖޫން 2021
‏އަންދުރެއާ ބޮޗާލީގެ އަސަރުގަދަ ހުށަހެޅުމާއެކު ޔޫރޯގެ ތާރީޚުގެ ތެރެއަށް
04 ޖޫން 2021

ޔޫރޯގެ މަރުގެ ގްރޫޕުގައި ޕޯޗުގަލް، ފްރާންސް އަދި ޖަރުމަން

04 ޖޫން 2021
ޔޫރޯގެ މަރުގެ ގްރޫޕުގައި ޕޯޗުގަލް، ފްރާންސް އަދި ޖަރުމަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު