Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
‏އަންދުރެއާ ބޮޗާލީގެ ހުށަހެޅުން

‏އަންދުރެއާ ބޮޗާލީގެ އަސަރުގަދަ ހުށަހެޅުމާއެކު ޔޫރޯގެ ތާރީޚުގެ ތެރެއަށް

މި ލަވަ ވެގެންދިޔައީ ބޮޗާލީގެ މުޅި ކެރިއަރ ދިއްލާލަދިން ދަންމަރަކަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 12 ޖޫން 2021 | ހޮނިހިރު 07:08
ޔޫރޯ 2020 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗާލީގެ ހުށަހެޅުން

ޔޫރޯ 2020 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗާލީގެ ހުށަހެޅުން

ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޔޫރޯ 2020 ފަސް އަހަރަށްފަހު ހުކުރު ދުވަހުގެ ރޭ މިވަނީ އިޓަލީގެ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމުގައި ފެށިފައެވެ.

މި ސްޓޭޑިމްގައި މިޔުޒިކް ހަރަކާތްތަކާއެކު ޔޫރޯ ފެށިގެންދިޔައިރު އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިގެން ދިޔައީ އިޓަލީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗާލީ ހުށަހަޅައިދިން ލަވައަށެވެ. ކުޅިވަރާއި ޕޮޕް ކަލްޗަރ ގައިވެސް ހިޓެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ މިލަވައަކީ އިޓަލީގެ މަޝްހޫރު މިޔުޒިކް ކޮމްޕޯސަރ ޖަކަމޯ ޕުޗިނީގެ "ނެސުން ޑޯރުމާ"އެވެ.

ނެސުން ޑޯރުމާ މިލަވައަކީ 1990 ވަނަ އަހަރުގެ ވޯރލްޑް ކަޕްގައި ލޫޗިއާނޯ ޕަވަރޮތީ ހުށަހަޅައިދިން ފަހުން ގިނަ ބަޔެއްގެ މެދުގައި މަގްބޫލުކަން ލިބިގެންގޮސްފައިވާ ލަވައެކެވެ. މިފަހަރު މިލަވަ ހުށަހަޅައިމިދިނީ އެންޑްރިއާ ބޮޗާލީއެވެ. ޔޫރޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ލަވައެއް ހުށަހަޅުމުގެ ފުރުސަތު ލިބިގެންދިޔުމާއެކު ބޮޗާލީ ބުނީ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި އޭނާގެ އަޑު އިއްވާލުމުގެ ފުރުސަތު ލިބިގެންދިޔުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ފަހުރަކާއި އުފަލެއްކަމަށެވެ.

އަދި މިއީ އުންމީދާއި ޕޮޒިޓިވްކަންތަކުގެ ވަރުގަދަ މެސެޖް ދުނިޔެއަށް ފޯރުކޮށްދިނުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެއްކަމަށް އޭނާ ބުންޏެވެ.

ޔޫރޯ ހުޅުވުމަށް ބޭއްވިގެންދިޔަ ރަސްމިއްޔާތުގައި ބޮޗާލީގެ އަޑު މުޅި ދުނިޔެއަށް އިވިގެން ގޮސްފައިވާއިރު އެންމެ ފުރަތަމަ ބޮޗާލީގެ އަޑު ދުނިޔެއަށް އިވިގެންދިޔައީ 1995 ވަނަ އަހަރު ބޭއްވި ލަވަ މުބާރާތެއްގެ ތެރެއިންނެވެ. ޕަވަރޮތީ މަޝްހޫރުވެގެންދިޔައީ "ނެސުން ޑޯރުމާ" ލަވައިން ކަމަށްވާއިރު ބޮޗާލީ މަޝްހޫރުވެގެންދިޔަ ލަވައަކީ "ޓައިމްޓު ސޭ ގުޑްބައި" އެވެ.

ބޮޗާލީ ބުނީ އެންމެ ފުރަތަމަ އޭނާއަށް ޓައިމްޓު ސޭ ގުޑްބައި ކިޔުމުގެ ފުރުސަތު ލިބުނުއިރު އެލަވައަކީ އޭނާގެ ކެރިއަރ އިތުރު ހަރުފަތްތަކަށް ގެންގޮސްދޭނެ ލަވައަކާމެދު އޭނާއަށް ޝައްކުވި ކަމަކަށެވެ. އޭނާއަށް އެންމެ ފުރަތަމަ ލަވަ ލިބުނުއިރު އެލަވައަކީ ފެސްޓިވަލެއްގައި އެހެން މީހަކު ކިޔުމަށް ހަމަޖެހިފައިވާ ލަވައެކެވެ. އަދި އެފެސްޓިވަލްގައި ބައިވެރިވުމަށް ބޮޗާލީވެސް ދިޔައި ތައްޔާރުވަމުންނެވެ.

އަދި އެފެސްޓިވަލަކީ މުބާރާތަކަށްވާއިރު މިއީ އެފަދަ މުބާރާތެއްގައި ކިޔުމަށް އެންމެ ރަނގަޅު ލަވަ ނޫންކަމަށް ބުނި ކަމަށް ބޮޗާލީ ކިޔައިދިނެވެ. އެއަށްވުރެ އެއީ މާ މާނަފުން ލަވައެއް ކަމަށް ބޮޗާލީ ބުންޏެވެ. ކަންތައްވީވެސް އެހެންނެވެ. ބޮޗާލީއަށް އެމުބާރާތުން ލިބުނީ ހަތަރު ވަނައެވެ.

ނަމަވެސް އެލަވަ ވެގެންދިޔައީ ބޮޗާލީގެ މުޅި ކެރިއަރ ދިއްލާލަދިން ދަންމަރަށެވެ. ހަމައެހަރު ބޮޗާލީ އޭނާގެ އަމިއްލަ އަލްބަމެއް ރިކޯޑް ކުރިއިރު އެލަވަ އަލްބަމްގައި ހިމެނިއެވެ. ފްރާންސްގެ ޓޮޕް ޗާޓުތަކުން އެލަވަ ޖާގަ ހޯދިއިރު ބެލްޖިއަމްގައިވެސް ގިނަ ރިކޯޑްތަކެއް އެލަވަ ގާއިމުކުރިއެވެ.

1996 ވަނަ އަހަރު ފެށުނުއިރު އެލަވަ ވަނީ ގިނަ ބަޔަކާ ހިސާބަށް ފޯރާފައެވެ. އަދި އިނގިރޭސިވިލާތުގެ މަޝްހޫރު ސޮޕްރާނޯ ލަވަކިޔުންތެރިޔާ ސާރާ ބްރައިޓްމަން އަށް ލަވަ އަޑުއިވި އޭނާ އާއެކު އެލަވަ ކިޔުމަށް ހުށަހެޅިއެވެ. އެލަވައަށް އިނގިރޭސި ބައިތަކެއް ލުމަށްފަހު ދެމީހުން ހުށަހަޅާއިދިން ހުށަހެޅުމަކީ އިޓަލީ އާއި އިނގިރޭސި އެއްވެގެން އުފަންވި ނުހަނު ހިތްގައިމު ހުށަހެޅުމަކަށް ވެގެންދިޔައެވެ. އަދި ކްލާސިކް ޕޮޕް ހިޓަކަށް " ޓައިމްޓުސޭ ގުޑް ބައި" ވެގެންދިޔައެވެ.

މިލަވައާއެކު ބޮޗާލީގެ ލަވަކިޔުމަކަށް މަޑުޖެހުމެއްނެތެވެ. އުމުރުން އެންމެ ފަސް މަހުގައި ލޮލުގެ ބައްޔެއްކަމުގައިވާ ގްލޮކޯމާއަށް ފަރުވާ ހޯދާފައިވާއިރު އުމުރުން އެންމެ 12 އަހަރުގައި ފުޓްބޯޅަ ކުޅެނިކޮށް ހިނގި ހާދިސާއެއްގައި އޭނާގެ ލޮލުގެ ފެނުން ވަނީ އެއްކޮށް ގޮސްފައެވެ. ނަމަވެސް މިކުޅަ ދާނަ ލަވަކިޔުންތެރިޔާގެ އުމުރުން 62 އަހަރުވެފައިވާއިރު 15 ސޯލޯ އަލްބަމް އޭނާ ވަނީ މިހާތަނަށް އައިއިރު ރިކޯޑް ކޮށްފައެވެ. އޭނާ ރިކޯޑްކޮށްފައިވާ ލަވަތަކުގެ 75 މިލިއަނަށްވުރެ ގިނަ ކޮޕީ ވަނީ މުޅި ދުނިޔޭގައި ވިކިފައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު