Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫރޯގެ ފައިނަލް މެޗު

އަމިއްލަ ރަށުގައި އެންމެ ފަހުން ޔޫރޯގެ ފައިނަލް ކުޅުނު ދެ ޓީމުވެސް ވަނީ ބަލިވެފައި

ދެ ފައިނަލް ދޭތެރޭގައި އިންގްލެންޑް ވަނީ 55 އަހަރުގެ ދިގު އިންތިޒާރެއް ކޮށްފައި

ރާއްޖެ އެމްވީ | 10 ޖުލައި 2021 | ހޮނިހިރު 12:39
އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓާއި ކެޕްޓަން ހެރީ ކޭން: މިއީ އިންގްލެންޑުގެ ފުރަތަމަ ޔޫރޯ ފައިނަލް

އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓާއި ކެޕްޓަން ހެރީ ކޭން: މިއީ އިންގްލެންޑުގެ ފުރަތަމަ ޔޫރޯ ފައިނަލް

ޔޫރޯ 2020 ގެ ފައިނަލުގައި އިޓަލީ އާއި އިންގްލެންޑް އާދީއްތަ ދުވަހުގެ ރޭ ކުޅޭ މެޗަކީ ޔޫރޯ އާއި ވޯލްޑް ކަޕް ހިމަނައިގެން އިޓަލީގެ ދިހަ ވަނަ ފައިނަލެވެ. އިޓަލީއަށް ވުރެ ގިނައިން ފައިނަލްގައި ކުޅެފައިވާ ޔޫރަޕުގެ ހަމައެކަނި ގައުމަކީ ޖާމަނީއެވެ. ޖާމަނީ ވަނީ 14 ފައިނަލްގައި ކުޅެފައެވެ. އިޓަލީ ވަނީ މީގެ ކުރިން ވޯލްޑް ކަޕް ފައިނަލްގައި ހަފަހަރު އަދި ޔޫރޯ ފައިނަލުގައި ތިން ފަހަރު ކުޅެފައެވެ. ޔޫރޯގެ ފައިނަލްގައި އިޓަލީ އެންމެ ފުރަތަމަ ކުޅުނީ 1968 ގައެވެ. އެފަހަރު މޮޅުވެގެން ތަށި ހޯދިއެވެ. އެކަމަކު އޭގެ ފަހުން 2000 ވަނަ އަހަރާއި 2012 ވަނަ އަހަރު ވަނީ ބަލިވެފައެވެ.

މިފަހަރުގެ ފައިނަލަކީ އިންގްލެންޑުގެ ފުރަތަމަ ޔޫރޯ ފައިނަލެވެ. އަދި މިއީ 1966 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އިންގްލެންޑުގެ ބޮޑު މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ތާރީޚުގައިވެސް ބޮޑު މުބާރާތެއްގައި އިންގްލެންޑުގެ ދެވަނަ ފައިނަލެވެ. ގާތްގަޑަކަށް 55 އަހަރުގެ މެދުކެނޑުމަކަށް ފަހު އިންގްލެންޑު އަލުން ފައިނަލެއްގައި ކުޅޭއިރު މިއީ ދެ ފައިނަލެއްގެ ދޭތެރޭގައި ޔޫރަޕުގެ އެއްވެސް ގައުމަކުން މިހާތަނަށް ހޭދަކުރި އެންމެ ދިގު އިންތިޒާރެވެ.

މިފަހަރަކީ ޔޫރޯގައި އަލަށް އިންގްލެންޑު ކުޅޭ ފައިނަލް ކަމަށްވާއިރު އިންގްލެންޑް ހިމެނިފައިވަނީ ޔޫރޯގެ ފައިނަލްގައި ކުޅޭ 13 ވަނަ ގައުމު ކަމުގައެވެ. މުޅިން އަލަށް ފައިނަލުގައި ކުޅެގެން ބަލިވެފައިވަނީ މީގެ ތެރެއިން ތިން ގައުމެވެ. އަނެއް ނުވަ ގައުމު ވަނީ ފުރަތަމަ ފަހަރުވެސް ތަށި ނަގައިފައެވެ. އަލަށް ފައިނަލްގައި ކުޅެގެން ބަލިވި ތިން ގައުމަކީ 1960 ވަނަ އަހަރު ޔޫގޯސްލާވިޔާ، 1980 ވަނަ އަހަރު ބެލްޖިއަމް އަދި 2004 ވަނަ އަހަރު ޕޯޗުގަލްއެވެ. މީގެ ތެރެއިން ޕޯޗުގަލް ވަނީ 2016 ވަނަ އަހަރު މުބާރާތް ކާމިޔާބުވެސް ކޮށްފައެވެ.

ޔޫރޯގެ ފައިނަލްގައި މީގެ ކުރިން ދެ ފަހަރު އިޓަލީ ބަލިވެފައިވުމާއެކު އާދީއްތަ ދުވަހުގެ ރޭ އިންގްލެންޑް އަތުން ބަލިވެއްޖެނަމަ ފައިނަލްގައި ބަލިވުމުގެ ރިކޯޑާ އެއްވަރުވާނެއެވެ. ފައިނަލްގައި ތިންފަހަރު ބަލިވެފައިވާ ދެގައުމެއް އެބައޮތެވެ. އެއީ ޖާމަނީ އާއި ރޫސީވިލާތެވެ. އެކަމަކު ރޫސީން ކުރީގައި ކުޅެފައިވަނީ ޔޫއެސްއެސްއާރް ގެ ނަމުގައެވެ. އިޓަލީ ދެ ފައިނަލެއްގައި ބަލިވެފައިވަނީ ދެހާސް ވަނަ އަހަރު ފްރާންސް އަތުންނާއި ދެހާސްބާރަ ވަނަ އަހަރު ސްޕޭނު އަތުންނެވެ.

މިފަހަރުގެ ފައިނަލް މެޗު ކުޅެވެނީ އިންގްލެންޑުގެ ވެރިރަށް ލަންޑަނުގައި ކަމަށް ވުމުން އިންގްލެންޑު ހިމެނިފައިވަނީ އަމިއްލަ ގައުމުގައި މުބާރާތް ބާއްވައިގެން ފައިނަލްގައި ކުޅޭ ޔޫރަޕުގެ އެގާރަ ވަނަ ގައުމު ކަމުގައެވެ. އެންމެ ފަހުން އަމިއްލަ ގައުމުގައި މުބާރާތް ބާއްވައިގެން ފައިނަލްގައި ކުޅުނު ދެ ގައުމުވެސް ވަނީ ބަލިވެފައެވެ. އެއީ 2004 ވަނަ އަހަރު ޕޯޗުގަލް އާއި 2016 ވަނަ އަހަރު ފްރާންސެވެ. މީގެ ކުރިންވެސް ބޮޑު މުބާރާތެއްގެ ފައިނަލްގައި އިންގްލެންޑު ކުޅެފައިވަނީ އެ މުބާރާތް އަމިއްލަ ގައުމުގައި ބާއްވައިގެންނެވެ. އެއީ 1966 ގެ ވޯލްޑް ކަޕެވެ. މިފަހަރުގެ ޔޫރޯ ފައިނަލް މިކުޅެނީވެސް މީގެ 55 އަހަރު ކުރިން ވޯލްޑް ކަޕުގެ ފައިނަލް މެޗު ކުޅެ އިންގްލެންޑް މޮޅުވި މަޝްހޫރު ވެމްބްލީ ސްޓޭޑިއަމުގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ

މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ

13 މާރިޗު 2018
ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

15 ފެބުރުއަރީ 2018
ކުޅުދުއްފުށީ ކުޅި ހިއްކައިފި ނަމަ ރަށުގައި ފެން ބޮޑުވެ ފެން ލޮނުވެދާނެ!

ކުޅުދުއްފުށީ ކުޅި ހިއްކައިފި ނަމަ ރަށުގައި ފެން ބޮޑުވެ ފެން ލޮނުވެދާނެ!

24 އޮކްޓޯބަރު 2017
ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

19 އޮކްޓޯބަރު 2017
ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް

ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް

15 އޯގަސްޓު 2017

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު